Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

އާސެނަލުން 14 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

1 އޯގަސްޓު 2020 | ހޮނިހިރު 19:20

ޗެލްސީ އަތުން އާސެނަލް މޮޅުވީ ފަހަތުން އަރައި 2-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އޯގަސްޓު 2020 | ހޮނިހިރު 19:20
އާސެނަލުން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ: މިއީ އެޓީމުން މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރު

އާސެނަލުން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ: މިއީ އެޓީމުން މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރު

ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް އާސެނަލް ހޯދައިފިއެވެ.

މި ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލް ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ފަހަތުން އަރައި 2-1 ން ޗެލްސީ ބަލިކޮށްގެންނެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާސެނަލާ ހަވާލުވި މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ހޯދި ފުރަތަމަ ކާމިޔާބީއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅު ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް އެހީއާއެކު މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗެވެ. މިއީ އެމެރިކާގެ ކުޅުންތެރިއަކު އެފްއޭ ކަޕްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ޗެލްސީން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް، އާސެނަލުން ފަހުން ވަނީ ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓު ކޮށްފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއަށް ޗެލްސީގެ ކެޕްޓަން ސެޒާ އެޒްޕަލިކުއެޓާ ކުރި ފައުލަކާ ގުޅިގެން ރެފްރީ އާސެނަލަށް ޕެނަލްޓީއެއް ދިންއިރު، މި ޕެނަލްޓީ އާސެނަލަށް ކާމިޔާބުކޮށްދިނީ އޮބާމަޔަންއެވެ.

މި މެޗުގައި އާސެނަލުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ނިކޮލަސް ޕެޕޭ ދިން ޕާހަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮބާމަޔަންއެވެ.

މި މެޗުގައި ޗެލްސީގެ ޕުލިސިޗް އާއި، އެޒްޕަލިކުއެޓާގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޕެޑްރޯ ރޮޑްރިގޭޒްއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

ޗެލްސީ ބަލިކޮށް އާސެނަލުން 14 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އާސެނަލެވެ. އަދި އާސެނަލުން ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށް އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުން ޖާގައެއް ހޯދާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް