Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯގެ އަނބިކަނބަލުންވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައީސް ޚައިރް ބޮލްސޮނާރޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖުލައި 2020 | ހުކުރު 01:50
ބޮލްސޮނާރޯގެ އަނބިކަނބަލުން މިޝޭލް ބޮލްސޮނާރޯ- ރައީސް ބޮލްސޮނާރޯވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވާފައި

ބޮލްސޮނާރޯގެ އަނބިކަނބަލުން މިޝޭލް ބޮލްސޮނާރޯ- ރައީސް ބޮލްސޮނާރޯވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވާފައި

ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯގެ އަނބިކަނބަލުން މިޝޭލް ބޮލްސޮނާރޯވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ބްރެޒިލްގެ ރަސްމީ އިދާރާތަކާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރައީސް ބޮލްސޮނާރޯގެ ކެބިނެޓުގައިވެސް ހިމެނިވަޑައިގަންނަވާ މިޝޭލް ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި އެކަމަނާ މިހާރު ގެންދަވަނީ ފަރުވާ ހޯއްދަވަމުން ކަމަށާއި، ޙާލުކޮޅުވެސް ރަނގަޅުކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

މިޝޭލް ބޮލްސޮނާރޯ ޕޮޒިޓިވްވެފައިވަނީ ރައީސް ޚައިރް ބޮލްސޮނާރޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދެވުމަށްފަހު، ބަލިން ފަސޭހަވެވަޑައިގެންފައި ވަނިކޮށެވެ.

މިޝޭލް ޕޮޒިޓިވްވުމާއެކު، ރައީސް ބޮލްސޮނާރޯގެ ކެބިނެޓުން ޕޮޒިޓިވްވި ވަޒީރުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. އެގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ބްރެޒިލްގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަރކޮސް ޕޮންޓެސްއެވެ.

ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، އޭނާއަށް ބަލި ޖެހުނު ނަމަވެސް މާ ބޮޑު ކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ލޮކްޑައުން ކުރުމުން ގައުމުގެ އިގުތިސާދަށް ގެއްލުންވާ ކަމަށް ވިދާޅުވެ، ފުރަބަންދުގެ ހާލަތު އުވާލުމަށް ސަރަހައްދީ ގަވަރުނަރުންނަށް ހިތްވަރު ދެއްވާފައިވެއެވެ.

މީގެ އިތުރުން ބްރެޒިލްގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދަނިކޮށް، ބޮލްސޮނާރޯ ވަނީ މާސްކު އެޅުމާއި ގައިދުރު ކުރުމުގެ ގަވާއިދުތަކަަށް އަމަލު ނުކުރައްވާ ބޮޑެތި އެއްވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

ބްރެޒިލް އަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި 2.5 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ވައިރަސް ޖެހިގެން 90،000ށް ވުރެ ގިނަ މީހުން މިހާތަނަށް އައިއިރު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު