Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ރާއްޖޭގެ ހާލަތު

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން: ރައީސް

"މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ނުހަނު މުހިންމު"

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2020 | ހޯމަ 07:16
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު: ރައީސް ވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު: ރައީސް ވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވައި ހޯމަ ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް ބޯލެނބުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ، މި ކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ނުހަނު މުހިންމު ކަމަށާއި، އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާއިރު، އާދިއްތަ ދުވަހުވެސް ރާއްޖެއިން ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ފުރަބަންދަށް ލުއި ދިނުމުގެ މަރުޙަލާތަށް ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތައް އިތުރުވެފައިވާއިރު، ޕޮޒިޓިވްވާ ދިވެހިންގެ އަދަދުވެސް ދަނީ ނިސްބަތުން އިތުރުވަމުންނެވެ.

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫންކަން ރައީސް ފާހަގަ ކުރައްވާފައިވާއިރު، ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނި، ލޮކްޑައުން ކުރުމާއެކު، އެތައް ރައްޔިތުންނެއްގެ އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. އެގޮތުން އިގުތިޞާދީ ހަރަކާތްތައް ހުއްޓި، ވިޔަފާރިތަކަށް އަސަރުކުރުން ވެގެންދިޔައީ ސީދާ އާންމު ރައްޔިތު މީހާގެ ދިރިއުޅުމަށް އޭގެ އަސަރު ކުރުވި ކަމަކަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު