Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅު ތެރޭގެ ކޮވިޑް ފެސިލިޓީތައް

ވިލިނގިއްޔާއި ގަމުގައި ކޮވިޑް ފެސިލިޓީ ހުޅުވައިފި

ވިލިނގިލި ކޮވިޑް-19 މެނޭޖްމަންޓް ސެންޓަރުގައި 23 އައިސީޔޫ އެނދުގެ އިތުރުން ވެންޓިލޭޓަރުގައި ފަރުވާދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖުލައި 2020 | ބުދަ 02:54
ގަމުގައި ތައްޔާރުކުރި ކޮވިޑް-19 ފެސިލިޓީ؛ ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ފެސިލިޓީއެއް ވަނީ ހުޅުވާފައި

ގަމުގައި ތައްޔާރުކުރި ކޮވިޑް-19 ފެސިލިޓީ؛ ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ފެސިލިޓީއެއް ވަނީ ހުޅުވާފައި

ކޮވިޑް-19 އަށް ފަރުވާދިނުމަށް އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލި އަދި ލ. ގަން ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.

ވަރޗުއަރލްކޮށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވާ އިރު ވިލިނގިލި ކޮވިޑް-19 މެނޭޖްމަންޓް ސެންޓަރުގައި 23 އައިސީޔޫ އެނދުގެ އިތުރުން ވެންޓިލޭޓަރުގައި ފަރުވާދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގަމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި 20 އައިސީޔޫ އެނދާއި 15 އައިސޮލޭޝަނަށް އެނދުގެ އިތުރުން ކަރަންޓީނު ކުރާ މީހުންނަށް ޚާއްސަ 12 އެނދު ހުރެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ދެ ފެސިލީޓީން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭނެ ކަމަށެވެ. ރާއްޖޭގައި މާލެ ސަރަހައްދު ފިޔަވާ 5 ސަރަހައްދެއްގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކެއް ވަނީ ގާއިމްކޮށްފައެވެ. އެގޮތުން ހއ. ހދ. ށ. ހިމެނޭ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމްކޮށްފައިވަނީ ށ. ފުނަދޫގައެވެ. މި ފެސިލީގެ މިމަހުގެ 16 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.

ނ. ރ. ބ. ޅ. ހިމެނޭ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ބ. އޭދަފުށީގައެވެ. މި ފެސިލިޓީ ވެސް ވަނީ މި މަހު 16 ގައި ހުޅުވާފައެވެ. އަދި ލ. ގަމުގައި ހުޅުވި ފެސިލިޓީއަކީ މ. ފ. ދ. ތ. ލ. ހިމެނޭ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއެވެ. ގއ. ވިލިނގިލި ގައި ހުޅުވި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހާއްސަކުރީ ގއ. އަދި ގދ. އަތޮޅަށެވެ.

ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީ އަދި އައްޑު ސިޓީ ހިމެނޭ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމް ކުރެވިފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މިތަނުން ކޮންމެ ފެސިލިޓީ އެއްގައިވެސް މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގައި ތިން އެނދުގެ އައިސީޔޫ ހުންނާނެ ކަމަށާއި، މިތަންތަން ގާއިމު ކުރެވިފައިވަނީ ކޮވިޑްގައި ހާލުބޮޑުވާ ބަލިމީހުންނަށް ބޭނުންވާ ވަސީލަތްތަކާއެކު ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

02 އެޕްރީލު 2017
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި
25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު