Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީގެ ޗެއަރމަންގެ މަގާމަށް ޖައިޝް

އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް ޖައިޝް އައްޔަން ކުރައްވައިފި

ޖައިޝްއަކީ އިގްތިޞާދީ، މާލީ އަދި އާކިޓެކްޓަޗރ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 އޯގަސްޓު 2020 | އަންގާރަ 12:17
އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ޖައިޝް އިބްރާހީމް: އިގްތިޞާދީ އަދި މާލީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް

އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ޖައިޝް އިބްރާހީމް: އިގްތިޞާދީ އަދި މާލީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް

ހައުސިން ޑިވެލޮޕްމަންޓް ކޯރަޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަގާމަށް މުހައްމަދު ޖައިޝް އިބްރާހީމް އައްޔަން ކުރައްވައިފިއެވެ.

ޖައިޝްއަކީ، ޓޫރިޒަމާއި އަރކިޓެކްޗަރ ދާއިރާގެ އިތުރުން މާލީ ދާއިރާއިން ތަޖުރިބާ ލިބިޑައިގެން ހުންނެވި އަދި މާލީ ބައެއް އިދާރާތަކުގައި ބޯޑު މެމްބަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މިހާރުވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ބޯޑު މެމްބަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޖައިޝް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑު މެމްބަރުކަން 5 އަހަރު ވަންދެން ކުރައްވާފައެވެ. އެހެންކަމުން ޖައިޝްއަކީ މާލީ ކަންކަން ހިންގުމުގެ ތަޖުރިބާވެސް ލިބިޑައިގެންފައިވާ ބޭފުޅެކެވެ.

މީގެއިތުރުން، ޖައިޝްއަކީ ޓޫރިޒަމް ދާއިރާއިން ބައެއް ރިސޯޓްތަކުގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތަކާއި، އާކިޓެކްޗަރ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ޖައިޝްއަކީ، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހައްދަވައި، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ސްޕެޝަލައިޒްވެވަޑައިގެން ހުންނެވި އިލްމީ ބޭފުޅެކެވެ.

އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް ޖައިޝް އައްޔަން ކުރައްވާފައިވާއިރު، ސަރުކާރުން ވަނީ އެޗްޑީސީއާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އެއްކޮށްލުމަށް ނިންމާފަ އެވެ.

އެޗްޑީސީއާއި ޖީއެމްއައިޒެޑަކީ، ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކާއި އިގްތިޞާދީ ގިނަ އަހަރަކާތްތައް ހިންގަމުންދާ ދެ ކުންފުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު، އެޗްޑީސީ އޮތީ މާލީ ގޮތުން އިންތިހާއަށް ކަންބޮޑުވާ ދަރަޖައަށް ގޮސްފަ އެވެ. އަދި މާލީ ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތި ވެފަ އެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި

17 މެއި 2017
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
19 މާރިޗު 2017

ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!

19 މާރިޗު 2017
ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު