Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރުކަން ނަޝީދަށް

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރަކަށް ރައީސް ނަޝީދު

އެމްބެސެޑަރުގެ މަޤާމަށް ރައީސް ނަޝީދު އައްޔަންކުރެއްވިކަން އެންގެވީ ސީވީއެފްގެ ރިޔާސަތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖުލައި 2020 | ބުރާސްފަތި 13:43
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ޤައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ 'ތީމެޓިކް އެމްބެސެޑަރ' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޢައްޔަންކުރައްވައިފިއެވެ.

ތީމެޓިކް އެމްބެސެޑަރުގެ މަޤާމަށް ރައީސް، މުޙައްމަދު ނަޝީދު އައްޔަންކުރެއްވިކަން އެންގެވީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. އޭކޭ ޢަބްދުލްމޯމެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

Advertisement - newsAdvertisement

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅުއްވާފައިވެއެވެ. ކަނޑައަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަރުވާފައިވާ 'ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯރ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން' ގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެކެވެ.

އެމަނިކުފާނު މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވިއިރު، ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ޤައުމު ބައިވެރިވާ ބައިނަލްއަޤުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.

އިތުރަށް ކިޔާލަން

18 މެއި 2020

ކްލައިމެޓް އެމަޖެންސީއަކީ ޖޯކެއް ނޫން: މެންބަރު ނިހާދު

18 މެއި 2020
ކްލައިމެޓް އެމަޖެންސީއަކީ ޖޯކެއް ނޫން: މެންބަރު ނިހާދު
04 މާރިޗު 2020

ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވަރކްޝޮޕް ފަށައިފި

04 މާރިޗު 2020
ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވަރކްޝޮޕް ފަށައިފި
02 މާރިޗު 2020

ގްރީން ކްލައިމެޓް ފަންޑް އެހީ ހޯދުމަށް ތައްޔާރުކުރި ޤައުމީ އިސްތިރާޖީ ފްރޭމްވާރކް އިފްތިތާހްކޮށްފި

02 މާރިޗު 2020
ގްރީން ކްލައިމެޓް ފަންޑް އެހީ ހޯދުމަށް ތައްޔާރުކުރި ޤައުމީ އިސްތިރާޖީ ފްރޭމްވާރކް އިފްތިތާހްކޮށްފި
12 ފެބުރުއަރީ 2020

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފި

12 ފެބުރުއަރީ 2020
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފި
28 ޖެނުއަރީ 2020

އާދަޔާ ޚިލާފަށް ރަށްތައް ގިރަމުންދާތީ މަޖިލީހުގެ ކްލައިމެޓް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

28 ޖެނުއަރީ 2020
އާދަޔާ ޚިލާފަށް ރަށްތައް ގިރަމުންދާތީ މަޖިލީހުގެ ކްލައިމެޓް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު