ކ. މާލެ
|
27 ޖުލައި 2020 | ހޯމަ 22:19
ކުރީ ސަރުކާރުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފުލެޓްތައް؛ މި ޕްރޮޖެކްޓަކީވެސް އެ ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ޕްރޮޖެކްޓަކަށްވުން އެކަށީގ
ކުރީ ސަރުކާރުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފުލެޓްތައް؛ މި ޕްރޮޖެކްޓަކީވެސް އެ ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ޕްރޮޖެކްޓަކަށްވުން އެކަށީގ
މުހައްމަދު ފަޒީން
ހިޔާ ފުލެޓުގައި ހުރި މައްސަލަތައް
ހިޔާ ޕްރޮޖެކްޓުގެ ތޮއްޖެހުން މާލޭގެ އެއްވެސް ހިސާބަކަށްވުރެ ހަތް ގުނަ އިތުރު!
 
މި މަޝްރޫޢުގެ ޑެންސިޓީ އާއި ޑިޒައިންއަށް ބަދަލުގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް
 
މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިލުމަށް ގެއްލުނު ފުރުސަތެއް
 
އަގުހެޔޮ ސޯޝަލްހައުސިންގ އުސް އިމާރާތްތަކުގައި ހެދުމަކީ ފެއިލްވެފައިވާ ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމަރާތްކޮށްފައިވާ 7,000 ފުލެޓްގެ ހިޔާ ޕްރޮޖެކްޓުގެ ޑެންސިޓީ ދުނިޔޭގެ ނިސްބަތުން ތޮއްޖެހިފައިވާ މާލޭގެ އެއްވެސް ހިސާބަކަށްވުރެ 7 ގުނަ އިތުރުކަމަށް އާކިޓެކްސްޓްސް އެސޯސިއޭޝަން މޯލްޑިވްސް އިން ބުނެފިއެވެ.

ހިޔާ ފުލެޓްގެ ބެލުމަށްފަހު އެ އެސޯސިއޭޝަނުން އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައިވަނީ ގާތްގަނޑަކަށް 40،000 މީހުންގެ އާބާދިއެއް އުޅޭނެކަމަށް ބެލެވޭ ހިޔާ ޕްރޮޖެކްޓުގެ ޑެންސިޓީ މާލޭގެ އެއްވެސް ހިސާބަކަށްވުރެ 7 ގުނަ އިތުރުކަމަށް ފާހަގަކުރެވޭއިރު މިތަނުގައި މައިގަނޑު ގޮތެއްގައި ދިރިއުޅުން ފިޔަވައި އެހެން ޚިދުމަތެއް ނުހިމެނޭ ކަމަށެވެ. އަދި މިފަދަ މަތީ ޑެންސިޓީއެއްގައި އަގުހެޔޮ ސޯޝަލްހައުސިންގ އުސް އިމާރާތްތަކުގައި ހެދުމަކީ ދުނިޔޭގެ އެކި ތަންތަނުގައި 1960 ގެ އަހަރުތަކުން ފެށިގެން ވެސް ކުރެވެމުން އައި އެހެންނަމަވެސް ގިނަ ފަހަރު ފެއިލްވެފައިވާ ކަމެއް ކަމަށް އާކިޓެކްސްޓްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެ އެސޯސިއޭޝަނުން ބުނީ މި ޕްރޮޖެކްޓަކީ އެ ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ޕްރޮޖެކްޓަކަށް ވުން އެކަށީގެންވާ ކަމަށެވެ. އަދި މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިލުމަށް ގެއްލުނު ފުރުސަތެއް ކަމަށާއި، މި ވަގުތު ގޮސްފައިވާ ހިސާބަށް ބަލާއިރު މި މަޝްރޫޢުގެ ޑެންސިޓީ އާއި ޑިޒައިންއަށް ބަދަލުގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އޮތްގޮތަށް ކުރިއަށް ގެންގޮސްފިނަމަ ފަހުން ދިމާވެދާނެ ޞިއްޙީ، އިޖުތިމާޢީ، އަދި ރައްކާތެރިކަމުގެ މައްސަލަތައް މާބޮޑުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޕްލޭންކުރުމުގައި މިފަދަ މައްސަލަތައް ދިރާސާކޮށް މިކަންކަމުގެ ފަންނީ މާހިރުންނާއި މަޝްވަރާކުރެވުނީ ކިހާ މިންވަރަކަށްތޯއާއި, ކުރެވުނުނަމަ އެ ލަފަޔާ ޚިޔާލުތައް ބޭނުންކުރެވުނީ ކޮންގޮތަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

ޢިމާރާތުގެ ރައްކާތެރިކަމުގެ މައްސަލަތަކާއި ފަހުން ނިކުމެދާނެ ކަމަށް ބެލެވޭ އިޖުތިމާޢީ މައްސަލަތައް ހުރިއިރު ޢިމާރާތްކުރުމުގެ ހުއްދައާއި ގުޅޭ ހުރިހާ މަރުޙަލާތައް ފުރިހަމަކޮށްފައިވޭތޯ ސުވާލު އުފެދޭ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އާކިޓެކްޓްސް އެސޯސިއޭޝަނުން ބުނީ މި ޕްރޮޖެކްޓަކީ ތޮއްޖެހުން ކުޑަކޮށް އަދި ޑިޒައިން އިސްލާޙުކޮށްގެން ރައްކާތެރިކަމާއިއެކު ދިރިއުޅެވޭނެ ތަނަކަށް ބަދަލުކުރެވޭނެ ތަނެއް ކަމަށެވެ.

މީގެ އިތުރުން މުސްތަޤުބަލުގައި ޕްލޭންކުރުމުގައާއި, ޢިމާރާތްކުރުމުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މި ދާއިރާއަށް ނިސްބަތްވާ ޤާނޫނުތަކާއި ޤަވަޢިދުތަށް އިތުރަށް ދިރާސާކޮށް ހަރުދަނާކުރުން މުހިންމު ކަމަށް ބުނެފައިވެއެވެ. އަދި ޢިމާރާތްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ސިޔާސަތުތައް ތަންފީޛުކުރުމުގައި މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ލަފާދިނުމަށްޓަކައި އަކުލަވައިލަންޖެހޭ "މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓިރަކްޝަން ބޯޑު" އެކުލަވައިލުން އަވަސްކުރުން މުހިއްމު ކަމަށް އާކިޓެކްސްޓްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ. ނަމަވެސް މިހާރު ޤާނޫނުގައިވާގޮތަށް މިނިސްޓަރަށް ހުރިހާ އިޙުތިޔާރެއް އޮތުމުގެ ބަދަލުގައި މިނިވަން ބޯޑެއްގެ ގޮތުގައި މި ބޯޑު އޮތުން މުހިއްމު ކަމަށެވެ.

އާކިޓެކްސްޓްސް އެސޯސިއޭޝަނުން ބުނީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޙިއްސާވާ "ބިނާވެށި ތަރައްޤީގެ ޤާނޫނީ ޑްރާފްޓު" ގެ މަޤުސަދާއި ޤާނޫނީ އޮތޮރިޓީ ބަޔާންކުރެވިފައިވާ މާއްދާތަކުގައި ހިޔާ މަޝްރޫޢޫ ފަދަ ޕްރޮޖެކްޓުތަކަށް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުމުގައި ސިޔާސީ ނުފޫޒު ފޯރާނެ ޖާގައުފެދޭކަން ފާހަގަކުރެވޭ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުގެ އިމާރާތެއް؛ އިމާރާތުގެ ރައްކާތެރިކަމުގެ މައްސަލަތެއް ވަނީ ފާހަގަކުރެވިފައި

ޢިމާރާތުގެ ރައްކާތެރިކަމުގެ މައްސަލަތަކާއި ފަހުން ނިކުމެދާނެކަމަށް ބެލެވޭ އިޖުތިމާޢީ މައްސަލަތައް ހުރިއިރު ޢިމާރާތްކުރުމުގެ ހުއްދައާއި ގުޅޭ ހުރިހާ މަރުޙަލާތައް ފުރިހަމަކޮށްފައިވޭތޯ ސުވާލު އުފެދޭ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އާކިޓެކްޓްސް އެސޯސިއޭޝަނުން ބުނީ މި ޕްރޮޖެކްޓަކީ ތޮއްޖެހުން ކުޑަކޮށް އަދި ޑިޒައިން އިސްލާޙުކޮށްގެން ރައްކާތެރިކަމާއިއެކު ދިރިއުޅެވޭނެ ތަނަކަށް ބަދަލުކުރެވޭނެ ތަނެއް ކަމަށެވެ.

މީގެ އިތުރުން މުސްތަޤުބަލުގައި ޕްލޭންކުރުމުގަ އާއި ޢިމާރާތްކުރުމުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މި ދާއިރާއަށް ނިސްބަތްވާ ޤާނޫނުތަކާއި ޤަވަޢިދުތަށް އިތުރަށް ދިރާސާކޮށް ހަރުދަނާކުރުން މުހިންމު ކަމަށެވެ. އަދި ޢިމާރާތްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ސިޔާސަތުތައް ތަންފީޛުކުރުމުގައި މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ލަފާދިނުމަށްޓަކައި އެކުލަވައިލަންޖެހޭ "މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓިރަކްޝަން ބޯޑު" އެކުލަވައިލުން އަވަސްކުރުން މުހިއްމު ކަމަށެވެ. ނަމަވެސް މިހާރު ޤާނޫނުގައި ވާގޮތަށް މިނިސްޓަރަށް ހުރިހާ އިޙުތިޔާރެއް އޮތުމުގެ ބަދަލުގައި މިނިވަން ބޯޑެއްގެ ގޮތުގައި މި ބޯޑު އޮތުން މުހިއްމު ކަމަށެވެ.

އަދި މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޙިއްސާވާ "ބިނާވެށި ތަރައްޤީގެ ޤާނޫނީ ޑްރާފްޓު" ގެ މަޤުސަދާއި ޤާނޫނީ އޮތޯރިޓީ ބަޔާންކުރެވިފައިވާ މާއްދާތަކުގައި ހިޔާ މަޝްރޫޢޫ ފަދަ ޕްރޮޖެކްޓުތަކަށް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުމުގައި ސިޔާސީ ނުފޫޒު ފޯރާނެ ޖާގަ އުފެދޭކަން ފާހަގަކުރެވޭ ކަމަށެވެ.

ހިޔާ ފުލެޓެއްގައި ލޯންޑަރީ އަދި ބެލްކަންޏަށް ހާއްސަކުރެވިފައިވާ ބައި؛ މިތަނުގައި 3 ފޫޓް ފުޅާ މިނުގައި ނުހުރޭ

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން

1 ޖުލައި 2020 ގައި އެސޯސިއޭޝަންގެ މެމްބަރުންނަށް މި ޕްރޮޖެކްޓު ބަލައިލުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ބައެއް މެމްބަރުންނާއި އަރކިޓެކްޗަރ ކިޔަވަމުންދާ ދަރިވަރުންތަކެއް ވަނީ މިތަނަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިތަނުގައި ދެ ބާވަތެއްގެ ޓަވަރު ހުރިއިރު ބާވަތް-1 ގައި ފްލޯއެއްގައި 2 ކޮޓަރީގެ 16 ޔުނިޓު، އަދި ބާވަތް-2 ގައި ފްލޯއެއްގައި 2 ކޮޓަރީގެ 20 ޔުނިޓު ހުރެއެވެ. ޔުނިޓެއްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 580 އަކަފޫޓެވެ. މުޅިއެކު ބާވަތް-1 ގެ 10 ޓަވަރާއި ބާވަތް-2 ގެ 6 ޓަވަރު ހުރިއިރު މިއީ ގައިއްގަނޑަކަށް 40،000 މީހުންގެ އާބާދީއެއް ދިރިއުޅުމަށް ތަރައްޤީކުރެވޭ މަޝްރޫއެއް ކަމަށެވެ.

އަދި ކޮންމެ ބާވަތެއްގެ ޓަވަރަކުން 1 ފްލޯގެ އެޕާޓްމަންޓްތައް ބަލައިލުމުގެ ފުރުސަތު އޭއެމް އަށް ލިބުނެވެ. އަދި ބޭސްމަންޓް ޕާކިންގ އާއި ޓެރަސް ބަލައިލެވުނެވެ. މި ރިޕޯޓަކީ އިންސްޕެކްޝަން ރިޕޯޓެއް ނޫން ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މި ޕްރޮޖެކްޓުގައި "ސޯޝަލް ހައުސިންގ" ގެ ގޮތުގައި މިހާ ގިނަ ބަޔަކު ތޮއްޖެހޭގޮތަށް އެއް ޢިމާރާތެއްގައި ދިރިއުޅެންޖެހި އަދި ޓަވަރުތައް މިހާ ކައިރީގައި ހުރުމުން ނޭދެވޭ އިޖުތިމާޢީ، ސިއްޙީ، އަދި ރައްކާތެރިކަމުގެ މައްސަލަތައް އުފެދޭނެ ކަމަށް ފެންނަ ކަމަށް ބުނެފައިވެއެވެ. އަދި ޑިޒައިންގައި ހުރި ޕްރައިވެސީ އާއި ސެކިއުރިޓީ މައްސަލަތަކާއި އަދި އެއް ފްލޯއެއްގައި މިހާ ގިނަބަޔަކު ހިނގާބިނގާވެ އުޅެންޖެހުމުން މިފަދަ މައްސަލަތަކުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ދިރިއުޅުމުގެ މާޙައުލު ތަޣައްޔަރުވާނެކަމަށް ބެލެވޭ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ދިރިއުޅޭ މީހުންގެ މީހުންގެ ދުޅަހެޔޮކަމަށް މީގެ ނޭދެވޭ އަސަރުކުރާނެކަމަށް ފެންނަން ކަމަށާއި، ކުޅިވަރު ކުޅޭތަންތަންތަނާއި، ކަސްރަތުކުރާ ކުރާ ތަންތަނާއި، ޕާކުފަދަ ތަންތަން ޢިމާރާތުގައި ނެތް އިރު، މި ސަރަޙައްދުގައި މިފަދަ ތަންތަނަށް ޕްލޭންކޮށްފައިވާނަމަ ބަޔަކު ދިރިއުޅެން ފަށާއިރު މިތަންތަން ނެތުމުން ދުޅަހެޔޮ ސިއްޙަތަކަށް އަސަރުކުރާނެ ކަމަށެވެ. އަދި ޓަވަރުތަކުގެ ދޭތެރޭގައިވާ ހުސް ޖާގައިގަ ގަސް އިންދާ ލޭންޑްސްކޭޕްކުރުމުގެ ޕްލޭނެއް ވާނަމަ، ތަނުގައި ދިރިއުޅެން ފަށާއިރު މިކަންކަން ފުރިހަމަކުރުން މުހިއްމު ކަމަށެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އާއްމުކޮށް މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގައި ޚާއްސަކޮށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ޕްރޮޖެކްޓު ސައިޓުގައި ފާޅުކަން ބޮޑުކޮށް ޕްރޮޖެކްޓުގެ މައުލޫމާތާއި ތަސައްވުރު ބަޔާންކުރެވިފައި ހުންނަންވާ ފަދައިން މި ޕްރޮޖެކްޓު ސައިޓުގައި މިފަދަ ކަމެއް ފާހަގައެއް ނުކުރެވޭ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ކަންކަން ބައްލަވާލެއްވުމަށް މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

ޑިޒައިން

ކޮރިޑޯތަކުގެ ރެއިލިންގ ހުރީ ހުޅުމާލެ ޕްލޭނިންގ ޤަވައިދުގެ 14 ވަނަ މާއްދާގެ (ހ) ގެ (2) އާއި އަދި "ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ 10.9 އަކަށް ނުފެތޭކަމަށް ފެންނަކަމަށް ބުނެފައިވެއެވެ. އަދި 2 ފޫޓު އުސް ފާރުބުރިއެއްމަތީގައި 2 ފޫޓު އުސް ދަގަނޑު ރެއިލިންގ އެއް ހަރުކޮށްފައިވާއިރު މި ފާރުބުރިއަށް ކުޑަކުއްޖަކަށް އެރޭގޮތަށް ހުރުމުން ރައްކާތެރިނޫންކަމަށް ފާހަގަކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

ބޭސްމަންޓް ޕާކިންގގައި ސަރވިސް ހޮޅިތައް ބެރިދަށުން އަޅާފައިވާގޮތުން ބައެއް ދިމަދިމާލުން ނުރައްކާ މިންވަރަށް ތިރިކަން ފާހަގަކުރެވުނުކަމަށް ވަނީ ބުނެފައެވެ. އަދި އެކަށީގެންވާ ސައިނޭޖް ނެތްކަން ފާހަގަކުރެވޭ އިރު، "ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ 6.3 ގައިވާ ޕާރކިންގ ގެ ޢަދަދު ކޮންމެ ޢިމާރާތެއްގެ ތިރީގައިވާ ޖާގައިން ހަމަވާނެކަމަކަށް ނުފެންނަކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފްލޯއެއްގައި 16 ޔުނިޓު ހުންނަ ޓަވަރެއްގައި ވަނީ އިމަޖެންސީ ލިފްޓާއި އެކު ޖުމްލަ 14 މީހުންގެ 3 ލިފްޓް ކަމަށާއި، މިއީ 384 ޔުނިޓު (ގާތްގަނޑަކަށް 1500 މީހުން) ބޭނުންކުރާނެ ތަނެއް ކަމަށެވެ. އަދި ފްލޯއެއްގައި 20 ޔުނިޓު ހުންނަ ޓަވަރެއްގައި ވަނީ އިމަޖެންސީ ލިފްޓާއި އެކު ޖުމްލަ 14 މީހުންގެ 4 ލިފްޓް ކަމަށެވެ. އަދި މިއީ 480 ޔުނިޓު (ގާތްގަނޑަކަށް 1900 މީހުން) ބޭނުންކުރާން ތަނެއް ކަމަށާއި، ޕީކުގަޑިތަކުގައި ލިފްޓު ބޭނުންކުރުމުގައި ދަތިތައް ކުރިމަތި ވާނެކަމަށް ފެންނަ ކަމަށެވެ.

ލިފްޓުން ނުކުންނަ ލޮބީގައި ބައެއްކަހަލަ ސަރވިސް ފޮށިތައް އަތްޖެހޭ ހިސާބުގައި ހުރުމުން އެތަކެއްޗައް ގެއްލުންލިބުން އެކަށީގެންވާ ކަމަށާއި، މި ލޮބީގެ ތަނަވަސްކަން ނިސްބަތުން ކުޑަކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ވަކި ޔުނިޓަކަށް ބަލައިލާއިރު ގިނަ ޔުނިޓުތަކުގައި ބޭރަށް ހުންނަ ކޮޓަރީގެ ހަމަ އެކަނި ކުޑަދޮރާއި ސިޓިންގރޫމުގެ އެއް ކުޑަދޮރު ހުންނަނީ ޢާއްމުން ހިނގަން އޮންނަ ކޮރިޑޯއަށް ވާގޮތަށެވެ. މި ދެކުޑަދޮރުވެސް ހުރީ ކަހާލެވޭގޮތަށް އަދި ބިމުން ފެށިގެން ގާތްގަނޑަކަށް 3 ފޫޓު މަތީގައި ކަމަށާއި، މިއީ ސެކިއުރިޓީ އާއި ޕްރައިވެސީގެ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.

ހިޔާ ފުލެޓުގެ ކޯރިޑޯގައި ބަޔަކު މަޑުކޮށްލައިގެން؛ ކޯރިޑޯތައް ފަރުމާކޮށްފައިވާ ގޮތުން ކުޑަކުދިންނަށް އެންމެ ރައްކާތެރި ނޫންކަމަށް ބުނެފައިވޭ

މީގެ އިތުރުން ހުރިހާ ޔުނިޓެއްގައި ވެސް ސިޓިންގރޫމާއި ބަދިގެއާއި ކާގެ އެއްކޮށްހުރި އިރު ބަދިގޭގެ ޑިޒައިންއާއި ބައެއް މިންގަނޑުތައް އެކަށީގެންވާވަރަށްވުރެ ކުޑަކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގިނަ ޔުނިޓުތަކުގެ އެތެރެއަށް ހުންނަ ކޮޓަރިތަކުގެ ކަހާލެވޭ ކުޑަދޮރުގެ ޑިޒައިން 2 ޓްރެކުގައި 3 ފަތަށްހުރުމުން ހުޅުވޭބައި ހަނިވެ، ޕްލޭނިންގ ޤަވައިދުގައިވާ 10 އިންސައްތަ ވެންޓިލޭޝަން ހަމަވޭތޯ ސުވާލު އުފެދޭ ކަމަށް ބުނެފައިވެއެވެ.

ޢިމާރާތުގެ ކުނިއުކާލުމުގެ ނިޒާމު ފުރިހަމައެއް ނޫންކަން މި ރިޕޯޓުގައި ބުނެފައިވާ އިރު، "ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ 7.11 ގައި ވާގޮތާއި ޚިލާފަށް ތިރީބުރި ފިޔަވައި ޢިމާރާތުގެ އެއްވެސް ފްލޯއެއްގައި ކުނި ދެވޭނެ ތަނެއް ނެތް ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އަލިފާނުގެ ރައްކާތެރިކަމާއި ސެކިއުރިޓީ

ޢިމާރާތުގައި އަލިފާނާއި ދުމުން ރައްކާތެރިވެވޭ "ސެޕަރޭޝަން ޒޯން" ތައް ނެތްކަން ފާހަގަކުރެވޭ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ލިފްޓް ލޮބީގައިވެސް ސެޕަރޭޝަން އެއް ނެތް ކަމަށާއި، ޓަވަރެއްގެ ތިރީ ފްލޯތަކުގައި އެކީ އަލިފާން ރޯވެއްޖެނަމަ މަތީފްލޯތަކަށް ފޯރާނެ ވަސީލަތްތައް ރާއްޖޭގައި ނުހުންނަ ކަމަށެވެ. އަދި ޢީމާރާތުގައި ދިރުއުޅުމުގެ ހުއްދަ ދޭންވާނީ ޢިމާރާތުގެ ފަޔަރ ޕްރިވެންޝަނާއި ފަޔަރ ފައިޓިންގ ނިޘާމުގެ ފުރިހަމަކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ހުޅުމާލެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންގ 1-T" ގެ މާއްދާ 5 ގެ 5.1.12 އާއި ޚިލާފަށް ޢިމާރާތުގައި ދިރިއުޅޭ މީހުންނާއި ތަނުގެ ސެކިޔުރިޓީ ބަލަހައްޓާނެ އެއްވެސް ނިޒާމެއް ނެތްކަން ވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
10%
0%
8%
65%
3%
15%
ކޮމެންޓް
28 ޖުލައި 2020 | އަންގާރަ 20:17
ޢައަނއް
ހިޔާ އަކީ ހުރިހާ ކަމެއް އެންމެ ފުރިހަމަ ތަނެއް ނޫން، އެހެނަސް ހިޔާ އަކީ މިހާރު ހުރި ތަން، މިހާރު މީހުން ދިރިއުޅޭ ތަންތަނާއި ބަލާއިރު ފުދޭވަރަކަށް ރަނގަޅަށް ހެދިފައިވާ ތަންތަން، ރިޕޯޓު ވަކި ކޮޅަކަށް ޖެހި ވަކި ކަމެއް ދައްކަން އުޅޭ ކަހަލަ، މިސާލަކަށް އަލިފާނުގެ މިބައި، މިހާރު އަޅުގަނޑުމެން އުޅޭ ތަންތާގައިވެސް ފަޔާ ސްޕްރިންކްލާ ނުުހުރެއެވެ. އެހެނަސް ހިޔާ ފްލެޓުގައި ހުރެއެވެ. މާ ބޮޑު އެސޯސިއޭޝަނަކުން ގޮސް އެވަވަރށް ދިރާސާ ކުރިއިރު މި ފަޔާ ސްޕްރިންލްލާސް ވެސް ހަމަ ނުފެނުނެއެވެ.
28 ޖުލައި 2020 | އަންގާރަ 19:59
އާދަނު
ބުރިޖު އެޅީރުވެސް ނޭޅޭނޭކިޔާފަ ވަރަށް ވާހަކަދެ އްކިދޯ! އެގޮތުގެމަތިން މިހާރު މޮޅެތި ގޮތްގޮތަށް ވާހަކަ ދަ އްކަ އިގެން ރަ އްޔިތުން ނިކަމެތި ހާލުގަ ޖަ އްސާފަ ބަ އިތި އްބަން މިސަރުކާރުން މަސަތްކަތް ކުރަމުންމިދަނީ.
28 ޖުލައި 2020 | އަންގާރަ 18:58
އުމަރު ހާރޫނު
ބޭކާރުވާހަކަދައްކަންވަރަށްފަސޭހަވާނެ ކަމެއްނުކޮށްދެވޭނެ ކޮށްމެގޮތަކަށްހުއްޓަސްއެހެރީހަދާދީފައެއްނޫން ތިޔަބޭކާރުއަނގަތެޅުން ނޫންކަމެއް މިސަރުކާރަކަށްނުކުރެވޭނެ ބޭކާރުއަނގަނުތަޅާތިތަންތަން ހައްގުވާފަރާތްތަކަށްދީބަލަ ބަޔަކުހަދާފަހުރިތަނެއް ހައްގުވެރީންނަށް ހަވާލުވެސްނުކުރެވިގެންތިއުޅެނީ ކިހާދެރަކަމެއް
28 ޖުލައި 2020 | އަންގާރަ 10:29
ކަނބުލޮ
ތީ ޔާމީނު ހުންނެވިނަމަ މިހާރު ތިކަހަލަ ޝަކުވާ ހުށަހަޅާނެ ޖާގައެއްވެސް ނޯންނާނެ. ހުރިހައިކަމެއްގެ ހައްލު ހޯއްދަވައި ސިކިއުރިޓީ ނިޒާމް ވެސް ހަމަޖައްސަވައި ބޭކާރު އަނގަ ނުތަޅުއްވާނެ. އަދި ފްލެޓްތަކުގައި މީހުން ދިރިއުޅެންވެސް ފަށައިފީސް. އެ ސަރުކާރު މި ސަރުކާރެއް ނޯންނާނެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާ!
28 ޖުލައި 2020 | އަންގާރަ 10:15
ގޮތްހުސް
އެހެން ނޫނި މީހަކަށް 2 އެޕާޓުމަންޓު ދޭންވީނު
28 ޖުލައި 2020 | އަންގާރަ 10:15
އައްޔަ
ދެންތަޅާލާފަ އާތަން ތަން އަޅަން ވީނު
28 ޖުލައި 2020 | އަންގާރަ 07:29
މޮނާ
މިސަރުކާރުން ތިވާހަކަ ދެއްކީމާ އޭރުވެސް ހިތައްއެރީ މިފަދަ ކަމެއްކުރާއިރު ބައިނަލްއަގްވާމީ ސްޓޭޑަރޑުސް އަދި އެހެން ހަމަތައް ހުއްނާނީ އެއްމެ މިނިމަމް ކޮށް އެޕްލައިކޮއްފަ ކަމަށް . ތިފަދަ ކަންކަން ހިގާފައިވަނީ ހާދަބޮޑުކޮށް ސްޓޭޓް ފައިލްވީމާ.