Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު 1441

ކޮވިޑްގެ ހާލަތުގައި ހައްޖުގެ އަޅުކަން ކުރިއަށް

30 ޖުލައި 2020 | ބުރާސްފަތި 07:56

ހައްޖުގެ އަޅުކަން ކުރިއަށްދާއިރު މިހާތަނަށް 272,590 މީހުންނަށް ކޮވިޑް ބަލި ސައުދީގައި ޖެހިފައިވޭ

ރާއްޖެ އެމްވީ | 30 ޖުލައި 2020 | ބުރާސްފަތި 07:56
ހައްޖުވެރިން ގައިދުރުކަން ބަހައްޓައިގެން އުޅުމާ މާސްކް އެޅުން މަޖުބޫރުކޮށްފައިވޭ

ހައްޖުވެރިން ގައިދުރުކަން ބަހައްޓައިގެން އުޅުމާ މާސްކް އެޅުން މަޖުބޫރުކޮށްފައިވޭ

ކޮވިޑް-19ން ރައްކާތެރި ވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު ކުރިއަށްދާ ހައްޖުގެ އަޅުކަމުގައި މިއަދީ އެންމެ މުހިންމު ދުވަސް ކަމުގައިވާ އަރަފާތު ދުވަހެވެ.

ހައްޖުގެ އަޅުކަން ފެށީ ބުދަ ދުވަހު ތަވާފުލް ގުދޫމުންނެވެ. އޭގެ ފަހުން ސައުޔު ކުރުމަށްފަހު މައްކާ އާ ހަތް ކިލޯމީޓަރު ދުރުގައިވާ ފޭލިގެ ސިޓީގެ ގޮތުގައި މަޝްހޫރު ވެފައިވާ މިނާ އަށް ހައްޖުވެރިން ދަތުރު ފެށިއެވެ.

ތަވާފުލް ގުދޫމް އާއި ސައުޔު ކުރުމުގައި ހައްޖުވެރިން ގައިދުރުކަން ބެހެއްޓުމާއި، ރައްކާތެރި ކަމުގެ ގޮތުން ސައުދީ ސަރުކާރުން ދީފައިވާ އިރުޝާދުތަކާ އެއްގޮތައް ކަންކަން ކޮށްފައި ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމުރާއާ ބެހޭ ވަޒީރުގެ ނައިބު ޑރ އަބްދުލް ފައްތާހް ހާމަ ކުރައްވާފައިވެއެވެ.

ސިއްހީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ކޮންމެ ފަންސާސް ހައްޖުވެރިއަކަށް 50 ހެލްތު ލީޑަރުން ސައުދީން ވަނީ ހަމަޖައްސާފައެވެ.

އަޅުކަމުގެ ކަންކަން ހިންގާ ސަރަހައްދުތައް ސްޓެރެލައިޒް ކުރުމުގެ މަސައްކަތް ހަރަކާތް ފެށުމުގެ ކުރިންނާއި ނިމުމަށްފަހު ކުރިއަށް ގެންދެއެވެ.

ހުރިހާ އިރެއްގައިވެސް ހައްޖުވެރިންނަށް މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

ހައްޖުގެ އަޅުކަން ފެށީ ކޮންމެ މީހަކުވެސް މައްކާގައި ހަތަރު ދުވަހު ކަރަންޓީނުގައި ހުރުމަށްފަހުގައެވެ. މައްކާގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމުގެ ކުރިން އެމީހަކު ދިރިއުޅޭ ތަނެއްގައި ހަފްތާއެއް ވަންދެން އެކަހެރިކޮށް ހުންނަން ޖެހޭ ގޮތައްވެސް ސައުދީން އޮތީ އަންގާފައެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ ހައްޖުގެ ތެރޭގައި ކޮވިޑް ރޯގާ ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނޭ ކަމުގައެވެ.

ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ސައުދީ ސަރުކާރުން މިއަހަރު ހޮވި ދިހަހާހެއްހާ މީހުން ހައްޖަށް އިހްރާމް ބަނދެ ނިޔަތްގަތީ މީގާތު އަލް ސައިލް އަލް ކަބީރު ނުވަތަ ވާދީ މުހައްރަމް އިންނެވެ.

ކީރިތި ރަސޫލާ ހައްޖުގެ އަޅުކަން އަދާކުރެއްވި ގޮތުގެ މަތިން ބުދަ ދުވަހާއި ބުދަ ދުވަހުގެ ރޭ މިނާގައި ހައްޖުވެރިން ހޭދަ ކުރިއެވެ. މިނާގައި ހޭދަ ކުރާ ދުވަހަކީ ތަރުވިޔާ ދުވަސް ނުވަތަ ކަރުހިއްކުން ފިލުވުމުގެ ދުވަހުގެ ގޮތުގައި އާއްމުކޮށް ކިޔާ ދުވަހެވެ.

ޓެންޓް ސިޓީގެ ގޮތުގައި މިނާ މަޝްހޫރުވެފައި އޮތްނަމަވެސް، މިފަހަރު ހައްޖުވެރިން މިނާގައި ތިބީ ސައުދީ ސަރުކާރުން ހަމަޖެއްސި އިމާރާތްތަކުގައެވެ. ހައްޖުވެރިންނަށް ތަންތާ ތިބޭ އިރުގަޔާއި ދަތުރުމަތީގައި އުޅޭ އިރުވެސް ކެއުމުގެ ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ވެސް ސައުދީ ސަރުކާރުގެ ފަރާތުންނެވެ.

މިނާގައި ތިބެ، މާތްﷲ ގެ ހަޒްރަތައް ހައްޖުގެ އަޅުކަން ޚާލިސް ކުރުމުގެ ނިޔަތް އާކޮށް، ރެޔާއި ދުވާލު ދުއާ ކުރުމުގައި ތިބުމަށްފަހު، ހައްޖުވެރިން ފުރީ އަރަފާތަށް ދިއުމަށެވެ.

އަރަފާތައް ހައްޖުވެރިން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ސަރުކާރުން ހަމަޖައްސާފައިވާ ބަސްތަކުގައެވެ. މިނާ އިން ހައްޖުވެރިން ނަމިރާ މިސްކިތްތުގައި ހައްޖު ދުވަހުގެ ޚުތުބާ އަޑުއެހުމަށްފަހު މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ކުރުމަށްފަހު އޭގެ ފަހުގައި ވުގޫފް ފުރިހަމަ ކުރާނީ ޓެންޓުތަކުގައި ކަމަށް ސައުދީ ވަނީ ހާމަކޮށްފައެވެ.

ސިއްހީ މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ހާޖީން އަރަފާތައް އަންނަންވާއިރަށް އަރަފާތުގެ ކްލިނިކްތަކާއި ހޮސްޕިޓަލުތަކާއި އައިސީޔޫތައް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ. އަރަފާތާއި މުޒްދަލިފާގައި މޮބައިލް ހޮސްޕިޓަލްތައް ހަރަކާތްތެރިވަމުން ދާނެ ކަމަށްވެސް ބުނެފައިވެއެވެ. ސައުދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި ތަރުވިޔާ ދުވަހާ ހަމަހަމަށް ކޮވިޑް-19 ގެ ބަލި އެއްވެސް ހައްޖުވެރިއެއްގެ ގައިން ފެނިފައެއް ނުވެއެވެ.ސައުދީ ސަރުކާރުން ކަނޑައެޅި ޚާއްސަ ޝަރުތުތަކެއް ފުރިހަމަވާ ނިސްބަތުން ވަރަށް މަދު ބަޔަކަށް ހައްޖުގެ ފުރުސަތު މިއަހަރު ދިނުމުގެ އެންމެ ބޮޑު ސަބަބަކީ ކޮވިޑް19 ގެ ނުރައްކާ ހައްޖުގެ އަޅުކަމުގެ ތެރޭގައި ބޮޑުވެގެން ނުދާނެ ގޮތެއް ހެދުން ކަމުގައި ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އުމުރާ ކުރުމަށް ސައުދީ އަށް ދަތުރުކުރން އަދިވސް އޮތީ މަނާކޮށްފައެވެ. މަދު ބަޔަކު ބައިވެރިކޮށްގެން ހައްޖުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސައުދީ ސަރުކާރުން ނިންމީ ޖޫން މަހުގެ ތެރޭގައެވެ.

މިއަހަރުގެ ހައްޖުވުމަށް ހޮވާފައިވަނީ އެކި ގައުމުތަކަށް ނިސްބަތްވާ ސައުދީގައި ދިރިއުޅޭ މީހުންނެވެ. މިގޮތުން ހޮވުނު މީހުންގެ ތެރޭގައި 160 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. ހާޖީންގެ ތެރެއިން 70 އިން ސައްތަ އަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް ވާއިރު އަނެއް 30 އިން ސައްތަ ހާޖީންނަކީ ސައުދީ ރައްޔިތުންނެވެ.

ހައްޖަކީ އެކަމަށް ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު އަދާ ކުރުމަށް ކަނޑައަޅާފައވާ ދީނުގެ ފަސްވަނަ ރުކުނެވެ.

ބަލިން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށްދާއިރު މިހާތަނަށް 272,590 (ދެލައްކަ ހަތްދިހަ ދެހާސް ފަސްސަތޭކަ ނުވަދިހަ) މީހުންނަށް ކޮވިޑް ބަލި ސައުދީގައި ޖެހިފައިވެއެވެ. ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 41،205 (ސާޅީސް އެއްހާސް ދުއިސައްތަ ފަހެއް) ގައެވެ. ދެހާހަހަށް ވުރެ ގިނަ މީހުން ސީރިއަސް ހާލަތުގައި ތިބި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2017

މިޔަންމާގެ އަސްކަރިއްޔާއަށް އިންތިހާއަށް ފާޑުކިޔުން އޮތަސް އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ އާއި ދެމެދު ބާއްވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ

29 ސެޕްޓެމްބަރު 2017
މިޔަންމާގެ އަސްކަރިއްޔާއަށް އިންތިހާއަށް ފާޑުކިޔުން އޮތަސް އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ އާއި ދެމެދު ބާއްވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ
18 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ކުރިއަށް ގެންދާ ނަމަ އެގައުމު "ނައްތާލަން ޖެހިދާނެ": އެމެރިކާ

18 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ކުރިއަށް ގެންދާ ނަމަ އެގައުމު "ނައްތާލަން ޖެހިދާނެ": އެމެރިކާ
14 ސެޕްޓެމްބަރު 2017

އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް

14 ސެޕްޓެމްބަރު 2017
އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް
28 އޯގަސްޓު 2017

ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!

28 އޯގަސްޓު 2017
ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!
23 އޯގަސްޓު 2017

ހައްޖުގެ މުނާސަބަތުގައި ސްޓޭމްޕެއް ނެރެފި

23 އޯގަސްޓު 2017
ހައްޖުގެ މުނާސަބަތުގައި ސްޓޭމްޕެއް ނެރެފި
19 ޖުލައި 2017

އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު

19 ޖުލައި 2017
އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް