Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން ދުވަސް 2020

ޚާރިޖީ ސިޔާސަތު: ހަގީގީ މިނިވަންކަމުގެ ހެއްކެއް

އަލަށް މިނިވަންކަން ލިބުނު ވަރަށް ގިނަ ގައުމުތަކުން އެމިނިވަންކަމާއެކު ޚާރިޖީ ގުޅުންތައް ބައްޓަންކުރުމުގައި ވަކި ފަރާތަކަށް ބުރަވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ޖުލައި 2020 | ހޮނިހިރު 16:59
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކޮޅުނބުގައި ބޭއްވި ރަސްމިއްޔާތު

ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކޮޅުނބުގައި ބޭއްވި ރަސްމިއްޔާތު

އިނގިރޭސި ރަސްކަމުގެ ޙިމާޔަތުގެ ދަށުގައި މި ކުޑަކުޑަ ދިވެހިރާއްޖެ އޮތްއިރުވެސް ދިވެހިންނަކީ ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ލިބިފައިވާ ބައެކެވެ. އިނގިރޭސީންގެ ބާރުގެ ދަށުގައި މި ސަރަހައްދުގައި އޮތް އެހެން ބައެއް ގައުމުތަކުގެ ސީދާ ދާޚިލީ ހިންގުން އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތްއިރު، ދިވެހިންގެ ދާޚިލީ ކަންކަން ހިންގަމުން ދިޔައީ ދިވެހިން ބޭނުންވި ގޮތަށެވެ. ރާއްޖެއަކީ އިނގިރޭސީ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް "ކޮލޮނީ" އެއްގެ ބަދަލުގައި އިނގިރޭސީންގެ "ޕްރޮޓެކްޓަރޭޓް" އެކެވެ.

ކަން މިހެން އޮތުމުން، ދިވެހިންނަށް 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ލިބިގެން ދިޔަ މިނިވަންކަމާއެކު ލިބިގެންދިޔަ ހަގީގީ މިނިވަންކަމަކީ ޚާރިޖީ އަދި އިގްތިސާދީ މިނިވަންކަމެވެ. ދިވެހިން ބޭނުން ގޮތަކަށް ދިވެހިންގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ދިވެހިންގެ އިގްތިސާދީ ހަރަކާތްތައް ދިވެހިން ބޭނުން ގޮތަކަށް ގެންދިޔުމަށް މަގުފަހިވެގެން ދިޔައެވެ.

20 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން އަލަށް މިނިވަންކަން ލިބުނު ވަރަށް ގިނަ ގައުމުތަކުން އެމިނިވަންކަމާއެކު ޚާރިޖީ ގުޅުންތައް ބައްޓަންކުރުމުގައި ވަކި ފަރާތަކަށް ބުރަވިއެވެ. އެހެންނަމަވެސް ހިންދު ކަނޑުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ވަށައިގެން އޮތް މިކުޑަކުޑަ ޖަޒީރާ ދިވެހިރާއްޖެއިން ޚިޔާރުކުރީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ޚާރިޖީ ސިޔާސަތެކެވެ. ދިވެހިން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް ބަސް ބުނަން ޖެހޭ ކަންކަމުގައި ބަސްބުނެ، ދިވެހިންނަށް ނުބެހޭ ކަންކަމުގެ ތެރެއަށް ރާއްޖެއިން ނުވަދެއެވެ.

1965 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމަޔަށް ކަންތައް ދިޔައީ އެމަގުންނެވެ.

ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލައަކީ ދިވެހިން އަބަދުވެސް އެކަމަށް ވަކާލާތުކުރާ ކަމެކެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިން ހަރުއަޑުން ވަކާލާތުކުރާއިރު، އެކަމުގައި ޔަހޫދީ ދައުލަތް އިސްރާއީލާ ދިމާއަށް ބުނަން ޖެހުނު ކޮންމެ އެއްޗެއް ހަރުކަށިކޮށް ދިވެހިން ދިޔައީ ބުނަމުންނެވެ. މިފަދަ މައްސަލަތަކުގައި އަޑުއުފުލިނަމަވެސް، ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއަށް ދިވެހިރާއްޖެއިން ނުވަދެ ތިބީ މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވަންވީ ގޮތް ފަހުމުވެވަޑައިގަންނަވާތީއެވެ. ކަ

ޝްމީރުގެ މައްސަލައިގެ ތެރެއަށް ދިވެހިން ނުވަދެއެވެ. ޗައިނާ/ޓައިވާން މައްސަލައަށް ނުވަތަ ޗައިނާ/އިންޑިއާ މައްސަލައަށް ނުވަތަ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ނުވަންނަނީ މި ސަބަބުތަކަށްޓަކައިކަމަށް ގަބޫލުކުރެވެއެވެ.

އެހެންނަމަވެސް ދިވެހިންނަށް އަސާސީ ބައެއް ހައްގުތަކުން މަހޫރުމުވެ، އަމިއްލަ މިނިވަންކަން ގެއްލިދާނެކަމަށް ބިރު ހީވި 2013 ވަނަ އަހަރުން ފެށިގެން 2018 އަހަރާ ދެމެދު އެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެހެން ހީވިއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ ތެރެއަށް ބޭކާރު ގޮތުގައި ރާއްޖެއިން ވަދެގަތެވެ. މެދުއިރުމަތީގައި ހިނގަމުން ދިޔަ ހަމަނުޖެހުމުގެ ތެރެއަށް ވަދެ، ހަނގުރާމަވެރި ކޯލިޝަންތަކުގައި ބައިވެރިވިއެވެ. މާދުރުގައި އޮތް ގައުމުތަކެއްގެ މެދުގައި ހިނގަމުންދިޔަ ވާދަވެރިކަމެއްގެ ތެރެއަށް ވަދެގަނެ އީރާނާއި ގަތަރާއެކު ގުޅުން ކަނޑާލިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބާރުގަދަވުމަށް އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމެއްގެ ތެރެއަށް ވަދެގަތެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވި ފަދައިން، އިންޑިއާ އާއި ޗައިނާ ޖައްސައި، އެކަމުގެ ފައިދާތަކެއް ލިބިދާނެކަމުގެ ބޭކާރު އުއްމީދެއްގައި ކުރީ ސަރުކާރުން މަސައްކަތްކުރިތަން ފެނުނެވެ. ނަތީޖާއަކަށްވީ އަވަށްޓެރި އިންޑިއާ އާ ގުޅުން ކުޑަވެ، ޗައިނާގެ ލޯނުތަކުގެ ތެރެއަށް ރާއްޖެ ވެއްޓުމެވެ. އެންމެ ގިނަ ދިވެހިން ދެވަނަ ވަޒަންކަމުގައި ދެކޭ އަވަށްޓެރި ސްރީލަންކާގެ ފުލުހުން ލައްވައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ކުރުވައި، އެގައުމާއެކު އޮންނަ ގުޅުން ކުޑަކުރިތަން ފެނުނެވެ. ގާތް ރަހުމަތްތެރިން ގޮތުގައި ބެލީ ދުނިޔޭގެ ކޮރަޕްޓް ލީޑަރުންނެވެ. ޕާކިސްތާނުގެ ނަވާޒް ޝަރީފާއި، މެލޭޝިއާގެ ތުން ރައްޒާގް ފަދަ ބޭބޭފުޅުން ކައިރިކޮށްގެން ދިވެހިންނަށް ބައިނަލްއަގްވާމީ ދުނިޔޭގައި ލިބުނު މޮޅެއް ނެތެވެ.

ޚާރިޖީ ސިޔާސަތު ވިއްކައިގެން ކުރި ވިޔަފާރިތަކުން ގައުމުގެ އަގު ވެއްޓި، އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައިގެން ގަންނަން ޖެހުނު ލަދު އަދިއަދަށް ދާންދެން ދިވެހިން ހަނދާން އެބަހުއްޓެވެ. އެސަރުކާރުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވިއްކާލި ގޮތުގެ ވާހަކަ ލިޔެ ނުމިމޭނެއެވެ.

އެހެންނަމަވެސް، މިއަދުގެ ސަރުކާރުގެ މަންޒަރުތައް ތަފާތެވެ. ރައީސް ސޯލިޙްގެ ޚާރިޖީ ސިޔާސަތު ބިނާވެގެންދާތަން ފެންނަނީ ވަކި ބަޔަކާ ގުޅުން ބަދަހި ނުކޮށް، އެންމެނާ އެކުގައި މަސައްކަތް ކުރުމެވެ. ޗައިނާއަށް ކިތަންމެ ވަރަކަށް އެއްޗެހި ކިޔާފަ ވެރިކަމަށް އައިނަމަވެސް، ޗައިނާއަކީވެސް ރާއްޖެއަށް މުހިއްމު ގައުމެއްކަން ވިސްނައި، އެގައުމާއެކުވެސް އޮންނަން ޖެހޭ ގުޅުން ބާއްވައެވެ. އިންޑިއާއަކީ އަވަށްޓެރިޔާކަން ދެނެގެން، އެގައުމާއެކު އޮންނަން ޖެހޭ ގުޅުންތައް އޮވެއެވެ. މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިފަދައިން މިއަދު ޚާރިޖީ ވަޒީރު ޝާހިދުއަށް ބައްދަލުނުކުރެވޭ ދުނިޔޭގެ ވެރިއެއް ނެތެވެ. ގައުމު ވަނީ ހުޅުވާލެވިފައެވެ. ބޭރުން ނޫސްވެރިންނާއި އިންސާނީ ހައްގުތަކުގެ ޙާލަތާއި މުއައްސަސާތަކުގެ މިނިވަންކަން ބަލަން އަންނަން ބޭނުން ފަރާތަކަށް އެކަން ކުރެވޭނެއެވެ. ބޭކާރުގެ މައްސަލަތަކުގެ ތެރެއަށް ދިވެހިރާއްޖެ ގެންގޮސް ވައްޓާލުމުގެ ބަދަލުގައި ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ބައިނަލްއަގްވާމީ މަސްރަހުގައި އަނެއްކާވެސް ބަސް ވިކޭ ގައުމަކަށް މިދަނީ ވަމުންނެވެ.

ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ޒިންމާ އޮތީ ޚާރިޖިއްޔާގެ އަތްމަތީގައެވެ. ޚާރިޖީ ސިޔާސަތު ފެއިލްވެއްޖެނަމަ ދިވެހިންގެ މިނިވަންކަންވެސް ފެއިލްވެދާނެއެވެ. އެހެންކަމުން މި ދިވެހިން ބިން މިނިވަންކަމަތީ އަބަދަށް ލަހައްޓަވާތޯ ދުއާކުރާ ހާލު، ދިވެހިން އަބަދުވެސް ދާނީ ޚާރިޖީ ސިޔާސަތުގެ މިނިވަންކަން އޮތް މިންވަރަކަށް ސަމާލުވަމުންނެވެ. ބައެއްގެ ވެރިކަން ނިމިގެންދިޔުމާ، ވެރިކަމެއް ދެމެހެއްޓުމުގައި ހުރި ހަމައެކަނި ތަފާތަކީ ޚާރިޖީ ސިޔާސަތަށްވުން ވެސް އެކަށީގެންވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ގަރުނުގެ އެންމެ ބޮޑު ޖޯކު!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ގަރުނުގެ އެންމެ ބޮޑު ޖޯކު!

02 އޯގަސްޓު 2018
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018
ގޯހީ ޓްރީ ޓޮޕެއް ނޫން، ސަރުކާރުގެ ސިިއްހީ ސިޔާސަތު!

ގޯހީ ޓްރީ ޓޮޕެއް ނޫން، ސަރުކާރުގެ ސިިއްހީ ސިޔާސަތު!

17 ޖޫން 2018
ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

14 ޖޫން 2018
ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

31 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު