Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ގައުމީ މަޖިލީސް

މިނިވަން މުއައްސަސާތަކުން ސަރުކާރުން ބުނާ ކޮންމެ ގޮތަކަށް ކަންކަން ކުރަން ނުޖެހޭ: މެމްބަރު އާޒިމް

އެކަމަށް ޖަވާބުދާރީވާއިރު، އެއީ ސަރުކާރުން ބުނެގެން ކުރި ކަންކަން ކަމަށް ބުނެވެން ނޯންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖުލައި 2020 | ހުކުރު 02:12
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް- އާޒިމް ވަނީ ޕާލިމެންޓަރީ ގްރޫޕުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވާފައި

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް- އާޒިމް ވަނީ ޕާލިމެންޓަރީ ގްރޫޕުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވާފައި

ރާއްޖޭގައި ޤާއިމުކޮށްފައިވާ މިނިވަން މުއައްސަސާތަކުން ސަރުކާރުން ބުނާ ކޮންމެ ގޮތަކަށް ކަންކަން ކުރަން ނުޖެހޭކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާލިމެންޓަރީ ގްރޫޕުނ ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރެއިން، ބައެއް ކޮމިޝަން ތަކުގެ މެމްބަރުން ވަކި ކުރެއްވުމުގެ މައްސަލައަށް އަލިއަޅުވާލައްވާ އާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރުން ބުނާ ކޮންމެ ގޮތަކަށް ކަންކަން ކުރަން ނުޖެހޭ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުން، އެކަމަށް ޖަވާބުދާރީވާއިރު، އެއީ ސަރުކާރުން ބުނެގެން ކުރި ކަންކަން ކަމަށް ބުނެވެން ނޯންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީއަކީ ޤާނޫނީ ދައުލަތެއް ހިންގަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި، ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރީ އެ ސަބަބުތަކަށްޓަކައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ޕާލިމެންޓަރީ ގްރޫޕުން ކުރަމުންދާ މަސައްކަތްތަކަށް މެމްބަރު އާޒިމް އަލިއަޅުވާލައްވާފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މީޑިއާ ކޯޑިނޭޓަރަކަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އައްޔަނު ކުރައްވާފައިވާކަންވެސް އާޒިމް ވަނީ އިއުލާނު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު