Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނދިރި ދައުލަތް

އަނދިރި ނުވަތަ އަޑީ ދައުލަތައް ސީޕީގެ ރައްދު: ދިވެހި ދައުލަތުގެ މައްޗަށް ނުފޫޒު ނުފޯރުވޭނޭ!

25 ޖުލައި 2020 | ހޮނިހިރު 07:21

ދިވެހި ދައުލަތް އޮތީ، ދިވެހި ދައުލަތުގެ ހިންގުމުގެ މައްޗަށް ބާރު ނުވަތަ ނުފޫޒު ފޯރުވޭނެ ހާލަތެއްގައި ނޫން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 ޖުލައި 2020 | ހޮނިހިރު 07:21
ފަލަސުރުހީ ޕްރޮގުރާމްގައި ސީޕީ ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގުރާމްގައި ސީޕީ ވާހަކަދައްކަވަނީ

އިތުރު ފަރާތަކަށް ދިވެހި ދައުލަތުގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ދިވެހި ދައުލަތުގެ މައްޗަށް ބާރު ފޯރުވާ އަނދިރި ދައުލަތެއް އޮވޭތޯ ސުވާލުކުރުމުން ސީޕީ ވިދާޅުވީ، މިވަގުތުވެސް ދިވެހި ދައުލަތް އޮތީ، ދިވެހި ދައުލަތުގެ ހިންގުމުގެ މައްޗަށް ބާރު ނުވަތަ ނުފޫޒު ފޯރުވޭނެ ހާލަތެއްގައި ނޫންކަމަށެވެ. ސީޕީ ވިދާޅުވީ ފާއިތުވެދިޔަ ދޮޅު އަހަރު ދުވަހަކީ ރާއްޖޭގައި ހަރުކަށި ފިކުރާ ދެކޮޅަށް އެންމެ ބާރު ސްޕީޑްގައި ފިޔަވަޅު އެޅުނު އަހަރުތައް ކަމަށެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވީ ފުލުހުންނަކީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގާއިމްވެފައި އޮންނަ މުއައްސަސާއަކަށް ވެފައި، އެނިގަފައިވާ މައުލޫމާތުތަކަށް ބަލާކަމުގައިވާނަމަ ހަރުކަށި ފިކުރަށް ގެނބިފައިވާ މީހުންގެ ފުށުން ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން، ހަރުކަށި ފިކުރުމުގެ ތެރޭގައި މަސައްކަތްކުރާ ވަކިވަކި މީހުންނާއި ނެޓްވޯރކްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ފުށުން ރައްޔިތުންނަށް އޮތް ނުރައްކާ ކައިރިވެފައި، މާ ބޮޑު ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ޕްރޮގުރާމްގައި ސީޕީ ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅު ފިކުރު ފަރާތްތައް ފިޔަވަޅު ނާޅާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކައެއްކަމަށާއި ހަރުކަށި ފިކުރުގެ ވާހަކަ ގިނައިން ދެކެވެނީ އޭގެ ސަބަބުން މުޖްތަމައަށް އޮތް ނުރައްކާ ބޮޑުކަމުންކަމަށެވެ.

ސީޕީ މިހެން ވިދާޅުވެފައިވަނީ، އަނދިރި ދައުލަތެއްގެ ބާރު ދިވެހި ދައުލަތުގެ ތެރޭގައި ގަދަ ކުރަމުން ގޮސް އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ އެންމެ އެތެރެއަށް ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެކި މަންސަތަކުގައި ދިވެހިރާއްޖޭގައި ޝެޑޯ ސްޓޭޓް ނުވަތަ އަނދިރި ދައުލަތެއް ވަކިހިއްޕާފައިވާ ކަމަށާއި، އެ ދައުލަތް ރޫޅާލަންޖެހޭ ކަމަށް ސަރުކާރުގެ އިސްފަރާތްތަކުން ދަނީ ބުނަމުންނެވެ. ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގަނީ "އަނދިރި ދައުލަތެއް" ކަމަށް ސިފަ ކުރައްވައި، އެ މީހުން ހުއްޓުވަން ތިން ކަމެއް ކުރަން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންވެސް ވަނީ މީގެކުރިން ހުށަހަޅުއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ޖުލައި 2017

އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާ ދައުލަތައް ދައްކަން އަދީބުގެ މައްޗަށް ޝަރުޢީ ހުކުމެއް ނެތް: މަހްފޫޒް

12 ޖުލައި 2017
އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާ ދައުލަތައް ދައްކަން އަދީބުގެ މައްޗަށް ޝަރުޢީ ހުކުމެއް ނެތް: މަހްފޫޒް
02 ޖުލައި 2017

ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި

02 ޖުލައި 2017
ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި
20 ޖޫން 2017

އީދު ވާނީ ޖޫން 25 ތަ؟ ނުވަތަ 26 ތަ؟

20 ޖޫން 2017
އީދު ވާނީ ޖޫން 25 ތަ؟ ނުވަތަ 26 ތަ؟
01 މެއި 2017

ރައީސް ޔާމިންއާއި އެކީ ފެންނަން އޮތީ އަނދިރި ދުވަސްތަކެއް: ނިޒާރު

01 މެއި 2017
ރައީސް ޔާމިންއާއި އެކީ ފެންނަން އޮތީ އަނދިރި ދުވަސްތަކެއް: ނިޒާރު
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް