Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ ރޭސް

ރަނިންގ މޭޓަކަށް ބައިޑެންގެ ޗޮއިސްއަކީ ކަމަލާ ހެރިސް

ހެރިސް ވެގެންދާނީ ނައިބުރައީސް ކަމަށް ވާދަކުރައްވާ އެމެރިކާގައި ކަޅު ނަސްލުގެ އެންމެ ފުރަތަމަ ބޭފުޅަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޯގަސްޓު 2020 | ބުދަ 03:13
އިދިކޮޅުން އެމެރިކާގެ ރިޔާސީ ރޭހަށް ނުކުންނަ ޖޯ ބައިޑަން (ވ) އަދި ރަނިން މޭޓް ކަމަލާ ހެރިސް (ކ)

އިދިކޮޅުން އެމެރިކާގެ ރިޔާސީ ރޭހަށް ނުކުންނަ ޖޯ ބައިޑަން (ވ) އަދި ރަނިން މޭޓް ކަމަލާ ހެރިސް (ކ)

އެމެރިކާގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑެންސީ ކާމިޔާބުކުރުމާ ދިމާލަށް މިސްރާބު ޖަހާފައިވާ އެގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ރަނިންގ މޭޓަކަށް ސެނެޓަރ ކަމަލާ ހެރިސް ހަމަޖައްސަވައި އިއުލާން ކުރައްވައިފިއެވެ.

މިއާއެކު ހެރިސް ވެގެންދާނީ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އެމެރިކާގައި ކަޅު ނަސްލުގެ އެންމެ ފުރަތަމަ ބޭފުޅަކަށެވެ. މީގެ އިތުރުން އެމެރިކާގެ މުޅި ތާރީހުގައި ވެސް ރިޔާސީ ޓިކެޓެއް ލިބިގެންދާނެ ހަތަރު ވަނަ ބޭފުޅާއަށެވެ. ހެރިސް ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ވެސް ކުރައްވާފައެވެ. އޭނާ އެއިރު ވާދަކުރެއްވީ ޖޯ ބައިޑަންއާއެވެ. ނަމަވެސް ކެމްޕެއިން ހުއްޓާލަން ޖެހިވަޑައިގަތީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނުލިބުމުންނެވެ.

ހެރިސް އަކީ އެމެރިކާގެ ކެލިފޯނިއާގެ ސެނެޓެވެ. މީގެ އިތުރުން ކުރީގެ އެޓަރނީ ޖެނެރަލްކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. ހެރިސް ރަނިންގ މޭޓަކަށް ހަމަޖެއްސެވިކަން އިއުލާން ކުރައްވާ ބައިޑަން ސަޕޯޓަރުންނަށް ފޮނުއްވި މެސެޖާއި މެއިލްގައި ވިދާޅުވީ ހެރިސް ރަނިންގ މޭޓަކަށް ހަމަޖައްސަވާފައިވާ ކަމަށާއި، އެކުއެކީގައި ޓްރަމްޕް ބަލި ކުރައްވާނެ ކަމަށެވެ. މިއާއެކު ބުދަ ދުވަހު ދެބޭފުޅުން އެކީގައި ވިލްމިންގްޓަންގައި އެކީގައި ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ބައިޑެން ރަނިންގ މޭޓެއް އައްޔަން ކޮށްފައިވަނީ އޭނާ ރަސްމީކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަށް އައްޔަން ކުރުމަށް އަންނަ ހޯމަ ދުވަހުން ބްރާސްފަތި ދުވަހަށް ޑިމޮކްރަޓިކް ކޮންވެންޝަން ބާއްވަން ތައްޔާރުވަމުން އަންނިކޮށެވެ. މި ކޮންވެންޝަންގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެ ކަނބަލުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ނޮވޮމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯޑަންއާއި ހެރިސް ވާދަ ކުރައްވާނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކަލް ޕެންސާއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2022

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ އިގްތިޞާދީ ގޮތުން ވަރުގަދަ އަގެއް އަދާކުރަންޖެހޭނެ: ކަމަލާ ހެރިސް

20 ފެބުރުއަރީ 2022
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ އިގްތިޞާދީ ގޮތުން ވަރުގަދަ އަގެއް އަދާކުރަންޖެހޭނެ: ކަމަލާ ހެރިސް
24 ނޮވެމްބަރު 2021

ބައިޑެންގެ ޑިމޮކްރަސީ ސަމިޓުގެ ދައުވަތު 110 ގައުމަކަށް!

24 ނޮވެމްބަރު 2021
ބައިޑެންގެ ޑިމޮކްރަސީ ސަމިޓުގެ ދައުވަތު 110 ގައުމަކަށް!
19 ނޮވެމްބަރު 2021

އެމެރިކާގެ ރައީސްކަމުގެ ބާރުތައް ލިބިވަޑައިގަންނަވާ ފުރަތަމަ ބޭކަނބަލަކަށް ކަމަލާ

19 ނޮވެމްބަރު 2021
އެމެރިކާގެ ރައީސްކަމުގެ ބާރުތައް ލިބިވަޑައިގަންނަވާ ފުރަތަމަ ބޭކަނބަލަކަށް ކަމަލާ
27 އޯގަސްޓު 2021

ކާބުލް އެއަރޕޯޓުގައި ބޮމުގެ ހަމަލާ ދިން މީހުންނަށް ބައިޑެންގެ ވަރުގަދަ އިންޒާރެއް

27 އޯގަސްޓު 2021
ކާބުލް އެއަރޕޯޓުގައި ބޮމުގެ ހަމަލާ ދިން މީހުންނަށް ބައިޑެންގެ ވަރުގަދަ އިންޒާރެއް
04 ޖޫން 2021

ބައިޑެންގެ އަނބިކަނބަލުންގެ އުފަންދުވަހު ދެކަނބަލުންގެ ބައިސްކަލު ބުރެއް

04 ޖޫން 2021
ބައިޑެންގެ އަނބިކަނބަލުންގެ އުފަންދުވަހު ދެކަނބަލުންގެ ބައިސްކަލު ބުރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު