Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް/ޕީއެންސީ ކޯލިޝަން

މެޑަމް ފާތުންގެ އަރިހުގައި ޑރ. ޖަމީލުގެ ޝަކުވާ ސައީދު ކުރައްވައިފި

މައިގަނޑު މައްސަލަ އަކީ ޑރ. ޖަމީލަށް ލިބޭ ސަމާލުކަން އިތުރުވުން

ރާއްޖެ އެމްވީ | 3 އޯގަސްޓު 2020 | ހޯމަ 09:40
ރައީސް ޔާމީންގެ އަނބިކަނބަލުންގެ އަރިހުގައި ސައީދު (ކ) ވަނީ ޑރ.ޖަމީލްގެ ޝަކުވާ ކުރައްވާފައި

ރައީސް ޔާމީންގެ އަނބިކަނބަލުންގެ އަރިހުގައި ސައީދު (ކ) ވަނީ ޑރ.ޖަމީލްގެ ޝަކުވާ ކުރައްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ އަރިހުގައި، ކުރީގެ ނައިބު ރައީސް އަދި މިހާރު ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ޖަމީލުގެ ޝަކުވާ، މާވަށު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރައްވައިފިއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި, މެޑަމް ފާތުން އާ ބައްދަލު ކުރައްވާ އެކަމަނާގެ އަރިހުގައި މާވަށު ދާއިރާގެ މެމްބަރު ސައީދު ކުރެއްވި މައިގަނޑު ޝަކުވާ އަކީ، ޑރ. ޖަމީލް ކަންތައް ކުރައްވަމުން ގެންދަވަނީ ހަމަ އެކަނި ޑރ. ޖަމީލަށް ސަމާލު ކަން ހޯއްދެވުމަށް ކަމަށާއި، އެހެން އެކަން ވުމުގެ ސަބަބުން އެހެން އެންމެންގެ މުހިންމު ކަން ކުޑަވެ، ސަޕޯޓަރުންގެ ތާއީދު ޑރ. ޖަމީލަށް އިތުރުވަމުން ދާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ.

Advertisement - newsAdvertisement

މި ޝަކުވާ އާ ގުޅިގެން މެޑަމް ފާތުން ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވަނީ، ރައީސް ޔާމީންގެ ޖަލުން މިނިވަން ކުރެއްވުމަށް ތެދު ނިޔަތުގައި މަސައްކަތް ކުރައްވާ ހަމައެކަނި ފަރާތަކީ ޑރ. ޖަމީލްކަން އެކަމަނާ ވެސް އަދި ޚުދު ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވާ ކަމުގައެވެ.

މެޑަމް ފާތުން، ކުރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ކަން ވެސް ކުރައްވާފައިވާ މުހައްމަދު ސައީދު އާ ދެއްކެވި ވާހަކަފުޅުގައި، ޑރ. ޖަމީލް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް ފާހަގަ ކުރައްވަމުން ވިދާޅުވީ، ރައީސް ޔާމީންގެ ލޯޔަރެއްގެ ހައިސިއްޔަތުން ޑރ. ޖަމީލް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްވެސް އަގެއް ނެންގެވުމެއް ނެތި ހިލޭ ސާބަހަށް ކަމުގައެވެ.

މެޑަމް ފާތުން ވިދާޅުވި ކަމަށްވަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރާ އެއްވެސް މީހަކު ތެދު ނިޔަތުގައި ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ދެކެވަޑައިގަން ނުގަންނަވާ ކަމުގައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ތެރޭގައި އިދިކޮޅު ލީޑަރުގެ ގޮތުގައި ތަމްސީލް ވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ކޯޅުންތައް ވަނީ އުފެދިފައެވެ. އަދި އެކަމުގައި ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން ގޯހުން ގޯހަށް ދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޑރ. ޖަމީލުގެ މަސައްކަތައް ރައީސް ޔާމީންގެ އަނބިކަނބަލުން ތައުރީފް ކުރައްވާ ވާހަކަފުޅު ދެއްކެވި އިރު، ރައީސް ޔާމީންގެ ނައިބު ރައީސް ކަމުން ޑރ. ޖަމީލް ދުރުކުރެވުނު ހިސާބުން ފެށިގެން، ޑރ. ޖަމީލް ފާހަގަ ކުރެވިފައިވަނީ ވަރަށް ފާޅުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހިތްޕުޅުގައި ޑރ. ޖަމީލްއާ މެދު ހިތްހަމަ ނުޖެހުން އޮތް ނަމަވެސް، ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަވަން ފެއްޓެވި ހިސާބުން ފެށިގެން، ޑރ. ޖަމީލު ތަމްސީލް ވަމުންދަނީ، އިދިކޮޅު ލީޑަރުގެ ގޮތުގައި ކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު