Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނޭންސް މިނިސްޓްރީގެ އިންޓަރގްރިޓީ

ފިނޭންސް މިނިސްޓްރީގެ އިންޓެގްރިޓީގެ ދިފާއުގައި ތިން ވަޒީރުން

މަޖިލީހުގެ ކަންބޮޑުވުމަކީ ދަރަނީގެ ތަފްސީލު ނޭންގުމާއި ދަރަނި ރަނގަޅަށް ބެލެހެއްޓެމުން ނުދިޔުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އޯގަސްޓު 2020 | އަންގާރަ 13:45
މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ރައީސް ޔާމީންގެ ސަރުކާރުގައި ދެ ބޭފުޅެއް ފިނޭންސް މިނިސްޓަރ ކަން ކުރެއްވި، އަހުމަދު މުނައްވަރު އަދި އަބްދުﷲ ޖިހާދު

މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ރައީސް ޔާމީންގެ ސަރުކާރުގައި ދެ ބޭފުޅެއް ފިނޭންސް މިނިސްޓަރ ކަން ކުރެއްވި، އަހުމަދު މުނައްވަރު އަދި އަބްދުﷲ ޖިހާދު

ސަރުކާރުގެ ދަރަނިތަކުގެ ތަފްސީލު ނޭންގޭކަމަށާއި ފިނޭންސް މިނިސްޓްރީން ޑެޓް މެނޭޖްކުރުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ރައްޔިތުންގެ މުޅި މަޖިލީހުގެ ކޮމިޓީއަށް 2013 ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި މިނިސްޓަރުން ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރ އަދި އެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު އާއި އެ ސަރުކާރުގައި ދެން ފިނޭންސް މިނިސްޓަރ ކަން ކުރެއްވި އަހުމަދު މުނައްވަރު އަދި މިހާރު ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި އިބްރާހީމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މެމްބަރުންނާއި ކޮމިޓީގެ މުގައްރިރުކަމުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ހުރީ ސަރުކާރުގެ ދަރަނިތަކުގެ ތަފްސީލުތައް މަޖިލީހަށް ނޭނގުމާއި ދަރަނި ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީއަށް ރަނގަޅަށް އެކަން ކުރެވެމުންނުދާ ކަމަށް ބުނެއެވެ. އަދި މައުލޫމާތުތައް ހާމަކުރުމުގައި ފިނޭންސް މިނިސްޓްރީން އިހުމާލުވެފައިވާފަދަ ގޮތަކަށް ދޭހަވާ ގޮތަށް މެމްބަރުންނާއި ކޮމިޓީގެ މުގައްރިރު ވަނީ ސުވާލުކުރައްވާފައެވެ.

ސުވާލުތަކަށް ޖަވާބު ދެއްވަމުން މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެންމެ ފުރަތަމަވެސް ވިދާޅުވީ ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ނުފިލާކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވަމުން ގެންދަވާ ވާހަކަތައް ގަބޫލުފުޅުނުކުރައްވާ ކަަމަށެވެ.

ފިނޭންސް މިނިސްޓްރީގައި އެމަސައްކަތް ކުރަމުންގެންދާ މުވައްޒަފުންގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ ސިވިލް ސަރވިސްގައި އެމަސައްކަތް ކުރަން ތިބޭ ކުދިން ކުރަމުންދާ މަސައްކަތްތަކަކީ އެކަމާމެދު ސުވާލު އުފައްދަން ޖެހޭ ކަންކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މަޖިލީހަށް މައުލޫމާތުތައް އެންގުމުގައި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ހާމަކުރަމުން އަންނަ ކަމަށާއި އެއްވެސް ސޮވެރިން ގެރެންޓީއެއް ނުވަތަ ލޯނެއްގެ މައުލޫމާތެއް ހާމަކުރުމުގައި އިހުމާލެއްވެފައި ނޯންނާނެކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ބަޖެޓް ހުށަހަޅާ އިރު މަޖިލީހަށާއި ކޮމިޓީ އަށް ވެސް އެކްޓިވް ލޯނުތަކުގެ ތަފްސީލުތައް ހުށަހަޅަމުން އަންނަ ކަމަށެވެ.

މިހާރުގެ ފިނޭންސް މިނިސްޓަރ މި މޭރުމުން ވާހަކަދެއްކެވިއިރު، ރައީސް ޔާމީންގެ ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ވެސް ވަނީ މިމޭރުމުން ވާހަކަދައްކަވާ ފިނޭންސް މިނިސްޓްރީން ދަރަނީގެ ކަންތަކުގައި އަމަލުކުރަމުންދަނީ ހާމަކަން ބޮޑު ގޮތެއްގައި ޤާނޫނާއި ގަވާއިދުގެ ދަށުންކަމަށް ވިދާޅުވެފައެވެ. ޖިހާދު އާއި މުނައްވަރު ވަނީ ލޯނާއި ދަރަނީގެ ކަންތައްތައް މިއީ މިހާރު ވާކަމެއްތޯ ސުވާލު އުފައްދަވާފައެވެ. ޑެޓް މެނޭޖްކުރުމަށް ފިނޭންސް މިނިސްޓްރީ ތެރޭގައި ވަކި ޑިޕާޓްމަންޓެއް އުފެދިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާކަން މި ދެމިނިސްޓަރުންވެސް ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރ ކަމަށް ވަޑައިގަތުމުގެ ވެސް ކުރިން އެ މިނިސްޓްރީގައި މަސައްކަތްކުރައްވާފައިވާ ޖިހާދު ވިދާޅުވީ ޑެޓް މެނޭޖްމަންޓް ޑިވިޝަންގައި ތިބޭނީ އެކަމަށް ގާބިލް މީހުންކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މުނައްވަރު ވެސް ވިދާޅުވީ ދަރަންޏާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ފިނޭންސް މިނިސްޓްރީން މައުލޫމާތު ހާމަކުރަމުން ގެންދާ ކަމަށެވެ. އަދި ދަރަންޏާއި ގުޅޭކަންކަން ކުރަމުން ގެންގޮސްފައި ހުންނާނީ ވަކި އިންތިޒާމެއްގެ ދަށުން ކަަމަށް މުނައްވަރު ވިދާޅުވިއެވެ.

ކުރީގެ ތިން ފިނޭންސް މިނިސްޓްރީ އާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވި ކޮމިޓީގެ ބައްދަލުވުމުގައި ދައުލަތުން ސޮވަރިން ގެރެންޓީތައް ދޫކުރުމުގައި ފިނޭންސުން ގޯސްކޮށް ކަންތައްތަކެއް ހިންގާފައި އޮތް ކަމަށް މިހާތަނަށް ކުރެވިފައި ހުރި އޮޑިޓްތަކުން ފެންނަން ނެތް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ނުރުހިގެންވެސް އަދި ތުހުމަތުކޮށްވެސް ވާހަކަތައް ދައްކާނެކަމަށާއި އެ މޭރުމުން ވާހަކަދައްކަނީ މިކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު