Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

ހޯމަ ދުވަހު ޕޮޒިޓިވްވީ 67 މީހުން، 43 މީހުންނަކީ ދިވެހިން

އޭގެ ތެރެއިން 43 މީހުންނަކީ ދިވެހިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖުލައި 2020 | ހޯމަ 17:17
ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަނީ، މިފަހަކަށް އައިސް ފެންނަ ކޭސްތައް ވަނީ އިތުރުވެފައި

ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަނީ، މިފަހަކަށް އައިސް ފެންނަ ކޭސްތައް ވަނީ އިތުރުވެފައި

ރާއްޖެއިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޯމަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ކުރި ޓްވީޓެއްގައި ބުނީ، ހޯމަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 43 މީހުންނަކީ ދިވެހިން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އޭގެ އިތުރުން، ބަންގްލަދޭޝްއަށް ނިސްބަތްވާ 14 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 6 މީހެއްގެ އިތުރުން، އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހަކާއި، އެމެރިކާ ރައްޔިތަކުވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3369ށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ، ހޯމަ ދުވަހު އިތުރު 13 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2547ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 792އެވެ.

އޭގެ އިތުރުން، މިވަގުތުވެސް 602 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފަހަކަށް އައިސް ފެންނަމުންދާ ކޭސްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ދިވެހިން ދަނީ ޕޮޒިޓިވްވަމުންނެވެ. ޚާއްސަކޮށް ފުރަބަންދަށް ލުއި ދިނުމުގެ 3 ވަނަ މަރުޙަލާ ފެށި ފަހުން ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

އޭގެ އިތުރުން، ރާއްޖޭގެ ބޯޑަރ ހުޅުވިފަހުން ފުރަތަމަ ފަހަރަށް ފަތުރުވެރިއަކު ޕޮޒިޓިވްވެފައިވާއިރު، ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާ ރައްޔިތަކީ އޭނާއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު