Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުހައްގުން ހޯދާ މުދާތައް ދައުލަތައް ނެގުން

ޑްރަގުގެ ވިޔަފާރިންނާއި ކޮރަޕްޝަން ހިންގައިގެން ގެންނަ މުދާ ދައުލަތަށް ނަގަނީ

ފައިސާ ޖަމާކުރަން ޖެހެނީ ވަކި އެކައުންޓަކަށް

އަލީ ސަމާޚް
އަލީ ސަމާޚް | 11 އޯގަސްޓު 2020 | އަންގާރަ 13:47
ފައިސާ ނަގަން ޖެހެނީ އެމްއެމްއޭއިން ހުޅުވާ އެކައުންޓަކަށް

ފައިސާ ނަގަން ޖެހެނީ އެމްއެމްއޭއިން ހުޅުވާ އެކައުންޓަކަށް

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.

ސަރުކާރުގެ ގެޒެޓް ގައި ހޯމަ ދުވަހު އާއްމުކޮށްފައިވާ އުސޫލުގައި ބުނާ ގޮތުން ދައުލަތަށް ނެގޭ ފައިސާ އާއި ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އެކައުންޓެއް ހުޅުވަންވާނެއެވެ. އެ އެކައުންޓުން ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަމަށް އުސޫލުގައި ބުނެއެވެ.

Advertisement - newsAdvertisement

ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށްވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް، މި އެމްއެމްއޭގެ އެކައުންޓަށް އެ ފައިސާ ޖަމާކުރަންވާނެއެވެ.

އަދި ދައުލަތަށް ނެގޭ މުދާ ބަހައްޓަންވާނީ ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގައެވެ. އަދި، ނައްތައިލެވޭ މުދާ ފިޔަވައި ދައުލަތަށް ނެގޭ އެންމެހައި މުދާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން ވިއްކާލަންދެން އެކަށީގެންވާ ގޮތަކަށް އަދި އެ މުދަލުގެ އަގު އެކަށީގެންވާ ވަރަށް ވުރެ ދަށްވެގެން ނުދާނެ ގޮތަކަށް ބަލަހައްޓަންވާނެ ކަމަށް ބުންޏެވެ. އެގޮތުން ބަލަހައްޓަންވާނީ، އެ މުދަލަކުން މަންފާ ލިބެމުންދާނެ ގޮތަކަށެވެ.

ދައުލަތަށް ނެގޭ މުދާ، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވިއްކާލުމުގެ ނުވަތަ ކުއްޔަށްދިނުމުގެ އިހްތިޔާރު، ކަމާބެހޭ އިދާރާ އަށް ލިބެއެވެ. ދައުލަތަށް ނެގޭ މުދާ ވިއްކާލަންވާނީ، އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއް ލިބޭނެ ގޮތަކަށެވެ.

އަދި ދައުލަތަށް ނެގޭ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާނަމަ، އެކަށީގެންވާ އަގެއްގައި ވީއެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވާނެ ކަމަށް ގަވާއިދުގައި ބުނެއެވެ. ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި، އެއްލައްކަ ރުފިޔާއަށް ވުރެ އަގު ބޮޑު މުދާ ވިއްކާލަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައެވެ.

ކަމާއިބެހޭ އިދާރާއިން، އެ ފައިސާއެއްގެ ނުވަތަ އެ މުދަލެއްގެ މައްޗަށް "ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތެއްގެ ހައްގެއް" އޮވެދާނެ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ފުރުސަތު ދިނުމަށް، ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ ކޯޓު އަމުރު ނެރެފައިވާ ތާރީހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި، ކަމާބެހޭ އިދާރާއިން، ދެ ހަފުތާ ވަންދެން ސަރުކާރުގެ ގެޒެޓުގައި އެ ކޯޓު އަމުރެއް ޝާއިއުކުރަންވާނެއެވެ.

ޝާއިއުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ ފަރާތްތަކުން ކޯޓަށް އެ މައްސަލަ ހުށަހެޅިދާނެ ކަމަށްވެސް އެ ގަވާއިދުގައި ބުންޏެވެ.

"ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތެއްގެ ހައްގު" ލިބިގެންވާ ފަރާތެއް ކަމަށް ބަލާ ޝަރުތުތަކުގެ ތެރޭގައި އެ ފަރާތަކީ އެ ފައިސާ ނުވަތަ މުދާ ނިސްބަތްވާ ކުށް ކުރުމުގައި ބައިވެރިވި ނުވަތަ އެހީތެރިވި ފަރާތެއް ކަމުގައި ނުވުމާއި، އެ ކުށް ކުރާކަން އެނގިއްޖެ ހާލަތެއްގައި އެ ކުށް ކުރުން ހުއްޓުވަން މަސައްކަތްކުރި ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު