Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެޓްބޯލް

ޕޭރެންޓް ޓީޗާސް ނެޓްބޯޅަ މުބާރާތުގައި 57 ޓީމު ބައިވެރިވެއްޖެ

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 10 އެޕްރީލު 2017 | ހޯމަ 19:20
މިއަހަރު ބޭއްވި ނެޓްބޯލް އޮފީސް މުބާރާތުގެ ތެރެއިން

މިއަހަރު ބޭއްވި ނެޓްބޯލް އޮފީސް މުބާރާތުގެ ތެރެއިން

ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ޕޭރެންޓް ޓީޗާސް ނެޓްބޯޅަ މުބާރާތުގައި 57 ޓީމު ބައިވެރިވެއްޖެ އެވެ.

އަންހެން އަދި ފިރިހެން ޓީމުތައް އެކުލެވޭ ގޮތަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކުގެ އަދަދު މީގެ ކުރިން ބާއްވާފައިވާ މުބާރާތްތަކުގައި ބައިވެރިވެފައިވާ އަދަދަށް ވުރެ އިތުރެވެ.

މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ބެލެނިވެރިންގެ އަންހެން ބައިގައި ޖުމްލަ 24 ސްކޫލަކުން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ތާޖުއްދީން ސްކޫލް، މާފަންނު މަދަރުސާ، އަމީނިއްޔާ ސްކޫލް، އެކްސެލް އިންޓަނޭޝަނަލް ސްކޫލް، ބުރޫޖް ޕްރީ ސްކޫލް، ފަލާހް ޕްރީ ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް، ބިލަބޮންގ ހައި އެންޑް ކެންގަރޫ ކިޑްސް، ކަލާފާނު ސްކޫލް، އިސްކަންދަރު ސްކޫލް، އަރަބިއްޔާ ސްކޫލް، އަމީރު އަހުމަދު ޕްރީ ސްކޫލް، ލިވިންގ ވެލިއުސް އެޑިއުކޭޝަން ޕްރީ ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ދަރުމަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، ބްރިޖް ލިޓްލް ލާނާސް، ޖަމާލުއްދީން ސްކޫލް، ގެޓަވޭ އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް އަދި ގަލޮޅު މަދަރުސާ އެވެ.

މި މުބާރާތުގައި ވާދަކުރާ ބެލެނިވެރިންގެ ފިރިހެން ބައިގައި ހިމެނެނީ ތާޖުއްދީން ސްކޫލް، އެކްސެލް އިންޓަނޭޝަނަލް ސްކޫލް، ބިލަބޮންގ ހައި އެންޑް ކެންގަރޫ ކިޑްސް، ކަލާފާނު ސްކޫލް، އަމީރު އަހުމަދު ޕްރީ ސްކޫލް، ޖަމާލުއްދީން ސްކޫލް އަދި ގަލޮޅު މަދަރުސާ އެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެއިން ޓީމުތައް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ސްކޫލްތަކުގެ އަންހެން ޓީޗަރުންގެ ބައިން 20 ސްކޫލަކުން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ތާޖުއްދީން ސްކޫލް، މާފަންނު މަދަރުސާ، އަމީނިއްޔާ ސްކޫލް، އެކްސެލް އިންޓަނޭޝަނަލް ސްކޫލް، ބުރޫޖް ޕްރީ ސްކޫލް، ފަލާހް ޕްރީ ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް، ބިލަބޮންގ ހައި އެންޑް ކެންގަރޫ ކިޑްސް، ކަލާފާނު ސްކޫލް، އިސްކަންދަރު ސްކޫލް، އަރަބިއްޔާ ސްކޫލް، އަމީރު އަހުމަދު ޕްރީ ސްކޫލް، ލިވިންގ ވެލިއުސް އެޑިއުކޭޝަން ޕްރީ ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ހިރިޔާ ސްކޫލް، ދަރުމަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، ގެޓަވޭ އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް އަދި ގަލޮޅު މަދަރުސާ އެވެ.

ސްކޫލްތަކުގެ ފިރިހެން ޓީޗަރުންގެ ބައިގައި ތިން ޓީމު ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ތާޖުއްދީން ސްކޫލް، ބިލަބޮންގ ހައި އެންޑް ކެންގަރޫ ކިޑްސް އަދި ކަލާފާނު ސްކޫލެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ނެޓްބޯލް ކޯޓުގަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު