Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މުޒާހަރާ

ހުޅުމާލޭގައި ހަމަނުޖެހުން ހިންގި 41 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭކަމަށް ބުނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖުލައި 2020 | އަންގާރަ 15:51
ހަމަ ނުޖެހުން ހިންގި ބައެއް ބިދޭސީން

ހަމަ ނުޖެހުން ހިންގި ބައެއް ބިދޭސީން

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޑެޓް ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލައި، ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހޯމަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 41 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މެންދުރު ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ވަނީ ދީފައިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް، މުސާރަ ނުލިބޭތީ، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިނގައި، ބައެއް ފުލުހުންނަށާއި ފުލުހުންގެ ވެހިކަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

މުޒާހަރަ ހަމަނުޖެހުމަކަށް ބަދަލުވެ ބިދޭސީން ގަލާއި އެހެނިހެން އެއްޗެހި އުކުމުގެ ތެރޭގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން ފުލުހުންގެ ވެހިކަލްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވެއެވެ. އަދި އެ ސަރަހައްދުގައި ހުރ ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައިވެއެވެ.

މުޒާހަރާ ކުރި ބިދޭސީން ގޮވަމުން ދިޔައީ އެމީހުންގެ މުސާރަ ދިނުމަށާއި، އަނބުރާ ގައުމަށް ފޮނުވައިދިނުމަށެވެ. މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި 5 މަސް ވަންދެން މުސާރަ ނުދޭ ކަމަށް ވަނީ ބުނެފައެވެ. ގާތްގަނޑަކަށް 2 ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅެމުންދާއިރު، ގަވާއިދާ ހިލާފަށް ލައްކައަކާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅެދާނެ ކަމަށް ލަފާކުރެވެއެވެ.

މިހެން ހިނގާ ހަމަނުޖެހުންތައް ކޮންޓްރޯލް ނުވާކަމުގައި ވަނީނަމަ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު