Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީއެސްސީގެ މެމްބަރުން މަގާމުން ވަކިކުރުން

މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން ސީއެސްސީގެ އެންމެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައިފި

މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމާއެކު، ސީއެސްސީގެ އެންމެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ޖުލައި 2020 | ހޯމަ 08:47
މިއަދުގެ ޖަލްސާގައި މަގާމުން ވަކިކުރެއްވީ އިބްރާހީމް ޝަހީޤް (ކ-2): އަނެއް ތިން މެމްބަރުން ވަނީ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވާފައި

މިއަދުގެ ޖަލްސާގައި މަގާމުން ވަކިކުރެއްވީ އިބްރާހީމް ޝަހީޤް (ކ-2): އަނެއް ތިން މެމްބަރުން ވަނީ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވާފައި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މެމްބަރު އިބްރާހީމް ޝަހީޤް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާ ފިޔަވާ ދެން އެކޮމިޝަނުގައި ތިއްބެވި 4 މެމްބަރުން މަގާމުން ވަކިކުރަން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ވަނީ އެރިޕޯޓް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

ނަމަވެސް، ހޯމަ ދުވަހުގެ ޖަލްސާއަށް އެރިޕޯޓް އެޖެންޑާ ކުރެއްވުމާއެކު، މަގާމުން ވަކިކުރަން ކޮމެޓީން ނިންމާފައިވާ، ސީއެސްސީގެ ރައީސް އަލީ ޝަމީމު އާއި އެކޮމިޝަނުގެ ނާއިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން، އެކޮމިޝަނުގެ މެމްބަރު ޒަކަރިއްޔާ ހުސައިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން، އެ 3 ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ 3 ބޭފުޅުން މަގާމުން ވަކިކުރަން މަޖިލީހުގައި ވޯޓަށް އަހާފައެއް ނުވެއެވެ.

އެހެންކަމުން ބާކީ ހުރި މެމްބަރު އިބްރާހީމް ޝަހީޤް، ސީއެސްސީގެ މެމްބަރު ކަމުގެ މަގާމުން ވަކިކުރަން ނިންމާފައިވަނީ 48 މެމްބަރުން އިންތިފާގުން ނެވެ.

ކޮމިޓީން ވަނީ އާމިރާއަށް ތުހުމަތުކުރެވުނު ކަންތައްތަކާއި ގުޅިގެން މައްސަލަތައް ސާފުކޮށް އާމިރާ ވަކިކުރަންޖެހޭ ސަބައެއް ނެތްކަމަށް ނިންމާފައެވެ. އާމިރާ އާ ގުޅުންހުރި ކަންކަން ބެލުމަށް ކޮމިޓީން ވަނީ އާމިރާ އަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައެވެ. އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. މިމައްސަލައިގަ ނެގި ވޯޓުގައި އާމިރާ ކޮމިޝަނުން ވަކިކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ 5 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ.

ކޮމިޓީ ރިޕޯޓްގައި މިކަމުގައި ކޮމިޓީއަށް ފާހަގަކުރެވޭ 9 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެތެރޭގައި ކޮމިޝަންގެ މެމްބަރުންގެ މެދުގައި ގުޅުން ކުޑަވުމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތައް ހިންގުމަށް ދަތިވެފައިވާކަން ފާހަގަކުރެވޭ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ. މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ބޮޑުކަމުން މިނިސްޓްރީތަކުގެ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތްތައް ނުނިމި އެތަކެއް ދުވަސްތަކެއްވެފައިވާތީ މިނިސްޓްރީ ތަކުގެ ހިންގުން ޚަރުދަނާކުރުމަށް ދިމާވެފައިވާ ދައްޗެއްގެ ގޮތުގައި މިކަން ވަޒީރުން ކޮމިޓީގައި ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ކޮމިޓީގެ ފަރާތުން ވަޒީރުންނާއެކު ބޭއްވި ބައްދަލުވުމުގައި، ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި ކޮމިޝަންގެ ފަރާތުން ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ގަބޫލުކުރެވޭ ހާލަތްތައް ދިމާވެފައިވާކަން ބައެއް ވަޒީރުން ފާހަގަކޮށްފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެއިތުރުން، ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތައް ކޮމެޓީން ބަލާފައިވެއެވެެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު