Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި މަރުވާ މީހުން

ޑިސެމްބަރ މަހާ ހަމައަށް އެމެރިކާގައި މަރުވާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެދާނެ

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާ ހަމައަށް 3 ލައްކަ މީހުން މަރުވަނެ ކަމަށް އަންދާޒާކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޯގަސްޓު 2020 | ހުކުރު 07:21
އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލަނީ؛ އެގައުމުގައި މިހާތަނަށް ދޮޅުކައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލަނީ؛ އެގައުމުގައި މިހާތަނަށް ދޮޅުކައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެދާނެ ކަމަށް ޔުނިވަރސިޓީ އޮފް ވޮޝިންގްޓަނުން ހެދި މޮޑެލްއަކުން ދައްކައިފިއެވެ.

އެމެރިކާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 162 ހާހަށްވުރެ މައްޗަށް އަރާފައެވެ. ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ރިސަރޗް ޓީމަކުން ހެދި ދިރާސާއެއްގެ މައްޗަށް ތައްޔާރު ކުރި މޮޑެލް ދައްކާ ގޮތުން މި އަހަރުގެ ޑިސެމްބަރުގެ މަހުގެ 1 ވަނަ ދުވަހާ ހަމަށް މި އަދަދު 300 ހާހަށް އެރުމަކީ އެކަށީގެންވާ ކަމެވެ. ނަމަވެސް މިކަން ބަދަލު ކުރެވިދާނެ ކަމަށާއި، އެކަން ކުރެވޭނީ ގަވާއިދުން މާސްކް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާ ކަމުގައި ވާނަމަ ކަމަށް މި ޓީމުން ވަނީ ބުނެފައެވެ.

އެ ޓީމުން ބުނެފައި ވަނީ މާސްކް އަޅާ ނަމަ 70 ހާހަށްވުރެ ގިނަ މީހުން މަރުވުމުން ސަލާމަތް ކުރެވިދާނެ ކަމަށެވެ. މި މޮޑެލްއަކީ އިންސްޓްޓިއުޓް ފޮރ ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަން (އައިއެޗްއެމްއީ) އިން ނަގާފައިވާ ޑާޓާތަކުގެ މައްޗަށް ރިއާޔަތްކޮށް ހަދާފައިވާ މޮޑެލްއެކެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ޑާޓާތައް ދައްކާ ގޮތުން މިހާތަނަށް އެމެރިކާގައި 160 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ޑިސެމްބަރު މަހުގެ ނިޔަލަށް 295 ހާހަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އައިއެޗްއެމްއީގެ ޑައިރެކްޓަރ ޑރ. ކްރިސްޓޮފަރ މުއްރޭ ވިދާޅުވީ މި މޮޑެލްގައިވާ ކަންކަން ސީދާ އެގޮތަށް ނުވެ ހިނގައިދާނެ ކަމަށާއި، އެކަންކަން ބަދަލު ކުރުމަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެގޮތުން 95 އިންސައްތަ މީހުން ގެއިން ނުކުންނަ އިރު މާސްކް އަޅާ ނަމަ، ބަލިޖެހިގެން މަރުވާ މީހުންގެ އަދަދު ޑިސެމްބަރު މަހާ ހަމައަށް 228 ހާހަށް ދަށް ކުރެވިދާނެ ކަމަށެވެ. އަދި މިއީ 49 އިންސައްތައިގެ ދަށްވުމެއް ކަމަށާއި، 66 ހާހަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ. ޖުލައި މަހުގެ 7 ވަނަ ދުވަހު އައިއެޗްއެމްއީ އިން އަންދާޒާ ކޮށްފައިވާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް 230 ހާސް މީހުން މަރުވާނެއެވެ.

ޖުލައި މަހުގެ 15 އިން ފެށިގެން އެމެރިކާގެ އެކި ސިޓީތަކުގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި މާސްކު އެޅުން މަޖުބޫރު ކުރި ނަމަވެސް އެއްވެސް އަދަބެއް ކަނޑައަޅާފައި ނުވާތީ ނުވަތަ ޖޫރިމަނާ ނުކުރާތީ މާސްކް އަޅާ މީހުންގެ އަދަދު 8 އިންސައްތައަށް އިތުރު ކަމަށާއި، ޖޫރިމަނާއެކު އަދަބު ކަނޑައަޅާފައިވާނަމަ މި މާސްކް އަޅާ މީހުން 15 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށެވެ.

އައިއެޗްއެމްއީގެ މޮޑެލް ދައްކާ ގޮތުން ބަލިމަޑުކަން ގޯސްވެގެންދާ ހިސާބުގައި 50 އިންސައްތަ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ފަށާނެ ކަމަށާއި، އަދި އެގޮތަށް އަމަލުކުރަން ފެށުމުން މިހާރު ހުރި އަންދާޒާތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި

01 ނޮވެމްބަރު 2017
ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި
03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
25 އޯގަސްޓު 2017

ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި

25 އޯގަސްޓު 2017
ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި
13 އޯގަސްޓު 2017

އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!

13 އޯގަސްޓު 2017
އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!
08 އޯގަސްޓު 2017

އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ

08 އޯގަސްޓު 2017
އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު