Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް ހައްޔަރުކުރުން

ގާސިމް ވަނީ ވަގަށް ނަގައި ރަހީނު ކޮށްފަ، ރައީސް ޔާމީނާއި ފުލުހުންގެ މައްޗަށް ދައުވާ ކުރެވޭނެ: މަޚުލޫފް

10 އަހަރުގެ ޖަލު ހުކުމެއް އަންނަ ޓެރެރިޒަމްގެ ދައުވާ ކުރެވޭނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 11 އެޕްރީލު 2017 | އަންގާރަ 10:05
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒު ޤާނޫނާ ޚިލާފަށް ސަރުކާރުން ވަގަށް ނަގައި ރަހީނުކޮށްފައި ކަމަށާއި އެ ޣައިރު ގާނޫނީ އަމަލުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ މަޚުލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި، ހޯމް މިނިސްޓަރު އަޒްލީން އަޙްމަދާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފާއި، ހައްޔަރުކުރުމުގެ އަމުރު ނެރެ މުއްދަތު ޖެހި ފަނޑިޔާރާއި، ހައްޔަރު ކުރަން އަމުރު ކުރި ފުލުހުންނާއި އަދި ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހުންގެ މައްޗަށް ގާސިމް ހައްޔަރުކުރުމުގެ ޣައިރު ގާނޫނީ އަމަލު ހިންގި ކަމަށްޓަކައި 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ޓެރެރިޒަމްގެ ދައުވާ ކުރެވޭނެކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"އިންސާނުންނަކީ ކުށް ކުރެވޭ ބަޔަކަށް ވީހިނދު، ހެދިފައިވާ ގޯސް ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަކީ ހަމަގައިމު ވެސް އެކަމުގެ ފައިދާ ލިބޭނެ ކަމެއްކަން" ފާހަގަކުރައްވައި މަޚުލޫފް ވަނީ ވަގުތުން ގާސިމް މިނިވަންކުރުމަށް ފުލުހުންނާއި ސަރުކާރަށް ގޮވާލައްވާފަ އެވެ.

މަޚުލޫފް ވިދާޅުވީ ގާސިމް ވަގަށް ނެގުމުން ސާބިތު ކޮށްދެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ނެގި ވޯޓުގައި ސަރުކާރު ބައިވެރިވުން ކަމަށެވެ. އަދި އެކަމުން ދޭހަވަނީ އިދިކޮޅު އިއްތިޙާދު އުފެދުމުން ރައީސް ޔާމިން ބިރުފުޅު ގަނެފައިވާ މިންވަރު ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާ، ބިރު ދައްކާ އަދި ކުރަމުންދާ ގޯނާ އާއި ދުއްތުރާއިން ހާމަކޮށްދެނީ މި ސަރުކާރު ބަލިކަށިވެ، ވީރާނާވެ އަދި ހުލިވަމުންދާކަން ކަމަށް މަޚުލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މަޚުލޫފް ވަނީ ހަތަރު ޕާޓީގެ ލީޑަރުންގެ ފަހަތްޕުޅުގައި ރައްޔިތުން ވަމުންދާ ގުރުބާނީއަށް ޝުކުރުއަދާކުރައްވާފަ އެވެ. މަޚުލޫފް ވިދާޅުވީ އެ ހުރިހާ ފަރާތްތަކެއްގެ ހިތްވަރުން އޭނާގެ ހިތްވަރު ގަދަވެފައިވާ ކަމަށެވެ. މުޒާހަރާއެއް ނިންމާފައި ގޮސް މިސްކިތުގައި އިންނަވަނިކޮށް އެއްވެސް ކޯޓު އަމުރެއް ނެތި، އިމްތިޔާޒު ގާނޫނާ ޚިލާފަށް ދޫނިދޫ ގޮޅީގައި އޭނާ ހައްޔަރު ކުރިކަން ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

މަޚުލޫފް ވަނީ ރައީސް ޔާމިންގެ ވެރިކަން ނިންމުމުގެ ސިއްކަ ޖެހުމަށް މެއި މަހުގެ 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ގޭގައި ނުތިބެ އިދިކޮޅު ކެނޑިޑޭޓުންނަށް ވޯޓު ދިނުން ގައުމީ ވާޖިބަކަށް ހެދުމަށް ގޮވާލައްވާފަ އެވެ.

މަޚުލޫފް ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ވޯޓު ދެއްވި 49 އިންސައްތަ ރައްޔިތުންނާއި، ގާސިމް އިބްރާހީމް އަށް ވޯޓު ދެއްވި 25 އިންސައްތަ ރައްޔިތުންނާއި، އަދި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ސަޕޯޓަރުންގެ ތާއީދާއެކު 90 އިންސައްތައާ ގާތްކުރާ ނަތީޖާއަކުން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުވުމުގެ ކުލަވަރު ފެންނަމުންދާ ކަމަށެވެ.

މަޚުލޫފްގެ މައްޗަށް ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، މިހާރު ތަންފީޒް ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ދައުރަށް ދަތިކުރި ކަމަށް ބުނެ އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒްކޮށް ނިންމައި މަޚުލޫފް މިނިވަން ވާނީ ޖޫން މަހުގެ 8 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު