Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަތަންޔޫހާއަށް ދެކޮޅަށް ކުރާ މުޒާހަރާތައް

ނަތަންޔާހޫގެ ބަހުގެ ހަމަލާތައް، އިސްތިއުފާ އަށް ގޮވާ މުޒާހަރާކުރާ މީހުންނާއި މީޑިއާއަށް

ނަތަންޔާހޫ ވިދާޅުވެފައިވަނީ މީޑިއާ އިން ވަކިކޮޅަކަށް ބުރަވެ ތިބެ އޭނާގެ ޚަބަރުތައް ގެންނަކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އޯގަސްޓު 2020 | ހޯމަ 10:07
ނަތަންޔާހޫ އާ ދެކޮޅަށް އިސްރާއީލްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

ނަތަންޔާހޫ އާ ދެކޮޅަށް އިސްރާއީލްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން

އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އިސްތިއުފާ ދެއްވުމަށް އެތައް ހާސް ބަޔަކު އެ ގައުމުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން މުޒާހަރާ ކުރާ މީހުންނަށާއި މީޑިއާއަށް ނަތަންޔާހޫ ބަހުގެ ހަމަލާތައް އަމާޒުކުރައްވައިފިއެވެ.

ފަސް ވަނަ ދައުރަކަށް ބޮޑު ވަޒީރުކަން ކުރައްވަމުން ގެންދަވާ ނަތަންޔާހޫ ވިދާޅުވެފައިވަނީ މީޑިއާއިން ވަކިކޮޅަކަށް ބުރަވެ ތިބެ އޭނާގެ ޚަބަރުތައް ގެންނަ ކަމަށެވެ. ނަތަންޔާހޫއާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާތަކެއް ވެސް ވަނީ އުފުލާފައެވެ. ކަނާތުފިޔައިގެ ލިކިއުޑް ޕާޓީގެ ވެރިއަކަށް ވެސް ހުންނެވި ނަތަންޔާހޫގެ މައްޗަށް ތިން ދައުވާއެއް އުފުލިފައިވާއިރު ނަތަންޔާހޫ ގެންދަވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވަމުންނެވެ.

ނަތަންޔާހޫ ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ގޮތުން އެތައް ހާސްބަޔަކު އަންނަނީ ޖޭރުއްސަލަމްގެ މަގުތައްމަތީ ނަތަންޔާހޫ އާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރަމުންނެވެ. އެމީހުންގެ މައިގަނޑު ގޮވާލުމަކީ ނަތަންޔާހޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިޞާދަށް ވަމުންދާ ގެއްލުންތަކެވެ. އެތައް ބަޔެއްގެ ވަޒީފާތައް ގެއްލި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާއިރު އެކަންކަމުން އަރައިގަތުމަށް ނަތަންޔާހޫގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ ގިނަ ބަޔެއްގެ ނުރުހުން ނަތަންޔާހޫއަށް ވަނީ އަމާޒުވެފައެވެ.

ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާލާ މުޒާހަރާކުރާ މީހުންނާއި މީޑިއާ އާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ކެބިނެޓް ބައްދަލުވުމުގައި މުޒާހަރާތައް ސިފަކުރެއްވީ ޑިމޮކްރަސީ ހަލާކު ކޮށްލުމަށް ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައެވެ. މި ހަރަކާތްތަކަކީ މީޑިއާ އިން ހިތްވަރުދީގެން ކުރަމުންދާ ކަންތައްތަކެއް ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި މީޑީއާގެ މި އަމަލުތަކަކީ އުތުރު ކޮރެއާއިން ހިންގާ ފަދަ ވަކިކޮޅަކަށް ބުރަވެގެން ހިންގާ މީޑިއާ ހަރަކާތްތަކެއް ކަމަށް ނަތަންޔާހޫ ތުހުމަތު ކުރެއްވިއެވެ.

މުޒާހަރާ ކަވަރުކުރުމުގެ ބަދަލުގައި މީޑިއާ އިން މުޒާހަރާގައި ބައިވެރިވާ ކަމަށް ވެސް ނަތަންޔާހޫ ތުހުމަތުކުރެއްވިއެވެ. އުމުރުފުޅުން 70 އަހަރުގެ ނަތަންޔާހޫ ގެންދަވަނީ އެމަނިކުފާނާ ދެކޮޅަށް ކުރެވޭ މުޒާހަރާތައް ރޫޅާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މުޒާހަރާގައި ގިނައިން ބައިވެރިވަނީ ޒުވާނުން ކަމަށްވާއިރު އެންމެ ފަހުން ނެގިފައި ހުރި ޕޯލްތަކުގައި ވެސް ވަނީ ނަތަންޔާހޫއަށް އޮތް ތާއީދު ގެއްލެމުންދާކަން ހާމަވެފައެވެ.

މުޒާހަރާތަކާއި ދެކޮޅަށް ނަތަންޔާހޫ ވާހަކަފުޅު ދެއްކެވިނަމަވެސް ނަތަންޔާހޫގެ ކޯލިޝަން ޕާޓްނަރ ޑިފެންސް މިނިސްޓަރ ބެންނީ ގަންޓެޑް ވަނީ މުޒާހަރާތައް ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު