Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

7 އޯގަސްޓު 2020 | ހުކުރު 04:21

30 އޮގަސްޓުގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޯގަސްޓު 2020 | ހުކުރު 04:21
އެމްޓީސީސީ

އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭ ކަމަށާއި މި 02 ޑިރެކްޓަރުން އިންތިހާބު ކުރުން މިއަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އޮންނާނެ ކަަމަށެވެ.

Advertisement - newsAdvertisement

ބޯޑު ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށާއި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތްތަކަކަށް ވާން ޖެހޭނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތަތައް:

ކުންފުނީގެ އަސާސީ ޤަވާއިދުގައި ހުރި މަޤުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރިކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

އެއްވެސް ޤާނޫނަކުން ނުވަތަ ކޯޓަކުން ޑިރެކްޓަރެއްގެ މަޤާމް އަދާކުރުން މަނާކުރެވިފައިވާ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަޤާމުގައި ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން.

ދިވެހިރާއްޖޭގައި ނުވަތަ އެހެން ވެސް ގައުމެއްގައި އިފްލާސް ކުރެވިފައިނުވުން އަދި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުން.

ވައްކަން،މަކަރާއިހީލަތް،ފައިސާއަށްހިޔާނާތްތެރިވުން،ފައިސާގެންގުޅުމުގައިނޭދެވޭގޮތްތަކަށްއަމަލުކުރުން،ފައިސާއަމާނާތެއްގެގޮތުގައިހަވާލުވެހުރެޚިޔާނާތްތެރިވުން، ރިޝްވަތު ފަދަ ކަމެއްގެ ކުށެއް ނުވަތައެނޫންވެސްމައްސަލައެއްސާބިތުވެފައިނުވުން.

މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަ ގޮތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައިވުން.

ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ޙިކުމަތްތެރިޔަކު ކަމުގައިވުން.

މާލީ ރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން.

އެހެންމީހުންނާ އެކު ކުރެވޭ މުޢާމަލާތް ތަކުގައި ޒިންމާދާރު ގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކުކަމުގައި ވުން.

ބުއްދިސަލާމަތުން ހުރި، މީލާދީ ގޮތުން 25 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

ޢާންމު ޙިއްޞާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުން.

މީގެ އިތުރުން ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެން ނުވާނެ ކަަމަށް ވެސް ޝަރުތުގެ ތެރޭގައި ހިމެނެއެވެ.

ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، "އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 30 އޮގަސްޓް 2020 ވަނަ ދުވަހުގެ 1600 ގެ ކުރިން ކޮމްޕެެނީ ސެކްރެޓަރީއަށް އެޑްރެސް ކުރައްވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އަށް ނުވަތަcompanysecretary@mtcc.com.mvއީ-މެއިލް އަށް ފޮނުއްވުން ވަނީ އެދިފައެވެ.

ޑިރެކްޓަރުންގެ ޑިރެކްޓަރުކަމުގެ މުއްދަތަކީ 2019 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޙުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

އެލްޖީއޭ ބޯޑު ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފި

21 އެޕްރީލު 2017
އެލްޖީއޭ ބޯޑު ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފި
13 އެޕްރީލު 2017

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި
12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ
10 އެޕްރީލު 2017

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

10 އެޕްރީލު 2017
އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް