Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެރާން ޓޮރޭސް ސިޓީއަށް ބަދަލުވުން

ވެލެންސިއާ ދޫކޮށް ފެރާން ޓޮރޭސް ސިޓީއަށް

5 އޯގަސްޓު 2020 | ބުދަ 13:51

ޓޮރޭސް ސިޓީއަށް ބަދަލުވެފައިވަނީ 20.8 މިލިއަން ޕައުންޑުގެ އަގަކަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އޯގަސްޓު 2020 | ބުދަ 13:51
ވެލެންސިއާއަށް ކުޅުނު ޒުވާން ފޯވާޑް ފެރާން ޓޮރޭސް

ވެލެންސިއާއަށް ކުޅުނު ޒުވާން ފޯވާޑް ފެރާން ޓޮރޭސް

ވެލެންސިއާ ދޫކޮށް ޒުވާން ފޯވާޑް ފެރާން ޓޮރޭސް މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 20 އަހަރުގެ ފޯވާޑް ސިޓީއަށް ބަދަލުވެފައިވަނީ 20.8 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ ސިޓީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ސިޓީއަށް ބަދަލުވުމަށްފަހު ޓޮރޭސް ވަނީ ވެލެންސިއާގެ ކެޕްޓަން ޑެނީ ޕަރޭހޯއާ ދެކޮޅަށް ވާހަކަދައްކާފައެވެ. ޓޮރޭސް ބުނީ އޭނާ އާއި ޕަރޭހާއާ ދެމެދު ރަނގަޅު ގުޅުމެއް ނެތް ކަމަށާއި، ސިޓީއަށް ބަދަލުވާން އެއްބަސްވީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.

ޓޮރޭސް އިތުރަށް ބުނީ ސިޓީއަށް ބަދަލުވެވުމުން އުފާކުރާ ކަމަށާއި، އެކަމަކު ޅަ އުމުރުން ފެށިގެން ކުޅެމުން އައި ވެލެންސިއާ ދޫކޮށްލަން ޖެހުމުން އެކަމާ ހިތާމަވެސް ކުރާ ކަމަށެވެ.

ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެފައިވާ ޓޮރޭސް އަކީ ވެލެންސިއާގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. ސީނިއާ ޓީމާ 2017 ވަނަ އަހަރު ގުޅި އޭނާ ވަނީ މިހާތަނަށް 97 މެޗު ކުޅެދީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލް ކޮޅަށް ލަނޑު ޖަހައި އޭނާ ވަނީ އެ މުބާރާތުގައި ވެލެންސިއާއަށް ލަނޑެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަދި ނޮވެމްބަރު މަހު އެ ޓީމަށް ސްޕެނިޝް ލީގުގައި 50 މެޗު ހަމަކޮށް، އެ ޓީމަށް ލީގުގައި އެ އަދަދު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފުވެސް ވަނީ ހޯދާފައެވެ. އަދި ވަނީ ވެލެންސިއާ އާއެކު 2018-2019 ވަނަ އަހަރުގެ ސީޒަނުގެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

ސިޓީން ފެރާންގެ ސޮއި ހޯދިއިރު، މިއީ ކުރިއަށް އޮތް ސީޒަނަށް ސިޓީން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ. އެޓީމުން ދާދި ފަހުން ވަނީ ޖަރުމަންގެ ފޯވާޑް ލެރޯއި ސާނޭ ބަޔާން މިއުނިކަށް ވިއްކާލާފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް