Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާސްކުނާޅާ އުޅޭ މީހުން ޖޫރިމަނާކުރުން

މާސްކު ނާޅާ ބޭރުތެރޭގައި އުޅުނު 278 މީހަކު ޖޫރިމަނާކޮށްފި

މާސްކު ނާޅާ އުޅުނު 1356 މީހަކަށް ނަސޭހަތްދީފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އޯގަސްޓު 2020 | ހޮނިހިރު 23:31
މާލޭގެ މަގުމަތީގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ

މާލޭގެ މަގުމަތީގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ

މާސްކު ނާޅާ ބޭރުތެރޭގައި އުޅުނު މީހުންގެ ތެރެއިން މިހާތަނަށް އައިއިރު 278 މީހަކު ޖޫރިމަނާކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް އައިިއިރު ބޭރުތެރޭގައި މާސްކު ނާޅާ އުޅުނު 1356 މީހަކަށް ނަސޭހަތްދީފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

ފާއިތުވި 24 ގަޑިއިރުތެރޭ އެކަނިވެސް އެފަދަ 135 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި 62 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފެށުމުން އެކަން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ވަނީ ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރު ކޮށްފައެވެ. އަދި މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މާސްކުއެޅުން މަޖުބޫރު ކޮށްފައިވާއިރު އެކަމުން އިސްތިސްނާ ވަނީ ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުގައެވެ. މީގެ އިތުރުން އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މީހުންނާއި ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދަން މީހުން މާސްކު އެޅުމުން އިސްތިސްނާވެއެވެ.

މީގެއިތުރުން ރޭގަނޑު 10ން ފެށިގެން ފަތިހު 5 ޖެހުމާ ހަމައަށް ބޭރުގައި އުޅުންވެސް ވަނީ މަނާކޮށްފައެވެ. ބޭރުގައި އުޅުން މަނާކޮށްފައިވާ ގަޑީގައި ބޭރުތެރޭގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އުޅުނު 157 މީހަކަށް ނަސޭހަތްދީ 79 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފަ އެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
16 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު