Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓިބޮޑީ ޓެސްޓު ހެދުން

އެންޓިބޮޑީ ޓެސްޓު ނުހެދުމަށް އަންގައިފި

30 ޖުލައި 2020 | ބުރާސްފަތި 07:45

ނެޝަނަލް ސަރވެއިލަންސް އެންޑް ރެސްޕޮންސް ނިޒާމާ އެއްގޮތަށް ކަންތައް ކުރުމަށް އެދުނު

އަލީ ސަމާޚް
އަލީ ސަމާޚް | 30 ޖުލައި 2020 | ބުރާސްފަތި 07:45
ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ

ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ

ކޮވިޑް-19 އާ ޖެހިފައި ހުރިތޯ ބަލަންވެގެން ހަދާ އެންޓި ބޮޑީ ޓެސްޓު ނަހަދަން ހެލްތް މިނިސްޓްރީން އަންގައިފިއެވެ.

ހެލްތް މިނިސްޓްރީން ބުދަ ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ކޮވިޑު ދެނެގަތުމަށް ޓެސްޓު ހެދުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށާއި ބަލިދެނެގަނެ ފަރުވާގެ ކަންތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަނޑައެޅިފައިވާ ނެޝަނަލް ސަރވެއިލަންސް އެންޑްރެސްޕޮންސް ނިޒާމުގައި ކަނޑައަޅާގޮތުގެ މަތިން ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ދެނެގަތުމަށް ހަދާ ޓެސްޓެކީ ޕީސީއާރް ޓެސްޓެވެ. ހެލްތް މިނިސްޓްރީގެ ބަޔާނުގައި ބުނީ، ޕީސީއާރު ޓެސްޓު ހެދޭނީ ނެޝަނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ، އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުން ކަމަށެވެ.

ޕީސީއާރް ޓެސްޓް މިހާރު ހަދަމުންދަނީ ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ލެބޯރޓްރީތަކުގެ އިތުރުން މިނިސްޓްރީން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައެވެ. މިނިސްޓްރީން ބުނީ، އެންޓިބޮޑީ ޓެސްޓަކީ ކޮވިޑް-19 ގެ ސަރވެއިލަންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫން ކަމަށެވެ.

ނަމަވެސް ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން އެންޓިބޮޑީ ޓެސްޓު އަމިއްލައަށް ހަދަމުން ގެންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ހެލްތް މިނިސްޓްރިން ބުންޏެވެ. އަދި އެންޓިބޮޑީ ޓެސްޓު ހަދައި ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުންދާ ކަމުގައިވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދައިން ކަންތައް ނުކުރުމަށް މިނިސްޓްރީން އެދެއެވެ.

އެންޓިބޮޑީ ޓެސްޓު ހަދަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވޭނީ އެޗްޕީއޭ އިން ހަމަޖައްސާ އުސޫލެއްގެ މަތިން ކަމަށް ހެލްތުގެ ބަޔާނުގައި ބުންޏެވެ. ރިސާޗް ބޭނުމަށް އެންޓިބޮޑީ ޓެސްޓު ހަދާނަމަ އެ މިނިސްޓްރީގެ ހެލްތް ރިސަރޗް ކައުންސިލަށް ހުށައަޅައިގެން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
10 މާރިޗު 2017

ރައީސް މައުމޫންގެ އޮފީހުގައި ދިވެހި ދިދަ ނުނެގޭނެ ކަމަށް ފުލުހުން އަންގައިފި

10 މާރިޗު 2017
ރައީސް މައުމޫންގެ އޮފީހުގައި ދިވެހި ދިދަ ނުނެގޭނެ ކަމަށް ފުލުހުން އަންގައިފި
08 މާރިޗު 2017

ރައީސް މައުމޫންގެ ބޮޑީ ގާޑުންނަށް ނުފުރޭނެ ކަމަށް އަންގައިފި

08 މާރިޗު 2017
ރައީސް މައުމޫންގެ ބޮޑީ ގާޑުންނަށް ނުފުރޭނެ ކަމަށް އަންގައިފި
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް