Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯޑަރު ހުޅުވާލުން

ބޯޑަރު ހުޅުވައިފި، ފުރަތަމަ ފުލައިޓުގައި 100 ފަތުރުވެރިން

މި ފުލައިޓުގައި 104 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2020 | ބުދަ 05:05
ލޮކްޑައުންއަށްފަހު ބޯޑަރު ހުޅުވާލާ މިއަދު އައި ފުލައިޓުގައި އައި ބައެއް ފަތުރުވެރިން ފުލައިޓުން ފައިބަނީ

ލޮކްޑައުންއަށްފަހު ބޯޑަރު ހުޅުވާލާ މިއަދު އައި ފުލައިޓުގައި އައި ބައެއް ފަތުރުވެރިން ފުލައިޓުން ފައިބަނީ

ތިން މަސް ދުވަސް ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައިފިއެވެ.

ބުދަ ދުވަހު ބޯޑަރު ހުޅުވާލުމާއެކު ރާއްޖެ ފުރަތަމަ އައިސްފައިވަނި ގަތަރު އެއަރވޭސްގެ ފުލައިޓެކެވެ. މި ފުލައިޓުގައި 100 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެ ފްލައިޓުގައި 27 ދިވެހިންނާ އެކު ޖުމްލަ 127 މީހަކު ރާއްޖެ އައިސްފައިވެއެވެ.

ގަތަރުގެ ފްލައިޓު މިއަދު އެއާޕޯޓުގައި ޖައްސާފައި ވަނީ ހެނދުނު 8:27 ހާއިރުއެވެ. އެ ފްލައިޓުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ކޮވިޑް-19ށް ޓެސްޓް ކުރުމަށް ނިންމާފައި ނުވެއެވެ. ނަމަވެސް އަލާމާތް ފެންނަ މީހެއް ނަމަ ޓެސްޓް ހެދުމަށް ވަނީ ނިންމާފައެވެ. ވެލާނާ އެއަރޕޯޓުން ބުނެފައިވަނީ ބޯޑަރު ހުޅުވާލުމާއެކު އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ބޯޑަރު ހުޅުވާލާ ދެވަނައަށް އަންނަ ސްރީލަންކަން އެއަރލައިންސްގެ UL 101 ކޮލަމްބޯއިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 ގައެވެ. މި ޕްލައިޓްގައި 110 މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރެގައި ދިވެހިންނާއި ލަންކާގެ ރައްޔިތުން ހިމެނެއެވެ.

ތިންވަނައަށް އަންނަ ފްލައިޓަކީ ޑާކާއިން ރާއްޖެ އަންނަ މޯލްޑިވިއަންގެ ފްލައިޓް Q2 6503 އެވެ. މި ފްލައިޓް ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 19:00 ގައެވެ. މި ފްލައިޓަކީ ހެނދުނު ޑާކާއަށް ދިއުމަށް ފަހު، އަނބުރާ އަންނަ ފްލައިޓެކެވެ.

ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެއަށް އެންމެ ތިން ފްލައިޓް އައި ނަމަވެސް، 16 ވަނަ ދުވަހުން ފެށިގެން އިތުރު ފްލައިޓްތައް ދަތުރުކުރަން ފަށާނެއެވެ. އޭގެ ތެރޭގައި އެމިރޭޓްސް، އިއްތިހާދް އެއަރވޭސް، މެލޭޝިއަން އެއަރލައިންސް އަދި އޮމާން އެއަރގެ ފްލައިޓްތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު