Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިދާން ރެއާލް ދޫކޮށްލުން

އަންނަ ސީޒަނުގައި ރެއާލްގެ ކޯޗުގެ މަގާމުން ނުފެނިދާނެ: ޒިދާން

19 ޖުލައި 2020 | އާދީއްތަ 11:16

ޒިދާން ވަނީ މިހާތަނަށް ރެއާލާއެކު 11 ތަށި ކާމިޔާބުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޖުލައި 2020 | އާދީއްތަ 11:16
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން: ޒިދާން ވަނީ ރެއާލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައި

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން: ޒިދާން ވަނީ ރެއާލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައި

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ނުފެނިދާނެ ކަމަށް އެޓީމަށްށް 34 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ ފުޓްބޯޅައަކީ ކޮންމެ ދަނޑިވަޅެއްގައިވެސް ބަދަލު އަންނަ ކުޅިވަރެއް ކަމަށާއި، ރެއާލްގެ ކޯޗުގެ މަގާމުގައި ހުރުމަކީ ބޮޑު ޕްރެޝަރެއް ކަމަށެވެ. އެހެންކަމުން ރެއާލާއެކު އޭނާގެ ކުރިމަގު ބުނަން ދަތިވާނެ ކަމަށާއި، ކޮންމެ ފަދަ ދަނޑިވަޅަކުވެސް ކޯޗުގެ މަގާމުން ދުރު ކޮށްފާނެ ކަމަށެވެ.

ޒިދާން އިތުރަށް ބުނީ ރެއާލްގެ މިހާރުގެ ޓާގެޓަކީ ޔުއެފާ ޗެމްޕިއަންސް ލީގު ކަމަށާއި، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އުނދަގޫ ބޮޑު ބުރަ މަސައްކަތެއް ކަމަށެވެ. އެކަމަކު ރެއާލްގެ މިހާރުގެ ސްކޮޑަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށްވެސް ބުންޏެވެ. އަދި ސްޕެނިޝް ލީގު ކާމިޔާބު ކުރުމާ ހަމައަށް ރެއާލުން ކޮންމެ މެޗެއްގައިވެސް ނުކުތީ ފައިނަލެއް ކަމުގައި ދެކިގެން ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ މެޗުތަކުގައިވެސް ނުކުންނާނީ އެ އަޒުމުގައި ކަމަށްވެސް ޒިދާން ބުޏްނެވެ.

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ނުފެނިދާނެ ކަމަށް ޒިދާން ބުނިއިރު، ރެއާލްގެ މެނޭޖްމަންޓުންނާއި ކުޅުންތެރިން އަންނަނީ ޒިދާނަށް ތައުރީފުކޮށް ވާހަކަދައްކަމުންނެވެ. އެގޮތުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ ޒިދާން އަތްލާ ކޮންމެ އެއްޗެއްވެސް ރަނަށް ބަދަލުވާ ކަމަށާއި، ރެއާލްގެ އެންމެ ކާމިޔާބު ކޯޗަކީ ޒިދާން ކަމަށެވެ. އަދި ރެއާލްގެ ރައީސް ފްލެރެންޓީނޯ ޕެރޭޒް ވިދާޅުވީ އޭނާ ރެއާލްގެ ރައީސްގެ މަގާމުން ދުރަށްދާއިރު، މީހުން އޭނާ ދަންނާނީ ރެއާލްގެ އެންމެ ކާމިޔާބު ކޯޗު ކަމަށްވާ ޒިދާންގެ ސޮއި ހޯދި މީހާގެ ގޮތުގައި ކަމަށެވެ.

ޒިދާން އެންމެ ފުރަތަމަ ރެއާލަށް ކޯޗުކޮށްދިނީ 2016-2018 ގެ ނިޔަލަށެވެ. އެ މުއްދަތިގެ ތެރޭގައި ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން އޭނާ ދޫކޮށްލިއެވެ. ޒިދާން ދެވަނަ ފަހަރަށް ރެއާލާ ހަވާލުވީ މިދިޔަ އަހަރު މާޗު މަހުގައެވެ. ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު، ޒިދާން ވަނީ މިހާތަނަށް ރެއާލާއެކު ޖުމްލަ 11 ތަށި ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް