Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓީނު ފެސިލީޓީއަށް ގެންދިއުން

ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުން ލަސްވަނީ މޫސުން ގޯސްވުމުން :ޑރ.ނަޒްލާ

ހޮނިހިރު ދުވަހު 91 މީހަކު ފެސިލިޓީއަށް ބަދަލުކުރެވުނު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 1 އޯގަސްޓު 2020 | ހޮނިހިރު 21:18
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް

ކޮވިޑް-19 ށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ނުގެންދެވި ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ނުގެންދެވި ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ފެސިލިޓީއަށް ގެންދިއުން ލަސްވާ ކަމަށް ބުނެ އާއްމުންގެ ޝަކުވާތައް ގިނަ ވެފައިވާއިރު، ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ދިމާވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ނަޒްލާ ވިދާޅުވީ ބައެއް ފަރާތްތައް ޕޮޒިޓިވްވުމަށްފަހު، އާއިލާ މީހުން ޓެސްޓުކުރުމަށް ފަހު އެ ފަރާތްތަކުގެ ނަތީޖާ ލިބުމުން ފެސިލިޓީއަށް ދާން އެދޭ ކަމަށެވެ. އެހެންކަމުން، އެ ހާލަތުގައި ފެސިލިޓީއަށް ނުގެންގޮސް މަޑުކުރާ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ހޮނިހިރު ދުވަހު 91 މީހަކު ފެސިލިޓީއަށް ބަދަލުކުރެވުނު ކަމަށެވެ.

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

މޫސުން ގޯސްވުމުން ބައެއް ސަރަހަދުތަކަށް ވައިޓް އެލާޓް ނެރެފި

01 ނޮވެމްބަރު 2017
މޫސުން ގޯސްވުމުން ބައެއް ސަރަހަދުތަކަށް ވައިޓް އެލާޓް ނެރެފި
07 އޮކްޓޯބަރު 2017

މޫސުން ތަންނުދޭތީ ރައީސް އިސްރަށްވެހިންނާއި އެކު ބާއްވާ ބައްދަލުވުން ކެންސަލް!

07 އޮކްޓޯބަރު 2017
މޫސުން ތަންނުދޭތީ ރައީސް އިސްރަށްވެހިންނާއި އެކު ބާއްވާ ބައްދަލުވުން ކެންސަލް!
04 އޮކްޓޯބަރު 2017

މޫސުން ގޯސް، ކަނޑުދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އިލްތިމާސްކޮށްފި

04 އޮކްޓޯބަރު 2017
މޫސުން ގޯސް، ކަނޑުދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އިލްތިމާސްކޮށްފި
13 ސެޕްޓެމްބަރު 2017

މޫސުން ގޯސްވެ ކަނޑު ގަދަވާނެ: މެޓް އޮފީސް

13 ސެޕްޓެމްބަރު 2017
މޫސުން ގޯސްވެ ކަނޑު ގަދަވާނެ: މެޓް އޮފީސް
07 ސެޕްޓެމްބަރު 2017

މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

07 ސެޕްޓެމްބަރު 2017
މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު