Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮޅު ކުޅުންތެރިޔާގެ މަގާމު ޑިބާލާ ހޯދުން

އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޑިބާލާ

ޑިބާލާ ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 11 ލަނޑު ކާމިޔާބުކޮށް، 11 ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައި

އަތޫފް އާތިފް
އަތޫފް އާތިފް | 4 އޯގަސްޓު 2020 | އަންގާރަ 17:50
ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ

ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ

މި ސީޒަނުގެ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ ހޯދައިފިއެވެ.

އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބާލާ ހޯދީ އޭނާ އާއެކު ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

ޑިބާލާ ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 11 ލަނޑު ކާމިޔާބުކޮށް، 11 ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ. އަދި ޑިބާލާ ވަނީ ޔުވެންޓަސް އާއެކު މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބާލާ ހޯދިއިރު، އޭނާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ އާއި ރޮނާލްޑޯއެވެ. މީގެ ތެރެއިން އިމޮބެލީ ޔޫރަޕްގެ ބޮޑު ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ހޯދާފައެވެ. ލީގުގައި 36 ލަނޑު ހަމަކޮށް އިމޮބިލޭ ވަނީ އެއް ސީޒަނެއްގައި އިޓާލިއަން ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑާ އެއްވަރުކޮށްފައެވެ.

މީގެ އިތުރުން ރޮނާލްޑޯ މި ސީޒަނުގެ އިޓާލިއަން ލީގުގައި 31 ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދީފައެވެ. އޭނާ އޮތީ ރަން ބޫޓު ލިސްޓުގެ ތިންވަނައިގައެވެ.

ޔުވެންޓަސްއިން މި ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވާއިރު، މިއީ އެޓީމުން ޖެހިޖެހިގެން އިޓާލިއަން ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. އެއާއެކު ޔުވެންޓަސްއިން ވަނީ ޔޫރަޕްގެ ބޮޑު ފަސް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗު ލީގުގައި މިހާތަނަށް ޖެހިޖެހިގެން އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީމުގެ ޝަރަފު ހޯދާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު