Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން އޮންލައިން ޗެސް ކޭމްޕް

އޭޝިއަން އޮންލައިން ޗެސް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިއަކަށް

މި ފުރުސަތު ލިބުނީ ރާއްޖޭގެ ގައުމީ އަންހެން ރާޒުވާ ޓީމުގެ ދެވަނަ ހާސިލުކޮށްފައިވާ މަރިޔަމް ލައިސާ އަބްދުލްރަޝީދަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 ޖުލައި 2020 | ހޯމަ 07:45
އޭޝިއަން އޮންލައިން ޗެސް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ މަރިޔަމް ލައިސާ އަބްދުލްރަޝީދު

އޭޝިއަން އޮންލައިން ޗެސް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ މަރިޔަމް ލައިސާ އަބްދުލްރަޝީދު

އޭޝިއަން އޮންލައިން ޗެސް ކޭމްޕް ފޯ ގާލްސް އަންޑާ 20 ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިއަކަށް ލިބިއްޖެއެވެ.

އޭޝިއަން ޗެސް ފެޑެރޭޝަން (އޭސީއެފް) ން އިންތިޒާމުކޮށްގެން، ވުމަން ޗެސް (ޑަބްލިއުއޯއެމް) އަދި ފިޑޭ ޑިވެލޮޕްމަންޓް ފަންޑް ސަޕޯޓް އާއި ގުޅިގެން ހިންގާ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ރާއްޖޭގެ ގައުމީ އަންހެން ރާޒުވާ ޓީމުގެ ދެވަނަ ހާސިލުކޮށްފައިވާ މަރިޔަމް ލައިސާ އަބްދުލްރަޝީދަށެވެ. ހދ. ހަނިމާދުއަށް އުފަން ލައިސާ އަކީ ތާޖުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ.

މި ކޭމްޕް ރޭވިފައިވަނީ އަންނަ އޮގަސްޓް މަހުގެ އެކަކުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕްގައި އޭޝިއާގެ ގައުމުތަކުން، ކޮންމެ ގައުމަކުން 20 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކު ބައިވެރިވާނެއެވެ.

ޒޫމް މެދުވެރިކޮށް ބާއްވާ މި ކޭމްޕްގައި ތަމްރީނުދޭނީ މުޅި ދުނިޔޭގައިވެސް އެންމެ ފުންނާބުއުސް ޓްރެއިނަރުންނެވެ. އެގޮތުން ޓްރެއިނަރުންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންގެ ތެރޭގައި ދުނިޔޭގެ ވޯލްޑް ޗެމްޕިއަން ގްރޭންޑް މާސްޓާ އާނަންދު ވިޝްވަނާތަން އާއި، ގްރޭންޑް މާސްޓާ ޖުޑިތް ޕޮލްގާ އަދި ގްރޭންޑް މާސްޓާ ޖޭކޮބް އާގާޑް ފަދަ ބޭފުޅުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ ރާޒުވާ ޓީމުން އަންނަނީ މި މަހުގެ 31ން އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން ޗެސް އޮލިމްޕިއާޑްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. މި މުބާރާތުގައި ގައުމީ ރާޒުވާ ޓީމު ވަނީ މިހާރުވެސް ކެޓެގަރީ ހަތަރަކަށް ކޮލިފައިވެ ކުރިއެރުންތަކެއް ހޯދާފައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
10 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި
30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު