Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާއިން ފަރިތަކުރުންތައް ފެށުން

އަންނަ ހަފުތާގައި ފަރިތަކުރުންތައް ފެށޭތޯ މާޒިޔާއިން މަސައްކަތް ކުރަނީ

"ކޮވިޑް-19ގެ ހާލަތާއެކު ގައުމުން ބޭރަށް އަދި މާލެއިން ބޭރުގައިވެސް ކޭމްޕް ކުރެވޭނެ ގޮތެއް ނެތް"

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2020 | ބުރާސްފަތި 15:31
މީގެ ކުރިން މާޒިޔާއިން ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން: އަންނަ ހަފުތާގައި ފަރިތަކުންތައް ފަށަން ދަނީ ތައްޔާރުވަމުން

މީގެ ކުރިން މާޒިޔާއިން ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން: އަންނަ ހަފުތާގައި ފަރިތަކުންތައް ފަށަން ދަނީ ތައްޔާރުވަމުން

ކުރިއަށް އޮފް އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަރިތަކުންތައް އަންނަ ހަފުތާގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކްލަބުގެ އައު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ ކޮވިޑް-19 ގެ ހާލަތާއެކު ގައުމުން ބޭރަށް އަދި މާލެއިން ބޭރުގައިވެސް ކޭމްޕް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި, އެހެންކަމުން ހަމައެކަނި އޮތް ގޮތަކީ މާލޭގައި ފަރިތަކުންތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އެގޮތުން މާލޭގައި އަންނަ ހަފުތާގެ ބުދަ ދުވަހު ފަރިތަކުންތައް ފެށޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނައިރު، އެއްވެސް މައްސަލައެއް ދިމާނުވާނަމަ އެ ދުވަހު ފަރިތަކުންތައް ފަށާނެ ކަމަށްވެސް ބުންޏެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އަންނަ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ރާއްޖޭގައި ކުޅޭ ގޮތަށް ނިންމާފައިވާއިރު، މުބާރާތާ ދޭތެރޭ އަދި ވަގުތު ކުޑަ ނޫން ކަމަށް ނިޒާމްބެ ބުންޏެވެ.

ފަރިތަކުރުންތައް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވީ ނަމަވެސް، އެންމެ މުހިންމުވާނީ ކުޅުންތެރިންގެ ސިއްހަތު ކަމަށާއި، އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުގެ ލަފަޔާއެކު ނޫނީ ފަރިތަކުންތައް ނުފަށާނެ ކަމަށް ނިޒާމްބެ ބުންޏެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ވަރުގަދަ މުބާރާތަކާ ކުޅުންތެރިން ކުރިމަތިލާއިރު، އެންމެ ރަނގަޅު ހާލަތުގައި ކުޅުންތެރިން ނުތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެން ނަމަވެސް މިއީ ކުޅުންތެރިން ރިކަވަވާން ލިބުނު އެންމެ ގިނަ ދުވަސްތައް ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.

މާޒިޔާގެ ފަރިތަކުންތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ގައުމީ ޓީމުގައި މާޒިޔާގެ ގިނަ ކުޅުންތެރިން ތިބުމާއެކު، އެ ކުޅުންތެރިންނާއި ގައުމީ ޓީމުގައި ނުހިމެނޭ ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަން ތަފާތުތަކެއް ހުންނާނެ ކަމަށާއި، އެހެންކަމުން ސްކޮޑް ގެންގުޅެން ޖެހޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ނިޒާމްބެ ބުންޏެވެ.

އަދި މާޒިޔާއަކީ ވިނިންގ ކުލަބަކަށް ވާއިރު، އެ ކުލަބު ދެވަނަ ނުވަތަ ތިންވަނަ ބޭނުންނުވާނެކަން އެނގޭ ކަމަށާއި، އެހެން ކަމުން ހުރިހާވެސް ވިސްނުމެއް ގެންގުޅޭނީ ބޭނުންވާ ވިނިންގ ފޯމިއުލާއަށް ކުޅުންތެރިން ހާނުވަން ކަމަށް ޓީސީ ސްޕޯޓްސް ކްލަބަށް ލީގު ހޯދައިދިން ނިޒާމްބެ ފާހަގަކުރިއެވެ.

އޭއެފްސީ ކަޕްގައި މިހާތަނަށް ކޮންމެ ޓީމަކުން ވަނީ އެއް މެޗު ކުޅެފައެވެ. ބާކީ ކޮންމެ ޓީމަކަށް ފަސް މެޗު އޮތްއިރު، އަލުން ކުޅުންފަށާއިރު މާޒިޔާގެ ފުރަތަމަ މެޗަކަށް ވެގެންދާނީ ބަންގްލަދޭޝަގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ނިޒާމްބެ ބުނީ މާޒިޔާގެ ހުރިހާވެސް އަމާޒަކަށް ވެގެންދާނީ ގްރޫޕްގެ އެއްވަނަ ޓީމާ ދެކޮޅަށް ކުޅޭ މެޗު ކަމަށާއި، އެ މެޗު ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ މުބާރާތާ ދޭތެރޭ އުންމީދު ބޮޑު ވެގެންދާނެ ކަމަށެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ބަލިވެފައި ވަނީ 5-1 ގެ ނަތީޖާކުންނެވެ. އިންޑިއާގައި ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތިޖާއަކުން އެއްވަރުވެގެންނެވެ.

މުބާރާތުގައި އެންމެ ވަރުގަދަ ޓީމުތަކަށް ވެގެންދާނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ ކަމަށާއި، ޓީސީއާ ދެކޮޅަށް ކުޅޭ މެޗުތައް ފަސޭހަ ވެގެންދާނެ ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.

އަދި އޭއެފްސީ ކަޕް ރާއްޖޭގައި ކުޅެން ލިބުމަކީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިޔުމަށް ލިބިގެންދިޔަ އެންމެ ބޮޑު ފުރުސަތު ކަމަށާއި، ފުޓްބޯޅައިގައި ކޮންމެ ކުލަބެއްވެސް އެންމެ ބޮޑަށް ބަލާ އެއް ކަމަކީ ހޯމް އެޑްވާންޓޭޖް ކަމަށްވާއިރު، މި ފަހަރުގެ އޭއެފްސީ ކަޕްގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު