Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއައިޓީޑީސީން މަރުހަބާ ކިޔުން

ލޯކަލް ޓޫރިޒަމްގެ ބިމު ކުލި ކުޑަކުރަން ނިންމި ނިންމުމަށް އެމްއައިޓީޑީސީން މަރުހަބާ ކިޔައިފި

21 ޖުލައި 2020 | އަންގާރަ 09:47

ލޯކަލް ޓޫރިޒަމް ރާއްޖޭގައި ފަށާފައިވަނީ 2010 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ޖުލައި 2020 | އަންގާރަ 09:47
އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ރާއިދު: ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރަން އިސްކަން ދެއްވުމަށް ގޮވާލެއްވި

އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ރާއިދު: ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރަން އިސްކަން ދެއްވުމަށް ގޮވާލެއްވި

ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއަރުވާ ފުޅާކުރުމަށް، ރަށްރަށުގެ ބިމު ކުއްޔަށް ގެންނެވުނު ހެޔޮ ބަދަލަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން މަރުހަބާ ކިޔައިފިއެވެ.

އެމްއައިޓީޑީސީން އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލެއާ ދުރުގައިވާ މީހުން ދިރިއުޅޭ ރަށްރަށުގައި، ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދުކުރާ ބިންތަކުން ނަގާ ބިމު ކުލި، އެ ސަރަހައްދަކަށް އެކަށީގެންވާ މިންވަރަށް ކުޑަކުރެއްވުމަށް ސަރުކާރުން ނިންމަވާ، އެކަން އިއުލާން ކުރެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ފަތުރުވެރިކަމުގެ ވުޒާރާ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، އިގްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލްއަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި، އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ބައެއް ގަވާއިދުތަކުގެ ސަބަބުން، ސަރުކާރުން ދޫކުރާ ބިންތަކުގައި ލޯކަލް ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވަ ކަމަށް ވެސް އެމްއައިޓީޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، އެބަޔާނުގައި ބުނެފައި ވަނީ، 2010 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ތައާރަފްވެ، މިވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖުމްލަ އެނދުގެ 20 ޕަސެންޓް ހިއްސާކުރަމުން ގެންދަނީ ލޯކަލް ޓޫރިޒަމް ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކުގައި ކަމަށެވެ.

ނަމަވެސް ގެސްޓްހައުސްތަކަކީ އާއްމު ރައްޔިތުންގެ ގޯތިގެދޮރުގައި އިމާރާތްކޮށް ހިންގަމުން ގެންދާ ގެސްޓްހައުސްތަކެއްކަމަށް ވެފައި، އެކި ރަށްރަށުގައި ޓޫރިޒަމް ޒޯނުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ކާމިޔާބުކަމާއެކު ފަތުރުވެރިކަމުގެ ވިޔަފާރިކުރިއަށް ގޮސްފައިނުވަނީ، އެފަދަ ބިންތަކުން ސަރުކާރަށް ނަގާ ބިމު ކުއްޔާއި އަދި ލީސް އެކުއިޒިޝަން ކޮސްޓް ފަދަ ބޮޑެތި އެތަށް ފީ ތަކެއްގެ ސަބަބުން، ފިޔަފަރި ފީސިބަލްނުވެ، މިފަދަ އެތައް މަޝްރޫއުއެއް މަޑުޖެހި ނުވަތަ މުޅިން ހުއްޓިފައިވުމުގެ ސަބަބުންކަން އެއީ ފެންނާން އޮތް ހަގީގަތްކަމަށް ވެސް އެމްއައިޓީޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރިސޯޓުތަކާއި، ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގެ ބިމު ކުލި ކުޑަކުރަން ހުށައެޅުމަށް ނިންމާފައިވާކަން ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2020

ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް "އައި ޗޫޒް ލޯކަލް"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި

25 ޑިސެމްބަރު 2020
ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް "އައި ޗޫޒް ލޯކަލް"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި
08 ޖޫން 2020

އެމިރޭޓްސް އާއި އިއްތިހާދު އެއަރވޭސް އިން އަނެއްކާވެސް މުސާރަ ކުޑަކުރަން ނިންމައިިފި

08 ޖޫން 2020
އެމިރޭޓްސް އާއި އިއްތިހާދު އެއަރވޭސް އިން އަނެއްކާވެސް މުސާރަ ކުޑަކުރަން ނިންމައިިފި
30 މެއި 2020

ކުލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރތަކުން 10 ޖޫން ގެ ފަހުން ސްޓޯރޭޖް ފީ ނެގުމަށް އެމްޕީއެލުން ނިންމައިފި

30 މެއި 2020
ކުލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރތަކުން 10 ޖޫން ގެ ފަހުން ސްޓޯރޭޖް ފީ ނެގުމަށް އެމްޕީއެލުން ނިންމައިފި
03 މާރިޗު 2020

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

03 މާރިޗު 2020
ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި
28 މެއި 2019

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

28 މެއި 2019
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެހެން ސަރަހައްދަކަށް ބަދަލުކުރަނީ
07 ޖޫން 2018

ލޯކަލް މާރުކޭޓުގައި ތޮރާ ލިބުން ދަތިވެއްޖެ

07 ޖޫން 2018
ލޯކަލް މާރުކޭޓުގައި ތޮރާ ލިބުން ދަތިވެއްޖެ
10 އެޕްރީލު 2018

ކާށިދޫގެ ބިމުން ބައެއް ފަތުރުވެރިކަމަށް ދޫކުރަނީ

10 އެޕްރީލު 2018
ކާށިދޫގެ ބިމުން ބައެއް ފަތުރުވެރިކަމަށް ދޫކުރަނީ
12 ޖޫން 2017

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި

12 ޖޫން 2017
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް