Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑޭ، ސަރުކާރޭ، ލޮކްޑައުނޭ ކިޔާނެ ކަމެއް ނެތޭ

ބައްޕަ ލޮކްޑައުން މުހިންމޭ ވިދާޅުވާއިރު، ދަރިފުޅު ހުންނަނީ މާސްކް ނާޅާ މީހުން ގޮވައިގެން ނުކުމެ ފިތި ބާރުވެގެން މަޖީދީމަގުގައި

ރާއްޖެ އެމްވީ | 30 ޖުލައި 2020 | ބުރާސްފަތި 09:55
ޕީޕީއެމް-ޕީއެންސީން އަންގާރަ ދުވަހުގެ ރޭ މަޖީދީމަގުގައި ބޭއްވި މުޒާހަރާގެ ބައިވެރިން ބޮނޑިވެގެން ތިބި އިރު އެމީހުންގެ ބޭރުން ފުލުހުން ވަށާލާފައި

ޕީޕީއެމް-ޕީއެންސީން އަންގާރަ ދުވަހުގެ ރޭ މަޖީދީމަގުގައި ބޭއްވި މުޒާހަރާގެ ބައިވެރިން ބޮނޑިވެގެން ތިބި އިރު އެމީހުންގެ ބޭރުން ފުލުހުން ވަށާލާފައި

ކޮވިޑް 19 ގެ ބަލީގެ ކަންކަން އަނެއްކާވެސް ބޮޑުވާން ފަށައިފިއެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިއުލާނު ކުރާއިރު ދަނީ ސިއްސައިގެންނެވެ. މިހިސާބުން އެއްބަޔަކު ލޮކްޑައުން އަކަށް ދިއުމަށް އެދި ހަރު އަޑުން ގޮވަން ފަށައިފިއެވެ. އަނެއް ބަޔަކު ބުނަނީ ހޯހޯއެވެ. ލޮކްޑައުން އަކަށް ހިނގައްޖެނަމަ، އިގްތިސާދު ފުނޑި އިތުރު މައްސަލަތައް ދިމާވާނެ ކަމުގައެވެ. އެކަން އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމުގައެވެ.

ވައިރަހަށް ފައްސިވާ މީހުން ގިނަވެގެން ކަންބޮޑުވާ މީހުން ބުނަނީ ހޮސްޕިޓަލުތައް ފުރި ފަރުވާ ނުދެވޭ ހިސާބަށް ހިނގައްޖެ ނަމަ ފަތުރުވެރި ކަމުގެ ހައި ސީޒަން އޮކްޓޯބަރު މަސް ހިސާބުގައި ފެށޭ އިރު، ރާއްޖެއަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމުގައެވެ.

ހަމަ މިހެން ބުނެ ނުނިމި އުޅެނިކޮށް ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ނުދީގެން ކަމާބެހޭ އެސޯސިއޭޝަނުން ނެރެފައި އޮތް ބަޔާނެއް ފެނިއްޖެއެވެ. އެމީހުން ބުނަނީ ގެސްޓްހައުސްތައް ހުޅުވުން ލަސްކޮށްފިނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމުގައެވެ. ގެސްޓް ހައުސްތައް ހިންގާ މީހުން ބޭނުންވަނީ އަވަހަށް ފަތުރުވެރިން މީހުން އުޅޭ ރަށްރަށަށް ގެންގޮސް އާމްދަނީއެއް ވަންނާނެ ގޮތެއް ހަދާށެވެ.

ރިސޯޓްތައް ހިންގާ މީހުންވެސް ބުނަނީ ރިސޯޓުތައް ބަންދުކޮށްގެން ލިބެމުންދާ ގެއްލުން، އަދަދު ނުކުރެވޭހާވެސް ބޮޑު ކަމުގައެވެ.

ދިވެހިންގެ ތެރޭގައި ކަންކަން ހިންގަން ހުންނަ ވެރިޔަކު ހަމަ ރަނގަޅަށްވެސް މޮޔަވާނެއެވެ. އަޑުއަހަންވީ ކާކު ބުނާ ކޮންވާހަކައެއްކަން، ހެޔޮ އެދިގެން ރަނގަޅު އެއްޗެއް ބުނަނީ ކާކުކަން ނޭނގޭ ހިސާބަށް އޮޅުން ބޮޅުން ހަމަ ހަގީގަތުގައިވެސް ބޮޑުވާނެއެވެ.

ބަލި ކޮންޓްރޯލް ނުވެގެން މިއުޅެނީ ސަރުކާރުން ލޮކްޑައުން ނުކޮށްގެންނޯލައެވެ. އެކަމަކު، ހެއްވާ ކަމަކީ، އަމިއްލަ އިޚްތިޔާރުގައި ނުކުމެ، ގައިގޯޅިވެ، ސައިހޮޓާތަކާ ކެފޭތަކުގައި ތުންގުޅުވާ ގްރޫޕް ހަދާ އެ ތިބެނީއެވެ. ފޫޓެއް ހަމަ ނުވާ ގާތް މިނުގައި ދެމީހުން މޭޒުގެ ދެކޮޅުގައި ތިބެ އޮލަ ވާހަކަ ދައްކާއިރު، އަނގަޔައާއި ނޭފަތް ނިވާކުރަން އަޅަން ބުނި މާސްކް އޮންނަނީ ދަތްދޮޅި ދޮށަށް ސޮއްސާލާފައެވެ. މިއީ ދެން ބޮލުގައި ތެތްކަމެއް ނެތް ޅަކުދިން ވީމާ އުޅޭ ގޮތް ކަމަށް ދެކި ފުއްދާލަފާނެއެވެ. އެކަމަކު ހަރު، ބޮލުގައި ކުލަލުމުންވެސް ނުރަ ހުރިކަން ހާމަވާ ވަރުގެ ބޮޑެތި ސިންގާ ސިޔާސީ ވެރިންނޭ މިކިޔާ މީހުން އެކަކު އުނގުގައި އަނެކަކު އިށީދެ، އަޑުގެ ނެތްތާކަށް ހަޅޭލަވަމުން އަޑުގަދަ ކުރަމުން މުޒާހަރާ ކުރަންވެސް ނުކުންނަނީއެވެ. ފޭސް މާސްކް އަޅާނެ މީހަކު އަޅައިގެން ނާޅާނެ މީހަކު ނާޅާ ކުޅުބުރުވަން އެހަރަގެން އުޅެނީއެވެ. ލޮކްޑައުން ނުކޮށްގެން ކަންބޮޑުވެގެން ބައްޕާފުޅު ގެކޮޅުގައި ހުންނަވާ ވާހަކަފުޅު ދައްކަވާ އިރު ދަރިކަލުން މިހުންނެވީ ހަވަރު ގޮވައިގެން ނުކުމެ މަޖީދީ މަގު ޗާނދަނީ މަގު ކަންމަތީގައެވެ. ކޮރޯނާ ވައިރަހަކާ ކޮރޯނާ ވައިރަހެކެވެ.

ބަފައިގެ ބަސް ދަރިންވެސް ނާހާ ޒަމާންވީމާ، ދެން ވަކި ސަރުކާރުން ބުންޏޭ ކިޔާފައި މި މީސްމީހުން ބަލި ފެތުރުން ހުއްޓާން ގޭގައި ތިބޭނެ ހެއްޔެވެ؟ އަމްދުން މި މީހުންނަށް ރަނގަޅީ ދުވަހަކު މި ބަލިން ރާއްޖެ އަރައިނުގަތިއްޔާ ތޯއްޗެކެވެ. އޭރުން ދިވެހިން ނިކަމެތިވެ، ބަނޑަށް ޖެހި، ރުޅި ގަދަވެ މަގުމައްޗަށް ނުކުމެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާނެ މީހުން މާގިނަވާނެތާއެވެ. ބަޔަކު މަރާފައިވެސް ވެރިކަމަށް އަރަން އެތިބީ ބޫތު ކައިފައެވެ. އިއްޔެ މެންދުރާ ހަމައަށް އެއްކަލަ ބޮޑު ގޮނޑިކޮޅުގައި ތިބެ، ދައުލަތުގެ ޚަޒާނާއިން މުއްޖަހާފައި ނެގި ލާރިތަކުގެ މަތިން ހަދާންވެ ކެތްތެރިކަން ކޮޅުންލަނީ ކަމަށް ވެދާނެއެވެ.

އެކަމަކު މަގުމަތީގައި އުޅޭނެހާ ގޮތަކަށް އުޅެ، ޖަހާނެ ސަކަރާތެއް ޖަހާފައި، މީހުންގެ މޫނަށް ކުޅު ބުރުވާ ތަންތާނގައި އުޅެފައި ގޮސް ގެއަށް ވަންނަ އިރު، ގޭގައި އިންނަ މުސްކުޅި މަންމަ އާއި ބައްޕަ އަށް މި ބަލީގެ ނުރައްކާ އޭނާގެ ފުށުން ފޯރައިފިނަމަ ދެން އެ ގޯސްވީ ލޮކްޑައުންނެވެ. ސަރުކާރެވެ. އަޖައިބެކެވެ.

މިދިޔަ މާޗު މަހުން ފެށިގެން މުޅި ގައުމު ތަޅުލައިގެން ތިބެ ކޮރޯނާ ވައިރަހެއްގެ ވާހަކަ ނޫން ވާހަކަ އެއް ގައިމު ދައްކަމުންނެއް ނުދެއެވެ. ޓީވީ އަކަސް ރޭޑިއޯ އަކަސް ނޫހަކަސް މުޅިންވެސް ކޮރޯނާ ވައިރަހެވެ. އެ ހުރިހާ އެއްޗަކުން އެ އައިހާ މައުލޫމާތު އެކަކު އެއްތާ އިނދެ އަޑު އެހިނަމަ އެނާ އަށް ޕީއެޗްޑީ ހެދޭ ވަރަށް ހުންނާނީ ކޮރޯނާ ދަސްވެފައެވެ. އެވަރަށް މިކަމުގެ މައުލޫމާތު ފޯރުކޮށްދީފިއެވެ. މިހާރު ދެން މި ވައިރަހާ ބެހޭ ގޮތުން ކުޑަ ކުއްޖަކަސް ބޮޑު މީހަކަސް ނޭނގިގެން މިއުޅެނީ ކޮން އެއްޗެއް ބާވައެވެ؟

ފޯނު ކިތަންމެ އަވަހަކަށް ބަލާލިއަސް މީހަކަށް ގުޅާލިޔަސް ހަމަ ކޮރޯނާ ކޮރޯނާ އެހުންނަނީ އަޑުކަނޑައިގެން ނުގޮސް އިވި އިވިއެވެ. ސަރުކާރުން ލައްކަ ހިތްވަރު ކޮށްފިއެވެ. ހޭލުންތެރި ކުރުވައިފިއެވެ. ސާމްޕަލް ނެގުމާއި، ޓެސްޓް ހެދުމާއި، މީހުން ފާހަގަ ކުރުމާއި، އެކަހެރި ކުރުމާއި، ފަރުވާ ކުރުމާއި، ދެން މިހެން ގޮސް އެންމެހާ ކަންކަން ސަރުކާރުން ކޮށްފިއެވެ. ބަލި ޖެހޭ ގޮތާއި ބަލިން ރައްކާތެރިވެގެން އުޅޭނެ ގޮތް ކިޔައިދީފިއެވެ. ދެން ކުރާނެހާ ކަމެއް ކޮށްފައި، އުޅޭނެހާ ގޮތަކަށް އުޅެފައި، ޖަހާނެހާ ސަކަރާތެއް ޖަހާފައި، ބަލި ފެތުރެނީއޭ، ސަރުކާރޭ، ލޮކްޑައުނޭ ކިޔާނެ ކަމެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު