Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިގްތިޞާދު ހުޅުވާލުމަށް މަސައްކަތްކުރުން

މާލެ ލޮކްޑައުންކުރި ނަމަވެސް ސަރަހައްދީ ބަނދަރުތަކުގައި އިގްތިޞާދީ ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ފާސްކޮށްފި

ކޮމިޓީ ރިޕޯޓް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އޯގަސްޓު 2020 | ހޯމަ 12:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މާލެ ސިޓީ ލޮކްޑައުން ކުރަންޖެހޭ ހާލަތެއް މުސްތަގްބަލުގައި ދިމާވެއްޖެނަމަ އެފަދަ ހާލަތެއްގައި އުތުރާއި ދެކުނުގެ ސަރަހައްދުތަކުން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި ބަނދަރުތަކުން އިގްތިޞާދީ ހަރަކާތްތަކާއި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ކޮވިޑް-19 ފެތުރިފައި ނުވާ ސަރަހައްދުތަކުގައި އިގުތިސާދީ ހަރަކާތްތައް ހިންގޭ ގޮތަށް ރާއްޖެ ހުޅުވާލަން ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގަ އެވެ. ކޮމިޓީ ރިޕޯޓް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަކީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތެއް ފަހިކުރުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުންވެސް އަމަލުކުރަން އަންނަ ފަދައިން ރާއްޖެއިންވެސް ސިއްހީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް އިގްތިޞާދީ ހަރަކާތްތައް ވަކި ހަމަތަކެއްގެ މަތިން ހުޅުވާލަންޖެހޭ ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ގަރާރެކެވެ.

މިގަރާރު ހުށަހަޅުއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މިންވަރު އިންތިހާއަށް މަތިވެ އާމްދަނީ ލިބުމުގެ ކުރިމަގު ބަނަވެފައިވާ މިދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ރާއްޖޭގެ ތިން ސަރަހައްދެއް އިގްތިޞާދީ ގޮތުން ހުޅުވާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

މިރިޕޯޓްގައި ގަރާރުގައި ހުރިކަންކަމާއި ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީންނާއި އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ އާއި އެމްއެމްޕީއާރުސީން ކުރަމުންދާ ކަންތައްތައްކާއި ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި އާއި އެއަށްފަހު އެތަންތަނުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވާ ހިމަނާފައިވެ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު