Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެށިފަހި މާލެ ޕްރޮގްރާމު

ވެށިފަހި މާލޭގެ ލިޔެކިޔުންތައް ހުރި ތަނެއް އެނގޭ މީހަކު ނެތް: އަސްލަމް

ދައުލަތުގެ ލިޔެކިއުންތައް ދެމެހެއްޓޭނެ ގޮތެއް ހޯދަން ޖެހޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 15 ޖުލައި 2020 | ބުދަ 07:49
މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ ލިޔެކިއުންތައް ހުރި ތަނެއް އެނގޭ މީހަކު މިހާރު ނެތް ކަމަށް މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ލިޔެކިއުންތައް މިހާރު ދައުލަތުގައި ނެތް ކަމަށެވެ. އަދި އެ ލިޔުންތައް ހުރި މީހަކުވެސް ނެތް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް، ދައުލަތުގެ ލިޔެކިއުންތައް ދެމެހެއްޓޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެމްބަރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފައެވެ. ނިޒާމީ ނުކުތާ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމްގެ ލިޔެކިއުންތައް ކޮންމެވެސް ފަރާތަކުން ގެއްލުވާލުމަކީ އެތައް ރައްޔިތުންނެއްގެ ހައްގުތައް ވެސް ގެއްލުން ކަމަށެވެ. އަދި މި ކަންތައްތައް ތަހުގީގު ކުރަންޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

މިއާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މި ލިޔެކިއުންތައް ގެއްލުވާލީ ވަކި މީހަކު ކަމަށް ވިދާޅުނުވާ ކަމަށާއި މިއީ އޮޅިގެން ހިނގާފައިވާ ކަމަކަށް ވީނަމަވެސް، މި ފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ މި ކަންތައްތައް ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ތަހުގީގެއް ވެސް ކުރަންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފެށި ވެށިފަހި މާލެ ޕްރޮގްރާމް ހުޅުވާލީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހީގެ އިތުރުން މާލެ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުނަށެވެ. އޭގެ ތެރެއިން ފްލެޓް ލިބިފައިވަނީ ބައެއް މީހުނަށެވެ.

އަސްލަމް ވިދާޅުވެފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ލިބިފައިވާ ލިޔުން ހުށައެޅުމުން އެ ލިޔުމަކީ ސައްހަ ލިޔުމަކަށް ވާނަމަ، އޭގައި ބުނާ ގޮތަކަށް އަމަލު ކުރުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކަށް ގޮތެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދަކަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފައްޓަވަމުން ރައީސް ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު