Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލެންޑްގައި ކޭހެއް ނުފެނި 100 ދުވަސް

ނިއުޒިލެންޑްގައި ކޮމިއުނިޓީ ކޭހެއް ނުފެންނަތާ 100 ދުވަސް

ނިއުޒިލެންޑަށްވެސް ކޮވިޑް-19 އަލުން ފެތުރުމުގެ ފުރުސަތު އެބައޮތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 އޯގަސްޓު 2020 | އާދީއްތަ 08:28
ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން: އެ ގައުމުގައި ކޮވިޑް-19 ކޭހެއް ނުފެނި 100 ދުވަސް މިވަނީ ފާއިތުވެފައި

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން: އެ ގައުމުގައި ކޮވިޑް-19 ކޭހެއް ނުފެނި 100 ދުވަސް މިވަނީ ފާއިތުވެފައި

ނިއުޒިލެންޑްގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ކޭހެއް ނުފެންނަތާ އާދިއްތަ ދުވަހަށް 100 ދުވަސް ވެއްޖެއެވެ.

ނިއުޒިލެންޑުން ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އެގައުމުގައި ފެތުރުން ކޮންޓްރޯލްކޮށް، ކޮމިއުނިޓީ ކޭހެއް ނުފެންނަތާ އާދިއްތަ ދުވަހު 100 ދުވަސް ވެފައިވާއިރު، އެގައުމުގައި އެކްޓިކް ކޭސްތަކުގެ އަދަދު އުޅެނީ 23 ގައެވެ. އަދި އެ 23 މީހުންނަކީ، އެގައުމަށް އެތެރެވިއިރު، ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ 23 މީހުން ކަމަށާއި، އެމީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށެވެ.

ނިއުޒިލެންޑްގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު އަޝްލޭ ބްލޫމްފީލްޑް ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ކޮމިއުނިޓީ ކޭހެއް ނުފެނި 100 ދުވަސް ފާއިތުވުމުން އެއީ ކާމިޔާބެއް ކަމަށާއި، އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ނިއުޒިލެންޑްގައިވެސް އަލުން ކޮވިޑް-19 ފެތުރުމުގެ ބިރުވެރިކަން އެބައޮތް ކަަމަށެވެ. އެހެންކަމުން ކޮވިޑް-19 އަލުން ފެތުރިދާނެ ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ރައްކާތެރިވާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލެންޑަކީ ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމެކެވެ. އެގޮތުން އެގައުމުގެ ބޯޑަރު މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހު ބަންދުކުރިއިރު، ހަރުދަނާ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އަދި އެކަން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯ އިންވެސް ވަނީ ފާހަގަކޮށްފައެވެ.

ނިއުޒިލެންޑްގައި ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިހާތަނަށް ނިއުޒިލެންޑްގައި ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވަނީ 1،219 މީހުންނެވެ. ނިއުޒިލެންގައި އެންމެފަހުން ކޮވިޑް-19 ކޭހެއް ފެނިފައިވަނީ މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ.

މިހާރު ނިއުޒިލެންޑްގައި އަޅާފައިވާ ހަމައެކަނި ފިޔަވަޅަކީ، އެގައުމަށް އެތެރެވާ މީހުން މޮނީޓާ ކުރުމާއި، އެގައުމަށް އެތެރެވާ އެންމެން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

12 މެއި 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު