Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ އަށް މަޝްވަރާ ކުރެއްވުން

ބިދޭސީންގެ މުޒާހަރާތައް އިތުުރުވާތީވެ، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއެކު ރައީސް މަޝްވަރާ ކުރައްވައިފި

މުޒާހަރާތައް ފެށުނީ ބ. ބޮޑުފިނޮޅުން

އަލީ ސަމާޚް
އަލީ ސަމާޚް | 13 ޖުލައި 2020 | ހޯމަ 21:08
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ

ބިދޭސީން ކުރަމުންދާ މުޒާހަރާތަކާއި ހިންގާ ހަމަނުޖެހުންތަކާއި ގުޅިގެން ކަމާއި ގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި، އަންގާރަ ދުވަހު ރައީސް ސޯލިހު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ރާއްޖޭގެ ދާހިލީ އަމްނާ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ރައީސް އަށް ލަފާ އަރުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް އެފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ބިދޭސީން ކުރަމުންދާ މުޒާހަރާތައް ފަށާފައިމިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކަކަށް ލިބެން ޖެހޭ މުސާރަ ނުލިބިގެން އެ މީހުން ކުރި ހަޅުތާލުތަކާއި އެކުއެވެ.

އެ ރަށުގައި ތިބި ބިދޭސީން، ރަށުގެ ތަކެއްޗަށް ގެއްލުންދީ ދިވެހިންތަކެއް ރަހީނުވެސް ކުރިއެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ހޯމަ ދުވަހު ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް އެޅުމަށް މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ ކުރި މުޒާހަރާގައި ފުލުހުންނަށް ކުރިމަތިލާ ފުލުހުންގެ ވެހިކަލްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ މައްސަލައާ ގުޅިގެން އައިލެންޑް އެކްސްޕާޓްގެ 40 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހަކު މި އަހަރުތެރޭ އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށްފަހު، އެމީހުންނަށް މުސާރަ ނުދޭ މައްސަލައަކީ ފެށުނީއްސުރެން ދައްކަމުން އަންނަ ވާހަކައެކެެވެ. އަދި ބިދޭސީންގެ މައްސަލަތަކަކީ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލަށް މިހާރު ވަނީ ވެފައެވެ. އެމީހުން މުޒާހަރާ ކުރަން މިހާރު ފަށާފައިވާއިރު، ރާއްޖޭގައި ހިންގާ ބޮޑެތި ހުރިހާ ޖަރީމާތަކުގަައި ވެސް ބިދޭސީން ޝާމިލްވެއެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

30 އެޕްރީލު 2017
ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު