Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލުން 34 ވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފި

16 ޖުލައި 2020 | ބުރާސްފަތި 21:45

ސްޕެނިޝް ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް މެޑްރިޑް

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޖުލައި 2020 | ބުރާސްފަތި 21:45
ސްޕެނިޝް ލީގު ތަށްޓާއެކު ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ: މިއީ ރެއާލުން ސްޕެނިޝް ލީގު ކާމިޔާބުކުރި 34 ވަނަ ފަހަރު

ސްޕެނިޝް ލީގު ތަށްޓާއެކު ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ: މިއީ ރެއާލުން ސްޕެނިޝް ލީގު ކާމިޔާބުކުރި 34 ވަނަ ފަހަރު

ޖެހިޖެހިގެން 10 މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން 34 ވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ތިން އަހަރަށް ފަހު ރެއާލުން ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު، ސްޕެނިޝް ލީގުގެ އެންމެ ކާމިޔާބު ޓީމަކީވެސް ރެއާލެވެ. ރެއާލުން ޗެމްޕިއަންކަން ކަށަވަރުކުރީ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 ން މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ރެއާލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ތިންވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ޑެނީ ކާވަހާލަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ރެއާލުން ލީޑު ނެގީ 29 ވަނަ މިނެޓުގައެވެ. މިޑްފިލްޑަރު ލުކާ މޮޑްރިޗްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ކަރިމް ބެންޒެމާއެވެ.

މި މެޗުގައި ރެއާލުން ލީޑު ފުޅާކުރީ 79 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން ރެއާލަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. މިއީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ވިޔަރެއާލުން ފަރަގު ކުޑަކުރީ މެޗުގެ 83 ވަނަ މިނެޓުގައި ވިސެންޓޭ އިބޯރާ ކާމިޔާބުކުރި ލަނޑުންނެވެ.

ވިޔަރެއާލް ބަލިކޮށް ރެއާލުން ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ ވަނީ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން 2-1 ން ބަލިވެފައެވެ.

މި ނަތީޖާތަކާއެކު ޗެމްޕިއަންކަން ހޯދި ރެއާލް އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ރެއާލަށް ކުޅުނު 37 މެޗުން ލިބުނު 86 ޕޮއިންޓު ލިބިފައިވާއިރު، ވާދަވެރި ބާސާއަށް 37 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ގެޓާފޭ އަތުން 2-0 ން މޮޅުވި އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 37 މެޗުން ލިބިފައިވަނީ 69 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް