Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެލެންސިއާގެ ކޯޗަކަށް އާތީ

އައު ސީޒަނަށް ވެލެންސިއާ ނުކުންނާނީ އާތީ އާއެކު

ރަނގަޅު ކުޅުންތެރިންތަކެއް ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާއިން ފެނިގެންދާނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2020 | އާދީއްތަ 15:16
ކޯޗު މުޙައްމަދު އާތިފް (އާތީ): ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ވެލެންސިއާއިން

ކޯޗު މުޙައްމަދު އާތިފް (އާތީ): ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ވެލެންސިއާއިން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކުލަބު ވެލެންސިއާ ކޯޗަކަށް މުޙައްމަދު އާތިފް (އާތީ) ހަމަޖައްސައި، އައު ސީޒަނަށް ސްކޮޑް އެކުލަވާލުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު، އާތީ އެންމެ ފަހުން އިރުޝާދު ދިނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށެވެ. އެކަމަކު ޓީސީއަށް ކުރިމަތިވި މާލީ ހާލަތާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާތީ ވަނީ އެ ކުލަބުން އިސްތިއުފާ ދީފައެވެ. މީގެ ކުރިން ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަންވެސް ކޮށްފައިވާ އާތީ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ގަދަ ހަތަރަކަށް ގެންގޮސްދީފައެވެ.

ވެލެންސިއާގެ ސީނިއާ އޮފިޝަލަކު ބުނީ އައު ސީޒަނަށް އެހެން ކުލަބުތަކާ ވާދަކުރެވޭނެ ޓީމެއް ހެދުމަށް އާތީ ހަވާލުކޮށްފައިވާ ކަމަށާއި، ރަނގަޅު ކުޅުންތެރިންތަކެއް ކުރިއަށް އޮތް ސީޒަނުގައި ކުލަބުން ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި މީގެ ކުރިން ވެލެންސިއާއަށް ކުޅެފައިވާ ކުޅުންތެރިން ހިމެނޭނެ ކަމަށް އޮފިޝަލް ބުންޏެވެ.

ވެލެންސިއާއާ ގުޅޭނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އާއި ނިމިގެންދިޔަ ސީޒަނުގައި ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅުނު ސަމްދޫހް މުޙައްމަދާއި ޔުނައިޓަޑް ވިކްޓަރީއަށް ކުޅުނު ޝާފިއު އަޙްމަދާއި ދެވަނަ ޑިވިޝަނުގައި ވެލެންސިއާއަށް ކުޅުނު ހުސައިން ނިޔާޒް (ބޮކުރީ) ހިމެނެއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ، މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ވެލެންސިއާ އާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސްއަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ ސަސްޕެންޝަނުގެ ސަބަބުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ދެވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮންނަނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށްދާ ދެ ޓީމާއި ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ.

ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ވެލެންސިއާ ގެންގޮސްދިނީ އިސްމާއިލް އާސިފް (ކުޑަހީނާ) ގެ އިރުޝާދުގެ ދަށުންނެވެ. ކުރިން ވެލެންސިއާއަށް ކުޅެފައިވާ ކުޑަހީނާ ވަނީ ރެލިގޭޝަންގައި ވެލެންސިއާ ކުޅުނުއިރުވެސް ޓީމަށް އިރުޝާދުދީ، 2016 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްދީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި އިރުޝާދު ދީފައެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު