Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެސް

އިންޓަރ ސްކޫލް ޗެސް މުބާރާތް ހުކުރު ދުވަހު ފަށަނީ

މުބާރާތުގައި 8 ސްކޫލަކުން 155 ދަރިވަރުން ބައިވެރިވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 އެޕްރީލު 2017 | ބުދަ 18:11
ރާއްޖޭގެ ޖޫނިއާ ޗެސް ޓީމުގައި ހިމެނޭ ކުޅުންތެރިން

ރާއްޖޭގެ ޖޫނިއާ ޗެސް ޓީމުގައި ހިމެނޭ ކުޅުންތެރިން

މޯލްޑިވްސް ޗެސް ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ޗެސް މުބާރާތް 155 ދަރިވަރުންނާއެކު ހުކުރު ދުވަހު ހެނދުނު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ފެޑެރޭޝަނުން ބުނެފި އެވެ.

ޗެސް ފެޑެރޭޝަންގެ ރައީސް ނޫހު އަލީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ޗެސްގެ ވާދަވެރިކަން އިތުރުކޮށް ކިޔެވުމަށާއި ދަރިވަރުންގެ ވިސްނުން ތަނަވަސް ކުރުމުގެ ގޮތުން ބޭއްވޭ މުބާރާތެއް ކަމަށެވެ. އޭނާ ވިދާޅުވީ ކިޔަވަމުންދާ ދަރިވަރުން ޗެސް ކުޅުމުގެ ސަބަބުން އެ ދަރިވަރުންގެ ވިސްނުން ތޫނުވެ ކިޔެވުމުގައި ކާމިޔާބީއާ ހަމައަށް ދިއުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުން ހުކުރު ދުވަހު ހެނދުނު 9 ޖަހާއިރު ފަށާއިރު، މުބާރާތުގައި ހިމެނެނީ ޓީމް އިވެންޓް އެކަންޏެވެ. އެގޮތުން ޓީމު އިވެންޓް ކޮންމެ މެޗެއްވެސް ކުރިއަށްދާނީ 7 ރައުންޑު ހިމެނޭ ގޮތަށެވެ.

މިމުބާރާތުގައި 8 ސްކޫލަކުން ޖުމްލަ 155 ދަރިވަރުން ބައިވެރިވާ އިރު، 7 އުމުރުފުރާއަކުން ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަހަރުންދަށް، 10 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް، 18 އަހަރުންދަށް އަދި 20 އަހަރުންދަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ތިން ދަންފަޅިއަކަށް ކުޅުން ކުރިއަށްދާނެ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު