Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮޒިޓިވްވާ މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެން

އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި 240 މީހަކު، އެންމެ ބޮޑަށް އިސްކަންދެނީ ހައިރިސްކް މީހުންނަށް

އެމީހުން ނުގެންދެވި ވަނީ އެކި ސަބަބުތަކާއި ހުރެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އޯގަސްޓު 2020 | ހޮނިހިރު 23:33
ކޮވިޑް-19 މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީއެއް

ކޮވިޑް-19 މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީއެއް

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 240 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި އެބަ ތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންނާއި ގުޅޭގޮތުން "ރާއްޖެ ޓީވީ"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ މިމީހުންނަކީ އެކި ކަންކަމާއި ގުޅިގެން އަދި މިހާތަނަށް އައިއިރު އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންކަމަށެވެ. އެމީހުން ވީއެންމެ އަވަހަކަށް ފެސިލިޓީތަކަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޑރ ނަޒްލާ ވިދާޅުވީ އައިސޮލޭޓް ކުރުމުގައި ހައިރިސްކް މީހުންނަށް އިސްކަންދޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަލަނީ ސީދާ ޕޮޒިޓިވްވާ މީހާ އެއީ ހައިރިސްކު މީހެއްތޯ ކަމަށައި އެހެން ކަމަށްވާނަމަ އެމީހަކު އައިސޮލޭޓްކުރަން އިސްކަންދޭ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އިސްކަންދޭ ގޮތް ކަނޑައަޅަނީ ޕޮޒިޓިވްވާ މީހުންގެ ގޭގެއަށް ގޮސް އެސެސްމެންޓެއް ހެދުމަށްފަހުގައި ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ 2088 މީހުން އެބަތިއްބެވެ. މީގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1481 މީހުންނެވެ. މީގެތެރެއިން 47 މީހަކު ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ ދޫކޮށްލާފަ އެވެ.

ބަލިޖެހިފައިވާ މީހުންގެ ތެރެއިން 135 މީހަކަށް ވޯރޑްތަކުގައި ފަރުވާ ދެމުން އެބަދެއެވެ. 9 މީހަކަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރަށް ލައިގެންނެވެ. އައިސީޔޫގައި ތިބި މީހުންނަކީ ޑީއެޗް11 ގައި 2 މީހުންނާއި ހުޅުމާލެ ކޮވިޑް ފެސިލިޓީގެ އައިސީޔޫގެ 7 މީހެކެވެ. ފާއިތުވި 24 ގަޑިއިރު 37 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން 4898 މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. އަދި 19 މީހަކު ވަނީ މިހާތަނަށް އައިއިރު މިބަލީގައި ނިޔާވެފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު