Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިލްމީތަރި މުޙައްމަދު ޔުނާންގެ ދަރިފުޅު ޔޫން

ވީ އެންމެ އަވަހަށް ޔޫން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން: އާސަންދަ

25 ޖުލައި 2020 | ހޮނިހިރު 14:21

އެ ކޭސްގައި ކުރިންވެސް އަމްރިތާ ހޮސްޕިޓަލުގައި ސާރޖަރީއެއް ހަދާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2020 | ހޮނިހިރު 14:21
ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) މުލިއާގޭ ސަރަޙައްދުގައި ކަންބޮޑުވުން ފާޅުކުރަނީ

ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) މުލިއާގޭ ސަރަޙައްދުގައި ކަންބޮޑުވުން ފާޅުކުރަނީ

ފިލްމީތަރި މުޙައްމަދު ޔުނާންގެ ދަރިފުޅު ޔޫން މުޙައްމަދު ޔުނާން ބޭސްފަރުވާއަށް ފޮނުވާލުމުގެ އިންތިޒާމް ވީ އެންމެ އަވަހަކަށް ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ދަރިފުޅުގެ ބޭސްފަރުވާގެ އިންތިޒާމު ލަސްވަމުންދާތީ ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) މުލިއާގޭ ކުރިމަތީގައި ތިބެގެން އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކޭސްގައި ކުރިންވެސް އަމްރިތާ ހޮސްޕިޓަލުގައި ސާރޖަރީއެއް ހަދާފައިވާ ކަމަށާއި، ދެވަނަ ސަރޖަރީއެއް ހެދުމަށް ދިއުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިވަގުތު ވެސް އަމްރިތާ ހޮސްޕިޓަލަށް 77 ބަލި މީހުން ފޮނުވާލާފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ހޮސްޕިޓަލުގެ އެކޮމޮޑޭޝަންގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަދި މިވަގުތު އެ ހޮސްޕިޓަލުގައި ތިބި ތިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ އައިސޮލޭޓް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާތީ، އެ ހޮސްޕިޓަލް ތެރެ ވަރަށް ހަލަބޮލި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދެން މަސައްކަތް ކުރީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލަށް ފޮނުވާ 30 އަކަށް މީހުންގެ ބެޗާއެކު ޔޫންއަށް އާސަންދައިގެ ދަށުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ސަރޖަރީއަކީ ކިމްސް ހޮސްޕިޓަލުގައި ހެދޭނެ ސަރޖަރީއެއް ނޫންކަމަށް ހޮސްޕިޓަލުން މިހާރު އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އަމްރިތާ ހޮސްޕިޓަލަށް ގެންދަން ބޭނުންވި ނަމަވެސް، މިހާރު ޗާޓަރކުރާ ފްލައިޓް ދަނީ ޓްރިވެންޑްރަމްއަށް ކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އާސަންދައިން އެކަމުގައި ހޮސްޕިޓަލާ މުއާމަލާތްކޮށް، ޕޭޝަންޓް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ދަތުރުކުރުމަށް ބޭނުންވާ ހުއްދަތައް ވެސް ހޯދައިދީފައި ވާކަމަށް އާސަންދައިން މައުލޫމާތުދެއެވެ.

އެހެންނަމަވެސް، ކޮޗިންއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް އާސަންދައިން ވަނީ މައުލޫމާތު ދީފައެވެ.

އާސަންދައިގެ ދަށުން ދާއިރު، އަމިއްލައަށް ނުދެވޭނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ކޮވިޑް-19ގެ މި ޙާލަތުގައި ކަރަންޓީން ކުރުމާއި، ދަތުރުފަތުރުތަކުގެ ހުއްދަ ދިނުމުގައި ވަކި އުސޫލުތަކެއް ޤާއިމު ކުރެވިފައިވާއިރު، އާސަންދައިގެ ދަށުން އަމިއްލައަށް ގޮސް ބޭރު ޤައުމަކަށް "ދޫކޮށްލުން" އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޔޫންގެ މައިންބަފައިންނާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޔޫންއަކީ އުފަންވިއިރުވެސް ހިތުގެ މައްސަލަތަކެއް ހުންނަ ކުއްޖެކެވެ. އެގޮތުން ހިތުގެ ވާތްފަޅި މަސައްކަތް ނުކޮށްގެން އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި، ފުއްޕާމޭ ވެސް "ސްޓިފް" ވެފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް