Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމްގެ ކޯޅުން

ރާއްޖެއިން އެފްއައިވީބީއަށް ދީފައިވަނީ ފިތްކަނޑައިގެންދާވަރުގެ ދޮގު މައުލޫމާތު: ލަތީފް

ދޮގު މައުލޫމާތުތަކެއްކަން އެނގިގެންދިޔައީ ރީޗެކް ކުރުމަށް އެފްއައިވީބީން އެ މައުލޫމާތު ލަތީފްއަށް ފޮނުވުމުން ކަމަށް ވިދާޅުވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2020 | އަންގާރަ 14:37
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމްގައި ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމްގައި ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވާހަކަދައްކަވަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ، އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އަށް ރާއްޖެއިން ދީފައިވަނީ ފިތްކަނޑައިގެންދާވަރުގެ ދޮގު މައުލޫމާތުތަކެއް ކަމަށް ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެފްއައިވީބީގެ ދެ ބޭފުޅަކާއި، އޭވީސީގެ ބޭފުޅަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބޭފުޅަކާއި، ވީއޭއެމްގެ އިންތިޚާބީ ހިންގާ ކޮމިޓީގެ ބޭފުޅަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" ގައި އޮލިމްޕިކް ކޮމީޓީގެ ފަރާތުން ތަމްސީލުކުރާ ފަރާތުން ފޯރިކޮށްދީފައިވާ މައުލޫމާތުތަކާ ބެހޭ ގޮތުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ ސައްހަ ކުލަބުތައް ކަމަށް ބުނެ ދީފައިވަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

ރާއްޖެއިން ފޯރުކޮށްދޯފައިވާ މައުލޫމާތުތަކީ ދޮގު މައުލޫމާތުތަކެއްކަން އެނގިގެންދިޔައީ ރީޗެކް ކުރުމަށް އެފްއައިވީބީން އެ މައުލޫމާތު ލަތީފްއަށް ފޮނުވުމުން ކަމަށާއި، ރާއްޖެއިން އެފްއައިވީބީއަށް ފޮނުވި ލިޔެކިއުންތައް އޮޅުވާލާފައިވާ މިންވަރު ފެނިފައި ބޮޑު ހައިރާން ކަމެއް ލިބިގެންދިޔަ ކަމަށް ލަތީފް ވިދާޅުވިއެވެ.

އެފްއައިވީބީއަށް ފޮނުވި ލިޔުންތަކުގައި 2017 ވަނަ އަހަރުގެ ކުލަބުތަކުން އަހަރީ ފީ ދެއްކި ކަމަށް ބުނާ ރަސީދުތަކެއް ހިމެނޭއިރު، އޭގައި ސޮއިކޮށްފައިވަނީ އެސޯސިއޭޝަނުގެ އިދާރީ ގޮތުން މަސައްކަތްކޮށްފައިވާ ފަރާތެއް ނޫން ކަމަށާއި، ރަސީދުތަކުގައިވާ ތާރީޚުގައި އަހަރީ ފީ ނަގާނަމަ، އޭރުގެ އަސާސީ ގަވާއިދުން މެންބަރު ކުލަބުތަކުން ދައްކަންޖެހޭނީ 750ރ. ނަމަވެސް، ފޮނުވާފައިވާ ރަސީދުތަކުގައި ވަނީ 1،500ރ. ގެ ފީއެއް ނަގާފައި، ކަމަށް ލަތީފް ވިދާޅުވިއެވެ.

ކުލަބުތަކުގެ މެންބަޝިޕް ފޯމުތަކެއް އެފްއައިވީބީއަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ގުޑީސް އާއި މޯލްޑިވިއަން އަދި ސްޕޯޓްސް ކުލަބު ހޯކްސް ހިމެނޭއިރު، ސިފައިންގެ ކުލަބުގެ ފޯމުގައި އެ ކުލަބުން އެދިފައިވަނީ އެސޯސިއޭޓް މެންބަރަކަށް ރަޖިސްޓްރީ ކުރުމަށް ކަމަށްވީ ނަމަވެސް، ފޮނުވާފައިވާ ފޯމްގު ޓްރާސްލޭޝަންގައި އޮތީ ސިފައިންގެ ކުލަބަކީ ފުރިހަމަ މެންބަރެއްގެ ގޮތުގައި ކަމަށާއި، އެހެންކަމުން މިއީ ވެސް ބޮޑު އޮޅުވާލުމެއް އަދި ޖަރީމާއެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ވީއޭއެމުން އޭރު އިއުލާންކޮށްގެން ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީވެ، އަލުން އެސޯސިއޭޝަނަށް ހުށަހެޅި ކުލަބުތަކާއެކު ޖުމްލަ 13 ކުލަބެއް ހިމެނޭގޮތަށް ކުލަބުތަކުގެ ދަފްތަރު ސްޕޯޓްސް ކޮމިޝަނަށް ފޮނުވި ކަމަށާއި، އެއީ ފުރިހަމަ މެންބަރު 10 ކުލަބަކާއި އެސޯސިއޭޓް ތިން ކުލަބެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

ގަވާއިދާ އެއްގޮތަށް އެސޯސިއޭޝަނުގައި ރަޖިސްޓްރީ ނުކުރި ނަމަވެސް، ސްޕޯޓްސް ކޮމިޝަނުން އެ ކުލަބުތަކަށް ލިޔުންދީފައިވާ ކަމަށާއި، ޝަރުއީ ކޯޓަކަށްވެސް އަދި އެހެންވެސް އިދާރާއަކަށް އެ ކުލަބުތަކަކީ ގަވައިދާ އެއްގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ކުލަބުތަކެއް ނޫންކަން ސާބިތުކޮށްދެވޭނެ ކަމަށާއި، އެފަދަ ބޮޑު އޮޅުވާލުމެއް ކޮމިޝަނާ އޮފް ސްޕޯޓްސް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އަހަރުގެ ޖޫން 10 ވަނަ ދުވަހުގެ ފަހުން ވީއޭއެމްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށާއި، ވީއޭއެމް ހިނގަމުންދަނީ އަލުން އެސޯސިއޭޝަންގެ ރައީސް ކަމަށް އަންނަން ބޭނުންވާ ފަރާތްތަކުން ކަމަށްވާއިރު، އެ ފަރާރްތަކުން ދަނީ ގަވައިދާ އުސޫލުތަކާއި ޚިލާފަށް ލިޔެކިންތައް ބަދަލު ކުރަމުން ކަމަށް ލަތީފް ތުހުމަތު ކުރެއްވިއެވެ.

މިހާރު ހަމައެކަނި ވީއޭއެމްގެ ކުރެވޭ މަސައްކަތަކީ ބައިނަލްއަގުވާމީ އިދާރާތަކުން އެދޭ ކަންކަން ކަމަށާއި، ބައިނަލްއަގުވާމީ އިދާރާތަކުން އަދިވެސް ގަބޫލު ކުރަނީ ވީއޭއެމްގެ ރައީސްއަކީ އެބޭފުޅާ ކަމަށްވީ ނަމަވެސް، ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވީއޭއެމްގެ އޮފީސް އަތުލާފައިވަނީ ގަވާއިދާ އުސޫލުތަކާއި އަދި ޤާނޫނޫތަކާވެސް ޚިލާފަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްގެ މައްސަލައަށް ހައްލެއް ނުލިބި އެއް އަހަރާއި ދެ މަސް ވެފައިވާއިރު، ވީއޭއެމްގެ މައްސަލައަށް އެފްއައިވީބީ ވަދެފައިވަނީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބާރު ކަނޑުވާލާފައިވާތާ ހަ މަހަށް ވުރެން ގިނަ ދުވަސްވެފައިވަނިކޮށެވެ. ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ ހިންގުމުގެ ތެރެއަށް ވަދެ، ދެ ފަހަރެއްގެ މަތިން ކޮމިޓީއެއް އެކުލަވާލާ އިންތިޚާބަކާއި ހަމަޔަށް އެސޯސިއޭޝަން ގެންދިޔުމަށް މަސައްކަތްކޮށްފައިވެއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބާރު ކަނޑުވާލާ، ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމްގެ ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން ވަނީ އެކޮމިޓީ އުވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކުރިޔަށްގެންދަން މަސައްކަތް ކުރި އިންތިޚާބުވެސް ފަސްކޮށްފައެވެ.

އެއަށްފަހު ކޮމިޝަނާ އޮފް ސްޕޯޓްސް ސޮއިކޮށް، ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކުރުމާއި ގުޅިގެން އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިންޓަރިމް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިކޮމިޓީން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ހިންގާ ގަވާއިދު ފާސްކޮށް، ހިންގާ ކޮމިޓީ އެކުލަވާލުމަށް އަންގާ ކަމަށެވެ. އެއާއެކު އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ލަތީފްގެ އިތުބާރު ނެތް ކަމަށް ކްލަބުތަކުން ފާސްކޮށްފައެވެ.

އެފްއައިވީބީން ވީއޭއެމްގެ މައްސަލައަށް ސީދާ ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ބައްދަލުކުރެއްވުމާ ހަމައިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލްއަށް ބަދަލުވާން އުޅޭ ވާހަކަ ސަލާހު ދޮގުކޮށްފި

ރެއާލްއަށް ބަދަލުވާން އުޅޭ ވާހަކަ ސަލާހު ދޮގުކޮށްފި

19 ޑިސެމްބަރު 2017
ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި

ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި

18 އޮކްޓޯބަރު 2017
މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

29 އޯގަސްޓު 2017
ސިޔަނެ ތަރޫ އިންޓަނޭޝަނަލް ވޮލީބޯލް ކަޕް ރާއްޖެއިން ކާމިޔާބުކޮށްފި

ސިޔަނެ ތަރޫ އިންޓަނޭޝަނަލް ވޮލީބޯލް ކަޕް ރާއްޖެއިން ކާމިޔާބުކޮށްފި

08 ޖުލައި 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު