Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ގިނަ ޤައުމުތަކުން ފަތުރުވެރިން ރާއްޖެ އަންނަ ބޭނުންވާކަން ކަށަވަރު: މިނިސްޓަރު ފައްޔާޒް

15 ޖުލައި 2020 | ބުދަ 07:43

އިތުރު ފަތުރުވެރިން ގެނައުމަށްޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ޖުލައި 2020 | ބުދަ 07:43
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

ގިނަ ޤައުމުތަކުން ފަތުރުވެރިން ރާއްޖެ އަންނަ ބޭނުންވާކަން ކަށަވަރުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޓުރިއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިނިސްޓަރު ފައްޔާޒްއާ ހަވާލު ކުރެވިފައިވާއިރު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވުމާއި ގުޅިގެން އެކަމާއި ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ގިނަ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން ބޭނުންވާކަން ކަށަވަރު ވެލައްވާ ކަމަށެވެ. އެގޮތުން ދާދި ފަހުން އިނގިރޭސިވިލާތުގައި ކުރި ސަރވޭއަކުން ވެސް 50 އިންސައްތަ މީހުން ދާން ބޭނުންވާ މަންޒިލެއްގެ ގޮތުގައި ގޮތުގައި ރާއްޖެ ހިމެނިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށްޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ޝެޑިއުލް ފްލައިޓްތައް ބޭއްވުމަށް މައިގަނޑު ގޮތެއްގައި އޮޕަރޭޓް ކުރަމުންދާ އެއަރލައިންތަކާއި ވާހަކަ ދެކެވެމުންދާ ކަމަށެވެ.

އެކި ޤައުމުތަކާއި ވާހަކަ ދައްކާއިރު ފަތުރުވެރިން ހޯދާ މައުލޫމާތަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ކަމަށާއި ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ރިސޯޓުތަކުންނާއި އަދި އެހެނިހެން ތަންތަނުން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރެއްވުމަށް ފައްޔާޒު އެދިވަޑައިގެންނެވިއެވެ.

މި ހާލަތަކީ ވަރަށް ނާޒުކު ހާލަތެއް ކަމަށާއި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރާއިރު މިކަން ބިިނާވެގެން ދަނީ ހަަމައެކަނި ރާއްޖޭގެ ކަންތައްތަކަށް ނޫން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާރޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި ތިން މަސް ފަހުން ބޯޑަރުތައް ބުދަ ދުވަހު ހުޅުވާފައިވާއިރު އެންމެ އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ދޯހާގެ ފްލައިޓެކެެވެ. މި ފްލައިޓަށް "ވޯޓަރ ސެލިއުޓް" ދީފައިވާއިރު މި ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ޓްރާންސްޕޯޓް އައިޝަތު ނަހުލާއާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ އެއަރޕޯޓަށް ވަޑައިގަންނަވާފައެވެ. މިނިސްޓަރުން މި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ދުތުރުގައި ތިއްބަވައިގެން އަތުގެ އިޝާރާތުންނެވެ.

މިއަހަރު ނިންމެންވާއިރަށް 8 ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް