Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ދަރަނި

ދައުލަތުގެ ދަރަނީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިނުވާ މައްސަލަ މަޖިލީހަށް

މި މައްސަލަ ހުށައަޅުއްވާފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށައަޅާ ކަންކަމުގެ ތެރެއިން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2020 | ހޯމަ 11:45
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކާއި ގުޅޭ ކަންކަމުގެ މައުލޫމާތު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް އަންގާފައިނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް މި މައްސަލަ ހުށައަޅުއްވާފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށައަޅާ ކަންކަމުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓްރީ އޮފް ފިނޭންސުން މަޖިލީހަށް، ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ދައުލަތުގެ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާއި އަދި އެހެނިހެން ތަފްސީލުތަކާއި މަޖިލީހުގެ އިދާރާއަށް ކުރީގައި ލިބިފައިހުރި މައުލޫމާތުތަކާއި ފުށު އެރުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުންނާއި ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ލޯނެއް ނަގާތާ، ނުވަތަ، ގެރެންޓީއެއް ދޭތާ، ނުވަތަ ބޮންޑެއް ވިއްކާތާ، 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ފޮނުވަންޖެހެއެވެ.

މިކަމާއި ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަ އެތައް ފަހަރެއްގެ މަތިން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. އަދި މަޖިލީހަށް އެމަނިކުފާނު މި މައްސަލަ ހުށައެޅުއްވީ މި މައްސަލައިގެ މުހިއްމުކަން މިނިސްޓަރަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ އެމަނިކުފާނު ހުންނެވި، މަޖިލީހުގެ ރައީސްގެ މަގާމުގެ މައްސޫލިއްޔަތުތަކާއި ޒިންމާތައް ސާފުވެވަޑައިގަންނަވާތީ ކަމަށެވެ. އަދި މި މައްސަލައަކީ ދެ ސަރުކާރުގެ މައްސަލައެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިއީ ތިން ފިނޭންސް މިނިސްޓަރުންގެ މައްސަލައެއް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ދެ ބޭފުޅެއް ފިނޭންސް މިނިސްޓަރ ކަން ކުރެއްވިއެވެ. އެއީ އަހުމަދު މުނައްވަރުއާއި އަބްދުﷲ ޖިހާދެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދަރަންޏެއް އުފެދުމުން، ސަރުކާރުން ޢަމަލުކުރަންޖެހޭ ގޮތް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި، އެ ޤާނޫނުތަކުގައި ދަށުން ހަދާފައިވާ ގަވާއިދުތަކާއި ގާނޫނާއި އުސޫލުތަކުގައި ވަރަށް ސާފުކޮށް ބަޔާންކުރާއިރު އޭގެ ތެރޭގައި، ލޯނެއް ނެގުމަށްފަހު ނުވަތަ ގެރެންޓީއެއް ދިނުމަށްފަހު، އެ ލޯނާއި ގެރެންޓީގެ ކަންކަން ބަލަހައްޓައި މެނޭޖްކުރާނެ މެކޭނިޒަމެއް ބަޔާންކުރެއެވެ.

މަޖިލިހުގެ ރައީސް ހުށައެޅުއްވި މި މައްސަލައިގައި ވަނީ މިގޮތަށް ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއާ އެއްގޮތަށް ކުރީ ސަރުކާރުން ޢަމަލުކޮށްފައިނުވާކަމާއި، މިހާރުގެ މިނިސްޓަރ ވެސް ޢަމަލުކުރައްވަމުން ނުގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހުށައަޅަންޖެހޭ ބައެއް ލިޔެކިއުންތައްވެސް މަޖިލީހާއި ހިއްސާ ކޮށްފައިނުވާކަން ވެސް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ އަށް ބަހުސްކުރައްވަމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ ފިނޭންސް މިނިސްޓްރީން ވަނީ މި މައްސަލައިގައި ފާހަގަކޮށްފައިވާ ހަތަރު ކަމުގެ މައުލޫމާތު މަޖިލީހާއި ހިއްސާ ކޮށްފައިކަމަށެވެ. އަދި އޭނާ ވިދާޅުވީ މަޖިލީހަށް ލިބެންޖެހޭ ލިޔެ ކިޔުމެއް ލިބެންޖެހޭ މުއްދަތުގެ ތެރޭގައި ލިބޭތޯ ކަށަވަރުކުރުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ލިބިފައިނުވާނަމަ، ރިޔާސަތާއި ކަމާ ގުޅޭ ކޮމިޓީގެ ސަމާލުކަމަށް ގެނައުމަކީވެސް މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށެވެ.

ނާޝިޒް މިހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ އެ މައުލޫމާތުތައް މަޖިލީހަށް ލިބިފައިވާނަމަ ދެން ޚާއްސަ ނަޒަރަކުން ބަލަންޖެހެނީ ދެ ސޮވެރިން ގެރެންޓީގެ މައްސަލަ ކަމަށެވެ. އެ ސޮވެރިން ގެރެންޓީތައް ދޫކުރެވިފައިވާކަން މަޖިލީހާއި ހިއްސާ ކޮށްފައިވީނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ޖުމްލައިގެ އަދަދުތަކުގެ ތެރޭގައި އެ ސޮވެރިން ގެރެންޓީ ނުހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީގައިވެސް ވަނީ ދިރާސާކޮށްފައެވެ.

މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓްރީން އެ މައުލޫމާތު އެރުވިކަމަށް ނާޝިޒް ވިދާޅުވި ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން އާއްމު ފާތިމަތި ނިއުޝާ ވިދާޅުވެފަައިވަނީ އެ މައުލޫމާތުތައް/ ސިޓީތައް ލިބިފައިވާކަމަކަށް ރެކޯޑުތަކުން ނުދައްކާ ކަމަށެވެ. އެގޮތުން 14 ޖުލައި 2016 ން ފެށިގެން 2019 ވަނަ އަަހަރުގެ އެއްވެސް ލިޔެކިއުމަކުން މަޖިލީހުގެ އިދާރާއަށް އެފަދަ ސިޓީއެއް ލިބިފައިވާކަމަކަށް ނުދައްކާ ކަމަށެވެ.

އަމީން އާއްމު މިހެން ވިދާޅުވުމާއި ގުޅިގެން މާލިއްޔަތު ކޮމިޓީގެ މުގައްރިރަށް މެމްބަރުންގެ ފާޑުކިއުންތައް އަމާޒުވެގެން ދިޔައެވެ. އެގޮތުން ނާޝިޒް ވިދާޅުވީ އެ މައުލޫމާތު ހުރިކަން ޔަގީންކަމާއި އެކު ވިދާޅުވަމުން ގެންދަވަނީ ކޮމިޓީގެ ސެކެޓޭރިއެޓުން މައުލޫމާތު ދެއްވުމާއި ގުޅިގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު