Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުލީ ސްކޭޓް ޕާކުގެ މަސައްކަތް

މުލީގައި ތަރައްގީ ކުރަމުންދާ ސްކޭޓް ޕާކާއެކު ހިތްގައިމު މަންޒަރުތަކެއް

14 ޖުލައި 2020 | އަންގާރަ 10:51

ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ޕާކު ރަސްމީކޮށް ހުޅުވާލެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖުލައި 2020 | އަންގާރަ 10:51
މ. މުލީގައި ތަރައްގީ ކުރަމުންދާ ސްކޭޓް ޕާކު: މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި

މ. މުލީގައި ތަރައްގީ ކުރަމުންދާ ސްކޭޓް ޕާކު: މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި

މ. މުލީގައި ތަރައްގީ ކުރަމުންދާ ސްކޭޓް ޕާކުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މިއީ ރާއްޖޭގެ ރަށެއްގައި ތަރައްގީ ކުރަމުންދާ ފެންވަރު ރަނގަޅު ފުރަތަމަ ސްކޭޓް ޕާކެވެ. މުލީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މި ޕާކު ތަރައްގީ ކުރުމަށް އެ ވުޒާރާއިން ވަނީ ދެ ލައްކަ ރުފިޔާ ޚަރަދުކޮށްފައެވެ.

ރާއްޖެ.އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މުލީ ކައުންސިލްގެ ރައީސް އަޙްމަދު ޝާތިރު ވިދާޅުވީ ސްކޭޓް ޕާކުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، އެގޮތުން ސްކޭޓް ކުރާ ތަނުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ލައިޓު ޖެހުންފަދަ ކަންކަން ކަމަށާއި، ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ޕާކު ރަސްމީކޮށް ހުޅުވާލެވޭނެ ކަމަށް ލަފާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މި ޕާކު ތަރައްގީ ކުރުމަށް 2,00،000 (ދެ ލައްކަ) ރުފިޔާ ޚަރަދުކުރިއިރު، ޝާތިރު ވިދާޅުވީ މި ޕާކު ތަރައްގީ ކުރުމަށް އެ ކައުންސިލުން މިހާތަނަށް ގާތްގަނޑަކަށް 2,70،000 (ދެ ލައްކަ ހަތްދިހަ ހާސް) ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށެވެ. އަދި މި މަޝްރޫއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވެދެއްވާ އެހީތެރިކަމަށް ޝާތިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝާތިރު ވިދާޅުވީ ސްކޭޓް ޕާކް އެޅުމަށް އެންމެ ފުރަތަމަ ކޮންސްޓްރަކްޝަން ކުންފުންޏަކާ މަސައްކަތް ހަވާލުކުރަން ވިސްނި ކަމަށާއި، އެކަމަކު ސްކޭޓިން އެސޯސިއޭޝަނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު މި ޕާކު ތަރައްގީ ކުރުމަށް ޔޫރަޕުގެ ތަޖުރިބާކާރުން ގެނެސްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތަށް އެ ރަށުގެ ޒުވާނުންނާއި ރަށު ރައްޔިތުން ދޭ އެއްބާރުލުން ޝާތިރު ވަނީ ފާހަގަކުރައްވާފައެވެ.

މުލީ ސްކޭޓް ޕާކުގެ މަސައްކަތުގެ ބޮޑުބައި ނިމުނުއިރު، އެ ޕާކުގައި ކުޑަކުދިން މިހާރު އަންނަނީ ސްކޭޓް ކުރަމުންނެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްވެސް ވަނީ މި މަސައްކަތަށް މުލީ ކައުންސިލުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2021

ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކުރުމަށް ބިން ހަވާލުކޮށްފި

02 ޖެނުއަރީ 2021
ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކުރުމަށް ބިން ހަވާލުކޮށްފި
05 ޑިސެމްބަރު 2020

އޭއެފްސީ ކަޕް ކުޅެވޭ ފެންވަރަށް ގަމު ޒޯން ސްޓޭޑިއަމް ތަރައްގީކުރަނީ

05 ޑިސެމްބަރު 2020
އޭއެފްސީ ކަޕް ކުޅެވޭ ފެންވަރަށް ގަމު ޒޯން ސްޓޭޑިއަމް ތަރައްގީކުރަނީ
05 އޮކްޓޯބަރު 2020

މުލީގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

05 އޮކްޓޯބަރު 2020
މުލީގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
20 ޖުލައި 2020

ގޮއިދޫ ސްކޭޓް ޕާކުގެ މަސައްކަތް ނުފެށި ދެ އަހަރު!

20 ޖުލައި 2020
ގޮއިދޫ ސްކޭޓް ޕާކުގެ މަސައްކަތް ނުފެށި ދެ އަހަރު!
23 ޖޫން 2020

އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

23 ޖޫން 2020
އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
08 ޖެނުއަރީ 2020

ފަތާ ޓްރެކް ތަރައްގީކުރުމަށް ހުރި މައްސަލަތައް ޙައްލުކޮށް، މަސައްކަތް ވަރަށް އަވަހަށް ފަށާނަން: މަޚްލޫފް

08 ޖެނުއަރީ 2020
ފަތާ ޓްރެކް ތަރައްގީކުރުމަށް ހުރި މައްސަލަތައް ޙައްލުކޮށް، މަސައްކަތް ވަރަށް އަވަހަށް ފަށާނަން: މަޚްލޫފް
14 ސެޕްޓެމްބަރު 2019

މާފަންނު ވެލި ދަނޑު ފުޓްސަލް ކުޅޭ ތަނެއް ގޮތުގައި ތަރައްގީ ކުރަނީ

14 ސެޕްޓެމްބަރު 2019
މާފަންނު ވެލި ދަނޑު ފުޓްސަލް ކުޅޭ ތަނެއް ގޮތުގައި ތަރައްގީ ކުރަނީ
30 ޖޫން 2019

ސްވިމިންގް ޓްރެކް ތަރައްގީ ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސްއާ ހަވާލު ކޮށްފި

30 ޖޫން 2019
ސްވިމިންގް ޓްރެކް ތަރައްގީ ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސްއާ ހަވާލު ކޮށްފި
22 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީއިން ގޮއިދޫއަށް ސްކޭޓް ޕާކެއް ހަދިޔާކޮށްފި

22 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީއިން ގޮއިދޫއަށް ސްކޭޓް ޕާކެއް ހަދިޔާކޮށްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް