Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ހަރަކާތް

އިދިކޮޅު ލީޑަރުންނާއިމެދު ކުރާ ޝައްކު ފިލުވާލަން ޖެހޭ: އަސްލަމް

ރައީސް މައުމޫން ދެން ވެރިކަމަށް ކުރިމައްޗެއް ނުލައްވާނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 03:56
ކުރީގެ ހައުސިންގ އެންޑް އެންވާރަމަންޓް މިނިސްޓަރ މުޙައްމަދު އަސްލަމް

ކުރީގެ ހައުސިންގ އެންޑް އެންވާރަމަންޓް މިނިސްޓަރ މުޙައްމަދު އަސްލަމް

ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ މަޤުބޫލު 4 ލީޑަރުން އެކުގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އޭގެ ތެރެއިން ވަކިވަކި ލީޑަރުންނާއި މެދު އެކިއެކި ޝައްކު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، އެ ޝައްކު ފިލުވާލަން ޖެހޭ ކަމަށް ކުރީގެ ހައުސިންގ އެންޑް އެންވާރަމަންޓް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ މަޤުބޫލު 4 ލީޑަރުން އެކުގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އޭގެ ތެރެއިން ބައެއް ލީޑަރުން މި މަސައްކަތަށް ނުކުންނެވުމުގައި އަމިއްލަ އެދުންފުޅެއް އޮތްކަމަށް ބައެއް ފަރާތްތަކުން ޝައްކު ކުރާ ކަމަށާއި، ނަމަވެސް އެފަދައިން ޝައްކު ކުރަންވީ ސަބަބެއް ނެތް ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އަސްލަމް ވަނީ އިދިކޮޅު ލީޑަރުންގެ ތެރެއިން ޝައްކުގެ ވާހަކަތައް އެންމެ ބޮޑަށް އަމާޒުވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އަސްލަމް ވިދާޅުވީ، ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން، ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅުވުމުގައި އޮތީ އެންމެ ސަބަބެއް ކަމަށެވެ.

ރައީސް މައުމޫން ހަމަ ޔަޤީނުންވެސް ދެން ވެރިކަމަކަށް ކުރިމައްޗެއް ނުލައްވާނެ، ހަމައެކަނި އުމުރުގެ ގޮތުން ބެލިކަމުގަވިޔަސް. ރައީސް މައުމޫން އެމަނިކުފާނުގެ ކޮއްކޯފުޅުގެ ވެރިކަމެއްގާ، ރައީސް މައުމޫން ރައީސް ޔާމީނާ ދެކޮޅުވާން ޖެހޭނެ، އަމިއްލަ އެދުމެއްގަ ކުރާ ކަމެއް ކަމުގަ ވަންޏާ ދެކޮޅުވާން ޖެހޭނެ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ފެންނަނީ މި ޤައުމު ފާލުން ނެއްޓި، ކަންތައްތައް ގޯސްވެ، ހައްދުފަހަނަ އަޅާދާ މިންވަރަށް، އަޅުގަނޑުމެންގެ ތެރޭގަ ކޮރަޕްޝަން އަށަގަނެ، ކަންތައްތައް ރަނގަޅުކުރަން އެމަނިކުފާނަށް ފެނިވަޑައިގަތީމަ، އެއްބަފާ ކޮއްކޯފުޅާ އިދިކޮޅަށްވެސް، މި ނުކުންނެވީއޭ. ސިޔާސީ ގޮތުން، ދިމާ އިދިކޮޅަށް ބައެއް ކަންކަމުގަ، އަޅުގަނޑުމެންގެ ތެރޭގަ ވާހަކަ ދެއްކެވިފަ ތިއްބެވި އެހެން ލީޑަރުންނާ އެކީގަވެސް ނުކުންނެވީއޭ. ބޮޑުބޭބޭފުޅާ އިދިކޮޅަށް، އަޅުގަނޑަކަށް ނުފެނޭ ފާރިސް ނުކުންނަވަން ޖެހޭ ސަބަބެއް، މި ޤައުމަށްޓަކާ ނޫން ގޮތަކަށެއް. އެހެންވީމާ ޝައްކާ ވަހުމުގަ ތިބި މީހުން، އެބަޖެހޭ އަޅުގަނޑުމެން އެ ޝައްކު ފިލުވާލަން.

އަސްލަމް ވިދާޅުވީ، ރައީސް މައުމޫނާއި، ރައީސް މުހައްމަދު ނަޝީދާއި، ޤާސިމް އިބްރާހީމާއި ޝައިޚް އިމްރާން ޢަބްދުﷲ އެކުގައި މަސައްކަތް ކުރައްވާ މަންޒަރު ފެނިދާނެ ކަމަށް އެއްވެސް މީހަކު ހީވެސް ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް މިއަދު އެކަން ހަޤީޤަތެއްގެ ގޮތުގައި ފެންނަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން މިހާރު އެ ކުރައްވާ ގޮތަށް ވެރިކަން ކުރައްވާނަމަ، 2018 ގައި ރައީސް ޔާމީނަށް އެއްވެސް ފުރުޞަތެއް އޮތްކަމަށް ދެކި ނުލައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ޤާސިމް އިބްރާހީމާއި ޝައިޚް އިމްރާން ޢަބްދުﷲ އެކުގައި ނުކުންނެވުމުން، ދެން ރައީސް ޔާމީނަށް ހޯދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.

މި ހަތަރު ބޭފުޅުން އެކުގަ ނުކުމެ ވަޑައިގަތީމަ، ދެން ރައީސް ޔާމީނަކަށް، ވޯޓެއް ނުހޯއްދެވޭނެ. ހީފުޅު ނުކުރައްވާތި، އެކި ގޮތްގޮތުން، މަކަރާ ހީލަތުން، މުޅި ރާއްޖޭގެ ރައްޔިތުންގެ ވޯޓު ހޯދިދާނެ ކަމަށް. ނުހޯދޭނެ.

އަސްލަމް ވިދާޅުވީ، ރައްޔިތުން ތިބީ އިސްލާހީ މަސައްކަތް ހުއްޓާ ގޮތަށް ނޫން ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމާ، ޤައުމު ހަމަމަގަށް އެޅުވުމަށް އަބަދުވެސް ދިވެހިން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު