Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީ މަސައްކަތްތެރިން ގެންގުޅުމާއި ބެހޭ ގަވާއިދު

ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާއި ބެހޭ ގަވާއިދު މި ހަފުތާ ތެރޭ ގެޒެޓް ކުރެވޭނެ

13 ޖުލައި 2020 | ހޯމަ 13:09

މިގަވާއިދު ގެޒެޓްވެގެން ދިޔުމާއި ގުޅިގެން ޚިދުމަތަށް އެދޭ މީހުންނަށް ކަންކަން ކުރަންވީ ގޮތް ސާފުކޮށް އެނގިގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2020 | ހޯމަ 13:09
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާއި ބެހޭ މުޅި ގަވާއިދު އެއްކޮށް ބަދަލުކޮށް މިހަފްތާތެރޭގައި ގެޒެޓް ކުރެވޭވަރު ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަހަކަށް އައިސް ބިދޭސީން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލައަށް މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނިކޮށް އެކޮނޮމިކް މިނިސްޓަރ ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަށް މަސް ދުވަހު މިނިސްޓްރީން ކުރަމުންދިޔަ އެއް މަސައްކަތަކީ މި ގަވާއިދު ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެއީ އުނދަގޫ މަސައްކަތެއް ކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ، ގަވާއިދު އެކުލަވާލުމުގައި ގިނަ ކަންތައްތަކަށް ބަލަންޖެހުނު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިގަވާއިދު ގެޒެޓް ވެގެން ދިޔުމާއި ގުޅިގެން ޚިދުމަތަށް އެދޭ މީހުންނަށް ކަންކަން ކުރަންވީ ގޮތް ސާފުކޮށް އެނގިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ދިވެހި ތާރީޚުގައި ހިނގާފައިވާ އެންމެ ހަޑިމުޑުދާރު ކަންތައްކަމަށެވެ.

އިންސާނުންތަކެއް ވިއްކައިގެން ރާއްޖޭގައި ކޮށްފައިވާ މިހާ ހަޑިމުޑުދާރު ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލައަކީ ބިދޭސީންގެ މައްސަލައާ އަޅާބަލާއިރު މުޑުދާރު މައްސަލައެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމަކީ އެތައް ބައިވަރު އިންސާނުންތަކެއް އަނިޔާވެރިކަމާއެކު އެމީހުންގެ ނާޖާއިޒު ފައިދާ ހޯދާ އަދި މުޅި ރާއްޖޭގެ ގައުމީ ސަލާމަތަށް އޭގެ ނުރައްކާތަކާއި އަދި އިގްތިޞާދަށާއި އިޖުތިމާއީ ފޭރާމަށް ވެސް އޭގެ ނުރައްކާތަކެއް ކުރިމަތި ކުރުވާފައިވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އެގޮތަށް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު ރެގިއުލޭޓް ކުރުމަކީ އޭގެ ތެރެއިން މުހިއްމު އެއް މަސައްކަތެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި ބިދޭސީން އެތެރެކުރަން ހުއްދަ ދޭއިރު، މިކަންކަމަށް ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ބިދޭސީންގެ އެކޮމޮޑޭޝަންގެ މައްސަލައަށް ގެނައުމުގެ ގޮތުން ގުޅިފަޅުން 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފައެވެ. މި ސަރަހައްދު ހިއްކައި އެތަނުގައި އިމާރާތްކުރަން ނިންމާފައިވާ ވަރކަރސް ވިލެޖްގެ މަސައްކަތް ނިމުމުން، 40،000 ބިދޭސީންނަށް ބޭނުންވާ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އޭގެ އިތުރުން، ލިޔެކިޔުމެއްނެތި ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމަކާއި، ރާއްޖެއަށް ބައެއް ގައުމުތަކުން އެތެރެވެވޭ ބިދޭސީންގެ އަދަދުތައް ލިމިޓް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ބިދޭސީން އެތެރެވެވޭ ލިމިޓުތައް ކަނޑައެޅުމާއެކު، ބަންގްލަދޭޝްއިން ރާއްޖެއަށް ނަން ސްކިލްޑް ލޭބަރުން ގެނައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް