Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ސުޝާންތުގެ އެންމެ ފަހު ފިލްމް "ދިލް ބޭޗާރާ" އަށް ގިނަ ބައެއްގެ ތަރުހީބު!

އައިއެމްޑީބީ މެދުވެރިކޮށް 10 އަކުން 9.9ގެ ރޭޓިން އެއް ދީފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 27 ޖުލައި 2020 | ހޯމަ 04:08
ދިލް ބޭޗާރާގެ ޕޯސްޓަރު

ދިލް ބޭޗާރާގެ ޕޯސްޓަރު

މިދިޔަ މަހު މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑްގެ ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ އެންމެ ފަހު ފިލްމް "ދިލް ބިޗާރާ" މިވަނީ ހޮޓްސްޓާ މެދުވެރިކޮށް ޖުލައި 24 ވަނަ ދުވަހު ރިލީޒް ކޮށްފައެވެ.

ފިލްމު ޕްރޮމޯޓް ކުރަން ބޮލީވުޑްގެ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ބައިވެރިވިއެވެ. މި ފިލްމަށް ރޭޓިން ސައިޓް އައިއެމްޑީބީ މެދުވެރިކޮށް 10 އަކުން 9.9 ގެ ރޭޓިން އެއް ދީފައެވެ.

މި ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ފެށުނީއްސުރެ އެދެމުން ދިޔައީ ފިލްމު ހޮޓްސްޓާގައި ރިލީޒް ކުރާ ގަޑީގައި އެންމެން އެއްކޮށް އެ ފިލްމު ބެލުމަށެވެ. ސުޝާންތުގެ ފޭނުންގެ އިތުރުން ބޮލީވުޑްގެ ތަރިން ވެސް ވަނީ ޑައިރެކްޓަރުގެ މި އެދުން ފުރިހަމަ ކޮށްދީފައެވެ.

"ދިލް ބޭޗާރާ" ފިލްމަކީ ޖޯން ގްރީންގެ ކިޔުންތެރިންގެ މެދުގައި މަގުބޫލު ވާހަކައެއް ކަމަށްވާ "ދަ ފޯލްޓް އިން އަވަރ ސްޓާރޒް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ފިލްމު ނިންމާލާފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން މި ފިލްމު ނިމުނުއިރު ސުޝާންތުގެ ފޮޓޯތަކެއް ދައްކާލުމަށްފަހު ފޮޓޯއެއްގައި "ސުޝާންތް، ޔޫ ވިލް އޯލްވޭސް ބީ މިސްޑް" މިހެން ޖެހުމަށްފަހު ފިލްމު ވަނީ ނިންމާލާފައެވެ. ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ މި ފިލްމަށް ފަސް ތަރިން ހަތަރު ތަރީގެ ރޭޓިންގއެއް ދީފައެވެ. އޭނާ މި ފިލްމު ސިފަކުރީ ވަރަށް ރީތި ލޯބީގެ ފިލްމެއްގެ ގޮތުގައެވެ. އޭނާ ބުނީ ސުޝާންތުގެ ހުނަރުވެރި އެކްޓިންގެ ސަބަބުން އެންމެންގެ ލޯތައް ވެސް ކަރުނަ އިން ތެތްމާލާފައިވާ ކަމަށެވެ. އޭނާ ވަނީ ފިލްމުގެ އަންހެން ލީޑު ސަންޖަނާ ސާންގީ އަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ސުޝާންތްގެ ކުއްލި މަރާއި ގުޅިގެން ސަންޖަނާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މި ފިލްމަކީ އެންމެންނަށް ދޭ ހަދިޔާއެއް ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

08 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު